ވޮޑަމުއްލާ ކެފޭ އެންޑް ބިސްޓްރޯގެ ފަރާތުން މި ދެނީ މަދުން ނޫނީ ނުލިބޭނެ ފުރުސަތެކެވެ. މަދު ފަހަރެއްގައި ނޫނީ އަތްފޯރާފަށުން ނުލިބޭނެ ނަސީބެކެވެ. އެއީ ސަފާރީގައި ރޯދަ ވީއްލުން ޚާއްސަކޮށްލުމަށް ލިބޭ ޚާއްސަ ފުރުސަތުތަކެވެ. ދިވެހިންނަށް ޚާއްސަ ޕެކޭޖްތަކެއްގެ ދަށުން، ކަނޑުމަތީގައި ހިތްގައިމު ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭ ފުރުސަތު މިވަގުތު މިވަނީ ހުޅުވާލާފައެވެ. ލޯބިވެރިޔާއެކު ނޫނީ އަނބިމީހާ ނޫނީ ފިރިމިހާ ގޮވައިގެން ނޫނީ އާއިލާ އާއި ރަހުމަތްތެރިން ގޮވައިގެން ސަފާރީގައި ރޯދަވީއްލުން ޚާއްސަ ކުރުމަށް މިއީ ދެވަނައެއް ނެތް ފުރުސަތެކެވެ.

ފޮޓޯ ނަގަން ހަމަ މިވަރެއް ނޯންނާނެ އެވެ. ސަންސެޓް ހަމަ ވަރަށް ރީއްޗަށް ފެންނާނެއެވެ. ކަނޑުގެ މަޑު ރާޅު މަތީގައި ދަތުރުކުރަމުން ދާއިރު، ކެއުމަށް އިންސާފު ކޮށްލަންވީ އެވެ. އިރުއޮއްސޭ ހިތްގައިމު މަންޒަރުވެސް ބަލަމުންނެވެ.

މާލެ އާއި ހުޅުމާލޭގެ ހިތްގައިމު މަލަމަތި ފެންނަ ސަފާރީ ދަތުރަށް ހާއްސަކޮށްފައިވާ އެ ސަފާރީއަކީ ޖާގަ ތަނަވަސް ލަގްޒަރީ ފެންވަރުގެ ސަފާރީއެެވެ. އާއިލާއެކު ވަގުތު ހޭދަކޮށްލަން މިއީ "އެއްވަނަ" އެވެ. ރޯދަ ވީއްލުމާއި ޚިދުމަތްދިނުމުގެ ފެންވަރުވެސް ހުރީ އެހާ ފުރިހަމަކޮށެވެ.

ސަފާރީގައި ރޯދަ ވީއްލުމުގެ މި ޕެކޭޖު ނަގާ ފަރާތްތަކަށް ހަތަރު ގަޑިއިރު ސަފާރީގައި މަޑުކޮށްލުމުގެ ފުރުސަތު ލިބެއެވެ. ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ސަފާރީގައި ތިބުމުގެ ފުރުސަތު މި ޕެކޭޖުން ލިބޭއިރު، ސަފާރީގައި ތިބެގެން ނަމާދު ކުރެވޭނެ އިންތިޒާމުވެސް ހުރީ ހަަމެޖެހިފައެވެ.

ސަފާރީގެ މި ރޯދަވީއްލުމުގެ ފުރުސަތުގެ ދަށުން، ގްރޫޕްތަކަށާއި ކުޑަކުދިންނާއެކު ޢާއިލީ ރޯދަވީއްލުންތަކަށް ވެސް ޚާއްސަ ޕެޖޭކްތައް އެބަހުއްޓެވެ.

މިއީ ހުޅުމާލޭގެ ވޮޑަމުއްލާ ކެފޭ ބިސްޓްރޯއިން ދިވެހިންނަށް ި ރަމަޟާން މަސް ޚާއްސަކޮށްދިނުމަށް އަރުވާ ރަނުގެ ފުރުސަތެކެވެ. މި ހިތްގައިމު ދަތުރަށް، ކޮންމެ މީހަކަށް ކަނޑައެޅިފައި ވަނީ 550 ރުފިޔާގެ ފީއެކެވެ. މި ފުރުސަތު ބޭނުންވާ ފަރާތްތަކަށް ރޯދަވީއްލުން ބުކް ކުރުމަށް މިހާރު ފުރުސަތު ވަނީ ހުޅުވާލާފައެވެ. ޖާގަ ބުކް ކުރުމަށް 7651313 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.

ވޮޑަމުއްލާ ކެފޭގެ ފަރާތުން މައުލޫމާތުދިން އައިޝާ ވިދާޅުވީ، ޖާގަ ތަނަވަސް މި ސަފާރީގައި ޖާގަ އޮތް މިންވަރަކުން ކުރީބައިގައި ބުކްނުކުރާ ފަރާތްތަކަށްވެސް ފުރުސަތު ލިބޭނެ ކަމަށެވެ. އެގޮތުން ރޯދަ ވީއްލާ ވަގުތުގެ 24 ގަޑިއިރު ކުރިން އެ ތަނަށް ގުޅައި ޖާގަ ހުރިތޯ ބެލޭނެއެވެ. އަދި ޖާގަ ހުރިނަމަ ފުރުސަތު ދޭނެއެވެ. ކުރީބައިގައި ބުކް ކުރެވޭ މި ޕެކޭޖްގެ އަގަކީ 450 ރުފިޔާ އެވެ.