ރާއްޖޭގެ ވެރިކަންކުރާ ނިޒާމު ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ކަނޑައެޅޭނެ ކަމެއް ނޫންކަމަށް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެ އެވެ.

ޝަރީފް މިގޮތަށް ވިދާޅުވީ، ރާއްޖޭގެ ވެރިކަން ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިގަންނަވާކަން މިއަދު ހާމަކުރެއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ޝަރީފް ވިދާޅުވީ، ވެރިކަމުގެ ނިޒާމު އުވާލައި، އެހެން ނިޒާމަކަށް ފުރޮޅާލުމުގެ ބާރު އޮތީ ހަމައެކަނި ރައްޔިތުންނަށް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ވޯޓަކުން ނިންމާފައި އޮތް ކަމެއް ކަމަށާއި، ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކަށް ގޮސްގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަކީ ރައީސުލްޖުމްހޫރިޔާ އަކަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކަށްވެސް ނިންމޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު ވަނީ ރާއްޖޭގައި ވެރިކަމުގެ ނިޒާމް، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ޤައުމުގެ ބޮޑުވަޒީރަކަށް ވެވަޑައިގަންނަން ބޭނުންފުޅުވާކަން ރައީސް ސޯލިހަށް އިއްޔެ އަންގަވާފައެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނުބޭއްވުމަށްވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވަނީ، އެއްފަރާތްވެވަޑައިގެން ނުހުންނަވައި ޤައުމު ހިންގަވަން ބޭނުންފުޅުވާތީ ކަމަށެވެ.

އެމަނިކުފާނު ވަނީ ބޮޑުވަޒީރަކަށް ވަޑައިގަތުމަށްޓަކައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރެއް އަންނަ ފެބްރުއަރީ މަހުގައި އެކުލަވާލުމަށް އެދިވަޑައިގަންނަވާކަން ވެސް ހާމަކުރައްވާފައެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނުބޭއްވުމާއެކު، 2024 ވަނަ އަހަރު މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު ކަނޑައެޅުމަށްވެސް ރައީސް ނަޝީދު ވަނީ ހުށަހަޅުއްވާފައެވެ.

ރައީސް ނަޝީދުގެ މި ހުށަހެޅުމާއި އެކު އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން އަންނަނީ މީސްމީޑިއާގައި، ބަރުލަމާނީ ނިޒާމަކަށް ތާޢީދުކުރާކަން ހާމަކުރަމުންނެވެ. ނަމަވެސް ދައުރުގެ މެދުތެރެއިން ވެރިކަމުގެ ނިޒާމު ބަދަލުކޮށް އިންތިޚާބު ފަސްކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވުމުން ގިނަ ބަޔަކު އަންނަނީ ނުރުހުންވެސް ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ސާބަހޭ

    ސާބަހޭ މަވޯޓާ. ތިއީ ރައްޔިތުންގެ ޚާދިމުންނަކީ. ތިޔަ ގޮތުގައި ހިފަހައްޓަވާ. ޤައުމަށް ރައްޔިތުންނަށް ޣައްދާރު ނުވާތި. މި ނުބައި ނުލަފާ ޖައްބާރު ޚުދުމުތާރު ޑިކްޓޭޓަރު ކަލޭގެ ކިބައިން މިގައުމު ސަލާމަތްކުރުމަށް ގައުމު ދެކެ ލޯބިވާ ހުރިހާ ރައްޔިތުންނާއެކުގައި ހުންނަވާތި.

    30
  2. ޙ

    ލޮބުވެތި ދިވެހި ފުލުހުންނާއި ސިފައިން...

    19
  3. އައްސަރިބަހާއި ސާބަސް

    ސާބަހޭ ސާބަހޭ ސާބަހޭ ރައްޔިތުން ނިންމުން އުވާލިޔަ ނުދިނުމަށް ރައްޔިތުންނާ އެކުގައި ނޫނީ ނުހުންނަވާތި. ޚުދުމުޚުތާރު ޑިކްޓޭޓަރު ނުބައި ނުލަފާ ޖައްބާރު ކަލޭގެ ހިންގަން މިއުޅޭ ޖަރީމާގައި ބައިވެރި ނުވާތި. ރައްޔިތުންގެ ޙައްގުގައި ނޫނީ ބަހެއް ނުބުނާތި.

    26
  4. ޕަރީ

    ފެންސިރު ނަޝީދު. ވޯޓުލީ ކުރިންވެސް ރިޔާސީ ނިޒާމަށް. ދެންވެސް ވޯޓުދޭނީ އެގޮތަށް. ކޮންމެހެން މޯދީހެދެން އުޅޭނެކަމެއްނެތް.

    27
  5. މަންދީ

    މަންޑޭލާ ވިދާޅުވީ ހަމަ ތެދެއްކަން މިހާރު މިއިނގެނީ ވެރިކަމަކީ ދަހިވެތިކަމެކޭ ދެވިހިފާކަމެކޭ މިފެންނަނީ އޭގެ ހެކި ވެރިކަމާހެދިބޫޓްކައިފި މީހަކު ނަންވާނީ ކުރީގަ ރައީސް މައުމޫނޭ ވެދުން

    26
  6. ޭެއަޙުމަދު

    މިދޮންކެޔޮ ނުކެވޭ އެއްޗެހިންގެ ވިސްނުންހުރިގޮތް ބަޔަކުދެކިބަލަ ހައްހައް...!!!!!!!!؟؟؟؟؟؟؟؟

    16
    1
  7. ޖަނާ

    ތި ކެނެރީގޭ ބުއްޅަބޭ ބޭނުންވިޔކަސް މިގައުމުގަ ހިތުހުރިހާ ގޮތެއް ނެހެދޭނެ،ނަޝީދު ގާތު ބުނެބަލަ ގޮސް ކަލެ އަށް މިހާރު ޔަގީންކުރެވިއްޖެ އޭ ރައްޔިތުންގެ ތާއީދު ކަލެޔަށް ނެތްކަން 5 ޕަސެންޓް ވެސް، މިފަހަރުވެސް ކައުންސިލް އިންތިހާބު ގައި ތިވަރު ތިވީވެސް ޓްރާންސެކްޝަން ތައް މިލިޔަނުން ބަހާލީމަ،ކަލޭގެ ނުބައި ރޭވެވުންވެސް ﷲ މޮޅައްބައްލަވާ ވޮޑިގެންވާނެ،އަދި ތިކަމެއް ކާމިޔާބު ނުކުރައްވަވާ ތޯ ކަލޭ މިގައުމުން ފައިބާތޯ ދުއާވެސް ކުރާނަން އިންޝާ ﷲ،

    23
  8. މުޙައްމަދު ސަމީރު އެމް.ޑީ.ޕީ

    ވަރަށް ރަނގަޅު ވާހަކައެއް ޝަރީފު ތިވިދާޅުވީ. އެހެން ހުރިހާ އެމް. ޕީ އިންވެސް މި ނަޝީދުގެ ބަހަށް ނުހެއްލި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި، ރާއްޖޭގެ ގިނަ ރައްޔިތުން އެދޭގޮތަށް ރިޔާސީ ނިޒާމު ދެމެހެއްޓުމަށް އަޒުމް ކަނޑަ އަޅާ، މީނަ ދެކެބިރުން ނުތިބެ މަސައްކަތް ކޮށް ދެއްވުން އެދެން. އެފަދަ މީހުން ވާނީ ގައުމީ ބަޠޮލުންނަށް.

    19
    1
  9. ކޮބަޑި

    އަންނި ކަލޭގެ އަމިއްލަ ގޭގައި ބޮޑުވަޒީރަކަށް ހުންނަން އާއިލާމީހުން ގާތުގައި އެހުންމާ ބުއްދިވެރި މިގައުމުގައި ކަލޭ ވެރިކަން ކުރަންނޫޅޭ..

    20
  10. ކޮމިއުނިސްޓް ގެރިގުއި ފެކްޓަރީ

    ކޮމިއުނިސްޓް ޑިކްޓެޓަރޝިޕް ސަރުކާރު އިސްތިއުފާ

    20
  11. ޖަޒިރާ ހޮޅި ފަތިސް

    ރައީސް ކިޔަންވެސް ފަކުރުގަނޭ

    18
  12. ބާގީ

    ރައްޔިތުން ނޮޅާފަވެސް މި މީހުން ޖޭހޭނެ ވެރިކަން ކުރަން

    15
  13. ބަރުލަމާނީ ކަޅު ފަތިސް

    ބަރުލަމާނީ ހަދައިގެން ވެރިކަން ކުރަން މި މީހުން ދާންވިއެއްނު އިންޑިއާގެ އަވަށަކަށް

    24
  14. ރޯޔަލް ރަށްވެހި ކެހެރިނުފަޅާ އެތި

    އަވަރ ޕްރެޒިޑެންޓް އިޒް ސްޓިލް ރައީސް ޔާމީން

    21
    • ޖަލުހޫރިއްޔާ

      ތިބޭފުޅާ އެހެންވީމަ ޖަލަށްދާންވީނު އަވަހަށް. ޔާމީނު ވެރިކަން ކުރަން އުޅެނީ އެތާ. އެކަމަކު އަދި ހިޔެއްނުވޭ އެތަނުގެ ވެރިކަންވެސް ލިބުނު ހެންނެއް. ޕާޓޭންތައް އުޅެނީ މާބާރު ގަދަކޮށް

  15. ރަށްވެހި ކުނި ފުޓް

    ޑިމޮކްރަސީ މައި ފުޓް

    12
  16. އެޖެންޑާ ފުޅަ

    ކުނިވެ ފުޅައަޅާފަ އޮތް ޑިމޮކްރަސީއެއް

    15
  17. ޒަބީބު

    7 ފެބްރުއަރިގައި ނަޝީދު ދިން އިސްތިއުފާ އަކީ ދިވެހިން ކުރި ބަޣާވާތެއް ކަމަށް ކެނެރީގޭ ފެންޑާގައި ބޭއްވި އާއިލީ ބައްދަލުވުމުން ކަނޑައަޅައިގެން ދިވެހިންގެ އެތައްބަޔަކު ގުމބޯ ހައްދައިގެން މަގުމައްޗަށް ނެރެގެން އެމީހުންލައްވައި އެއިރު މޮޔަހެއްދުނަސް ދިވެހި އެތައް ހާސް ރައްޔިތުންގެ ވޯޓަކުން ނިއްމާފައި އޮތް ކަމެއް ކެނެރީގޭ ފެންޑާގައި ބާއްވާ އާއިލީ ބައްދަލުވުމަކުން ނުނިއްމޭނެ. ވެރިކަމާއިހެދި ބޫތުކައިގެންގޮސް ނަޝީދު މިހާރު ތިޔަހަރީ އުމުރުން 50 ހުގެ އަހަރުތަކުގައި އަބަހައްދަވެފަ. ވީމާ ދެން ތިޔަކަހަލަ މޮޔަވެސް ގޮވާނެތާއެވެ!. އެކަމަކު އިހައްދުވަހު ބޭވުނު ކައުންސިލް އިންތިޚާބުން ހާމަވެގެން އެދިޔައީ "އަންނި" "ރައީސް ނަޝީދު" "ފްލެޓް ދޮންބެ" "ހެޔޮ ވެރިކަން"...... މީ ހުސް އައުޓް ޑޭޓަޑް ބްރޭންޑް ތަކެއް ކަން. ދިވެހިންނަށް، ޚާއްސަކޮށް އެމްޑީޕީގެ ގްރާސްރޫޓްގެ ގިނަ ބަޔަކަށް އަންނި ނޫން އޮޕްޝަންސް ދިވެހިރާއްޖޭގައި، ޚާއްސަކޮށް އެމްޑީޕީގައި ވެސް ތިބިކަން ﷲ ގެ ރަހްމަތުން އެނގި ހާމަވެގެން ހިގައްޖެ. އަދި އެޒަމާނުގައި ޔަހޫދީންނާއި ނަސޯރާއިންގެ އެހީގައި ޖަމާލް އަތާތުރުކް ތުރުކީގެ ވެރިކަމަށް އައިސް ތުރުކީ ސެކިއުލާ ދައުލަތަކަށް ހެދިގޮތަށް ދިވެހިރާއްޖެ ސެކިއުލާ ދައުލަތަކަށް ހެދުމުގެ ޖާގަ ދިވެހިން ނަޝީދަކަށް ނުދޭނެ. ދިވެހިން ތިބީ އެއަށްވުރެ ބޮޑަށް ލޯހުޅުވައިގެން ހޭލާ!

    19
  18. ރަނބޭ

    އަހަރެންމީ އިންތިހާއަށް އެމް.ޑީ.ޕީއަށް ތާއިދުކުރާމީހެއް ، އެކަމުކަލޭ ތިޔަކިޔާހާ ލަވައަކަށް އަަހަރެމެން ބެރެއް ނުޖަހާނަން ނަޝީދު ، ޕާޓީންވެސް ތިޔަހެން އުޅެންޔާ ކަލޭ ބޭރުކޮށްލާނީ ކަލޭ ތިޔަހެން ތެޅެން އެހެން ޕާޓީއެއް ހަދަައިގެން ތިކަމާ އުޅޭ ، މިރާއްޖެ އަކީ ކަލޭގެ އާޢިލާގެ ތަރިކަ މުދަލެެއްނޫން ، ކަލޭ ބޭނުންހާ ގޮތެއް މިރާއްޖެ އަކަށް ނުހެދޭނެ، މިހާރު ތިޔައުޅެނީ 2023 ގެ އިންތިޙާބުން ބަލިވާނެކަން އެނގޭތީ ލަދުން ، ނިކަން ގަޓްހުރިއްުޔާ 2023 ވާދަކޮށްލަން ނިކުންނަށްވީނު ، ކަލެއަކަށް އެމްޑީޕީ އަކުވެސް ، މަޖިލީހަކުވެސް މާލެއަކުވެސް އަދި މިރާޢްޖެއަކުވެސް މިހާރު ތާޢީދެއްނެތް ، ދެންކަލޭ ތާޢީދު ހޯދާނަމަ މިޤައުމު ދޫކޮށް އިގިރޭސިވިލާތައް ހިޖުރަކުރުން އަވަސް ކުރޭ ،

  19. މާމީ

    ޝަރީފައް އޯކޭ އިންޑިއާ އައް ގައުމު ވިއްކާލިއަސް ބަރުލަމާނީ ގެންނަން ދެކޮޅު ކޮންތާކު މިޖެހުނީ؟

  20. ނަވްފަލް

    އެކަން ކަނޑައަޅާނީ އިލްޔާސް ޙުސައިންއާ ، ޢިމްރާންއާ ، ޒައިދުއާ ، ޢިޔާޒް .