މާލެ ސަރަހައްދުގައި އެންމެ އަރާމު، އެންމެ ބޮޑު އެއް ރެސްޓޯރެންޓް ކަމަށްވާ ކޮފީ ތަށި ރެސްޓޯރެންޓުން ރޯދައަށް ހާއްސަ މެނޫތަކެއް ނެރެފިއެވެ.

މި ރެސްޓޯރެންޓްގައި ކޮންމެ ދުވަހަކު ރޯދަ ވީއްލަން ހުންނާނީ އެއް ބާވާތެއްގެ ކެއުންތައް ނޫނެވެ. އާދީއްތަ، ހޯމަ، އަދި ބުދައިގައި ހުންނާނީ ވަކި މެނޫ އެކެވެ. އަދި ހުކުރު ހޮނިހިރަށް ވަކި މެނޫ އެއް ހުންނައިރު، އާދީއްތަ އަދި ހޯމައިގައި ހުންނަނީ ތަފާތު މެނޫ އެކެވެ.

ކޮފީ ތަށި ރެސްޓޯރެންޓަގެ މެނޫ

މި ރެސްޓޯރެންޓުން ރޯދަ ވީއްލަން ބޭނުންވާ ފަރާތްތަކަށް އެންމެ ފަހު ވަގުތާއި ހަމައަށް ބުކް ކުރެވޭނެއެވެ. އެހެން ނަމަވެސް ބޮޑު ގްރޫޕެއް އަންނަ ނަމަ ވަގުތު އޮއްވާ ބުކް ކުރަން ޖެހޭނެއެވެ.

މީރު ހެދިކާ އާއި އެތައް ބާވަތެއްގެ ކެއުން ކޮފީ ތަށި ރެސްޓޯރެންޓުން

އަދި މީގެ އިތުރުން، ބުފޭ ބޭނުން ނުވާ ފަރާތްތަކަށްވެސް ހާއްސަކޮށް ވަކި މެނޫ އެއް ތައްޔާުކޮށްފައި ވެއެވެ. އެއީ ޓޭބަލް ސާވިސް މެނޫ އެވެ. އެ ހިދުމަތް ބޭނުންވާ ފަރާތްތަކުން ހަވީރު 16:00ގެ ކުރިން ބުކް ކުރަން ޖެހޭނެއެވެ. މި މެނޫގެ ހާއްސަ ކަމަކީ އެ މީހުން ރެސްޓޯރެންޓަށް އަންނައިރު، ވަކިން ހާއްސަ މޭޒެއް އެ މީހުންނަށް ތައްޔާރުކޮށްފައި ހުރުމެވެ. އަދި އެ މީހުންގެ ހިދުމަތުގައި ވަކިން ހާއްސަ ވެއިޓަރެއްވެސް ހުންނާނެ އެވެ.

މި މެނޫތަކުގައި ތަފާތު އެތައް ވައްތަރެއްގެ ކެއުންތައް އެބަ ހުއްޓެވެ. ޔަގީނުންވެސް މި ކެއުންތައް މީރުވާނެއެވެ.

ކޮފީ ތަށި ރެސްޓޯރެންޓުގެ އެތެރެ

މިތަނަކީ މާލޭގެ އެންމެ ޖާގަ ތަނަވަސް އެއް ރެސްޓޯރެންޓަށް ވާނެއެވެ. ޓޯޓަލް ކެޕޭސިޓީ 300 މީހުންގެ ޖަގައިގެ މި ރެސްޓޯރެންޓްގައި ކޮވިޑްގެ ހާލަތާއެކު އެއްފަހަރާ 150 މީހުންނަށް ހިދުމަތް ދެވޭ ގޮތް ހަދާފައި ވެއެވެ. މި ރެސްޓޯރެންޓަކީ އިޖްތިމާއީ ގައިދުރުކަމަށްވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭ ރެސްޓޯރެންޓެއްކަން ފަހަގަކޮށްލަން ޖެހެއެވެ.

މި ރެސްޓޯރެންޓަކީ ޖާގަ ތަނަވަސް ރެސްޓޯރެންޓެއްކަމުން ބޮޑެތި ގްރޫޕްތައް ހަދާލާފައި މި ރެސްޓޯރެންޓަަށް ރޯދަ ވީއްލަން އާދެވޭނެއެވެ. އެގޮތުން 30 މީހުންނަށްވުރެ ގިނަ މީހުންނާއެކު ރޯދަ ވީއްލަން އަންނަ ނަމަ، ރެސްޓޯރެންޓްގެ ވީއައިޕީ ބައި އެ ގްރޫޕަށް ހާއްސަ ވާނެކަމަށް ކޮފީތަށިން މައުލޫމާތު ދެއެވެ.

މި ރެސްޓޯރެންޓްގައި ވީއައިޕީ ބަޔަކާއި، އޮޕެން އެެއާ ބަޔަކާއި، ފައިން ޑައިނިންގ އޭރިއާއެއްވެސް ހުންނާ އެވެ. އަދި މިއީ މުވައްޒަފުންގެ ގޮތުގައި ދިވެހިން މަސައްކަތް ކުރާ ތަނެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮފީ ތަށި ރެސްޓޯރެންޓްގެ އެތެރެ

މީގެ އިތުރުން، މި ރެސްޓޯރެންޓުގައި ތަރާވީސް އަށް ހާއްސަކޮށް ވަކި މެނޫ އެއްވެސް އޮންނާނެ އެވެ. ތަރާވީސް ގަޑީގެ މެނޫއަށް މީހަކަށް 65 ރުފިޔާ ޗާޖް ކުރެއެވެ.

މި ރެސްޓޯރެންޓް ހުންނަނީ އޯކިޑް މަގު ޖަސްޓިސް ބިލްޑިންގގެ ކުރިމަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލި ދީދީ

    ވެންޓިލޭޓަރުގެ ފައިސާގެ ވަސް އެބަ ދުވާ..

    5
    3