ރާއްޖެއަށް ދަތުރުކުރަން ފަށަން ތައްޔާރުވަމުންދިޔަ ޗާޓަރު ފްލައިޓެއް މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ކެންސަލްކޮށްފިއެވެ.

ޔޫރަޕުން ސީދާ ރާއްޖެއަށް ދަތުރުކުރުމަށް އޮތް މި ފްލައިޓްގެ ހުރިހާ ކަމެއްހެން ނިމިފައި އޮއްވާ މި ފްލައިޓް ކެންސަލްކުރަން ޖެހިފައިވަނީ ރާއްޖޭގައި މިވަގުތު އޮތް ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުންކަމަށް މި ފްލައިޓްގެ ދަތުރުގެ ކަންކަން ކުރިއަށްގެންދިޔަ ކެޕިޓަލް ޓްރެވެލްގެ ސީއީއޯ ޔޫސުފް ރިފުއަތު ވަނީ ވިދާޅުވެފައެވެ. މި ފްލައިޓްގެ ދަތުރު ފެށުމުގެ ހުރިހާ މަސައްކަތެއްހެން ގާތްގަނޑަކަށް ނިމިފައިވަނިކޮށް، ކެންސަލް ކުރަންޖެހުމާއިއެކު މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ގެއްލުމެއްކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މެޑްރިޑުން ފެށުމަށް ނިންމާފައިވާ މި ފްލައިޓްގެ ދަތުރު ރޭވިފައިވަނީ ޓޫރިސްޓު ސީޒަނަށް އަމާޒުކޮށެވެ. މި ފްލައިޓް ކެންސަލްކޮށްފައި މިވަނީ މި ފްލައިޓުން ކޮންމެ ހަފްތާއަކު 750 ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނިކޮށްކަމަށް ކެޕިޓަލް ޓްރެވެލްއިން ބުނެއެވެ.

ރާއްޖޭގައި ނެރެފައިވާ ކުއްލި ހާލަތުގެ ސަބަބުން ބޭރު އެކި ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރުމުގައި އެގައުމުތަކުގެ ރައްޔިތުންނަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ. މީގެ ތެރޭގައި އިންޑިޔާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާވެސް ހިމެނެއެވެ. މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އެންމެ ބޮޑު އެއް އިންޑަސްޓްރީކަމުގައިވާ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ބޮޑެތި ލޮޅުންތަކެއް އަރައި މިލިއަނުން ގެއްލުންލިބޭނޭކަމަށް ލަފާކުރެވެއެވެ...

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އަލީ

  މިނަޝީދުގެ ސަބަބުން ގެއްލުން ވަނީ ނިކަމެތި ރައްޔިތުންނަށް. ހިތާމަޔަކީ އޭނަގެ ފަހަތުން އުޅޭ މަދު މީސްކޮޅަށް އެކަން ނުވިސްނޭތީ.

 2. ޢަލީ

  ތިޔަ ސީއީއޯ އަކީ ވަރަށް ރީނދޫ ކުަލައިގެ ލޭ ހިނގާ މީހެއް.. ވ.ރަގަޅަށް އިނގޭތީ މިބުނީ....

 3. ށިންބާ

  އަޅެފަހެ ތިކަން ރޭވިއިރު ނޭނގޭތަ ރާއްޖެ އޮތީ ކޮންހޅަތެއްގަކަން. ދެން ހަމަނުކެހޭ މޮޅު ސްޓޯރީއެއް ތިފަޅާލީ

 4. ޕޮގްބާ

  މަމެން ވަރށް ރަނގަޅަށް ރިފްއަތު ދަންނަން ތެދުބަހުން ވާހަކައެއް ބުނެލުން އެއީ ބޮޑު ގެރިއެއް ދިރުވާލުން ކަހަލަ ކަމަށް ރިފުއަތުއަށް. ސީޒަން ނިމުނީ. އެކަމަކުވެސް ސީސަނަށް ައަންނަށް އޮތް ފްލައިޓެއް. ރިފްއަތު ކައިރިން އަހާބަލަ މީ ދުވާލެއްހޭ ބުނާނެ އުހު ރޭގަނޑެކޭ. އެހާވެސް ބޮޑަ ދޮގު ހަދަން ބޭނުންވާނެ

 5. ދިވެއްސެއް

  މިފަދައިން ސަރުކާރުން އަމަލު ނުކުރިނަމަ އެތައްބިލިން ޑޮލަރު ގެއްލުން ވެފަ މިލިއަންޑޮލަރު ލިބުނީމައެޖެހުނީ ކޮންތާކު؟ މުޅިގައުމުގެ ހަމަޖެހުމާ ސުލްހަ އާއިއަމަން އަމާންކަން ގެއްލި ބޮޑުހަލާކެއްގެތެރެއަށް ގައުމުއެއްލާލާފަވެސް މިލިއަނުން ޑޮލަރު ލިބުނީމައެވީތަ؟ އެގޮތްވެސް ހެޔޮބަޔަކު މިގައުމުގަ އާއިބޭރު ކަރަކަރައިގަ ތިބެކެނޑިނޭޅި މިގައުމުހަލާކައް ކުރަމުންދާ ކަންކަމުން ކިތައްމިލިޔަން ލިބޭބާ؟

 6. އެނޮނީމަސް

  ރީތި ވެއްޖެ...؟

 7. ހަހަހަހަހަހަަހަހ