ސޮއްޓިބިޒް ފިހާރައިން އެއްފަހަރާ ބޭނުން ކުރުމަށްފަހު އުކާލާ ފޭސް މާސްކު ފޮއްޓެއް 99ރ. އަށް ވިއްކަން ފަށައިފިއެވެ.

މިއީ މިވަގުތު ބާޒާރުގައި މި މާސްކު ލިބެން ހުރި އެންމެ ހެޔޮ އަގެވެ. ކޮންމެ ފޮއްޓެއްގައި 50 މާސްކު އިންނާނެއެވެ.

ސޮއްޓިބިޒްއިން ވިއްކާ ޑިސްޕޮސިބަލް މާސްކަކީ ތިން ލޭޔާގެ މާސްކުތަކެވެ. މިއީ އެންމެ ރައްކާތެރި މާސްކުތަކެވެ. މި މާސްކުތައް ޑިޒައިން ކޮށްފައި ހުންނަނީ ސާޖިކަލް މާސްކުގޮތަށެވެ.

އެ ފިހާރައިން ވިއްކާ މާސްކަކީ މިހާރު އާއްމުކޮށް ގިނަ ބަޔަކު ބޭނުންވާ ކަޅު ކުލައިގެ މާސްކެވެ. މި މާސްކަކީ އަޅައިގެން ހުންނައިރު ނޭވާލާން ފަސޭހަ ވެފައި މޫނުގެ ހަމާ ވެސް ގުޅޭ އުފެއްދުމެކެވެ.

މި މާސްކު ގަންނަން ބޭނުންވާ މީހުންނަށް ޗާންދަނީ މަގުގެ ޖަލާލުއްދީން މިސްކިތް ކައިރީގައި ހުންނަ ސޮއްޓިބިޒް ފިހާރައަށް ޒިޔާރަތް ކޮށްގެން ނުވަތަ އެ ފިހާރައިގެ ނަންބަރު 7449955، 7750004 އަށް ގުޅައިގެން ވެސް އޯޑަރު ކުރެވޭނެއެވެ.

ރަށްރަށުގައި ތިބެގެންވެސް ސޮއްޓިބިޒް ފިހާރައިން ވިޔަފާރި ކުރެވޭނެއެވެ. އެގޮތުން، އޯޑަރު ކުރުމުން ކަސްޓަމަރު ބުނާ ބޯޓަކަށް ޑެލިވަރީގެ ހިދުމަތް އެ ފިހާރައިން ދޭނެއެވެ.