ރަމަޟާން މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި އެމްޕީއެލްއަށް އެތެރެ ކުރުވުނު ކާގޯގެ ތެރެއިން 727 ކޮންޓެއިނަރުގެ ކާބޯތަކެތި ކްލިއަރ ކޮށްފައިވާ ކަމަށް އެމްޕީއެލްގެ ކާގޯ ކްލިއަރެންސް ޑިޕާޓްމެންޓުން ބުނެފިއެވެ.

އެ ޑިޕާޓްމެންޓުން މިއަދު ވަނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ކްލިއާ ކުރެވުނު ކާގޯގެ އަދަދުތައް ހާމަކޮށްފައެވެ.

އެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 727 ކޮންޓެއިނަރެެެއް ވަނީ މި މުއްދަތު ތެރޭގައި ކްލިއަރ ކޮށްފައެވެ. އޭގެ ތެރޭގައި 20 ފޫޓުގެ 367 ކޮންޓެއިނަރާއި، 40 ފޫޓުގެ 360 ކޮންޓެއިނަރެވެ.

މި ކޮންޓެއިނަރުތަކުގައި ހުރި ކާބޯތަކެތީގެ ތެރެއިން އެންމެ ގިނަ ބާވަތަށް ހުރީ ބިހާއި، ފިޔާ އެވެ. އެގޮތުން 26،520 ކޮންޓެއިނަރު ބިހާއި، 18،786 ބަސްތާ ފިޔާ ގެނެސްފައި ވެއެވެ.

މީގެ އިތުރުން، ކެބެޖް، ލުނބޯ،އަނބު، ފަޅޯ،އަލުވި، ދޮންކެޔޮ ފަދަ އެއްޗެހިވެސް ގެނެސްފައި ވެއެވެ.