ރާއްޖޭގައި އެންމެ އަގުހެޔޮކޮށް ލިބޭ ޒިއޯމީ ބްރޭންޑުގެ ކޮލިޓީ މޮޅު ފޯނު، ޕޯކޯ ސީ3ގެ އާ ސްޓޮކެއް ގެނެސް ސޮއްޓިބިޒް އިން ވިއްކަން ފަށައިފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބާޒާރަށް ނެރުނު މި ފޯނަކީ ގެންގުޅެން ފަސޭހަ ވެފައި އެހާމެ ރީތި ފޯނެކެވެ. މީގެ އިތުރުން ފޯނުގެ ބެޓަރީއަކީ ގިނަ ވަގުތު ޗާޖު ހިފަހައްޓާލަދޭ 5000 މިލިއެމްޕަވާގެ ބެޓަރީއެކެވެ. މިއީ މިހާރު އާއްމުކޮށް މޮޅު ފޯނުތަކުގައި ހުންނަ ބެޓަރީއެވެ.

މި ފޯނު އެންމެ ހާއްސަ ވަނީ އާއްމުގޮތެއްގައި ބާޒާރުން ލިބެން ހުންނަ ފޯނުތަކަށްވުރެ އަގުހެޔޮވުމެވެ. ޕޯކޯ ސީ3އެއް ސޮއްޓިބިޒް އިން މިހާރު އެންމެ 2،400ރ. އަށް ލިބޭނެއެވެ. އެހެންކަމުން ރޯދަ ހަދިޔާއަކަށް ނުވަތަ އެނޫންވެސް މުނާސަބަތަކާ ގުޅިގެން މީހަކަށް ހަދިޔާކޮށްލަން މި ފޯނު ރަނގަޅުވާނެއެވެ.

ސޮއްޓޮބިޒް އިން މި ފޯނު އަގުހެޔޮކޮށް ލިބުމުގެ އިތުރުން ވޮރެންޓީވެސް ލިބޭނެއެވެ.

ޕޯކޯ ސީ3ގެ ބައެއް މުހިންމު ފީޗާތައް

- ފޯނުގެ އޯއެސް: އެންޑްރޮއިޑް 10، އެމްއައިޔޫއައި 12
- ޑިސްޕްލޭ: 6.43 އިންޗި، ޕެންޑާ ގްލާސް
- މެމޮރީ: 32ޖީބީ، 3ޖީބީ ރެމް
- ކެމެރާ: ސެލްފީ ކެމެރާ 5 މެގަޕިކްސެލް، ބެކް ކެމެރާ 13 މެގަޕިކްސެލް

ސޮއްޓިބިޒް އިން ފޯނު ވިއްކުމުގެ އިތުރުން ފޯނު މަރާމާތު ކުރުމުގެ ހިދުމަތްވެސް ދެއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ނަމަވެސް މި ހިދުމަތް ހޯދޭނެއެވެ. އެގޮތުން، މަރާމާތު ކުރަން ބޭނުންވާ ފޮނު ބޯޓަށް ލުމަށްފަހު ސޮއްޓި ބިޒްގެ ފޯނު ނަންބަރު 7449955އަށް ގުޅައިގެން ނުވަތަ ވައިބާ މެދުވެރިކޮށް އޭގެ މައުލޫމާތު ހިއްސާ ކުރުމުން، ފޯނު މަރާމާތުކޮށް އިތުބާރާއެކު އެ ބޯޓަކާ ހަމައަށް ފޯނު އަނބުރާ ގެންގޮސްދޭނެއެވެ.

މީގެ އިތުރުން އެ ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް ކޮންމެ ރަށެއްގައި ހުރެގެން ވެސް މުދާ ގަނެލެވޭނެއެވެ. މިގޮތަށް ގަންނަ ތަކެތި ބޯޓާ ހަމައަށް ޑެލިވަރީ ކޮށްދޭނެއެވެ.

އެ ފިހާރައިން ވިއްކާ ތަކެތީގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑުތައް ކަމަށްވާ، އެޕަލް، ސެމްސަންގ، ޒިއޯމީފަދަ ބްރޭންޑުތަކުގެ ފޯނުތަކުގެ އިތުރުން އެންމެ އާދައިގެ ފޯނުތައްވެސް ލިބެން ހުންނާނެއެވެ. މި ފިހާރަ ހުންނާނީ ޗާންދަނީ މަގު، ޖަލާލުއްދީން މިސްކިތް ކުރިމަތީގައެވެ.