އެންމެ ފަހުގެ ފުޓްބޯޅަ ބޫޓާއި އެންމެ ގިނަ ފުޓްބޯޅަ މޮޑެލްސްތައް ލިބޭ ފިހާރައަކަށް އޮބިއޮންވެއްޖެއެވެ.

އޮބިއޮންގެ އޮފިޝަލަކު "ވަގުތަށް" މިއަދު ވިދާޅުވީ ރޯދަ މަހާ ދިމާކޮށް އޮބިއޮން އިން އާ ސްޓޮކެއް ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެންމެ ފަހުގެ ނައިކް އަދި އެޑިޑަސް ބްރޭންޑްގެ ބޫޓުތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއާއެކު، ރާއްޖޭގައި އެންމެ ގިނަ މޮޑެލްސް އަދި އެންމެ ފަހުގެ ފުޓްބޯޅަ ބޫޓު މިހާރު ލިބޭނީ އޮބިއޮން އިން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އޮބިއޮން އިން ގަންނަ ހުރިހާ ބޫޓެއް މިހާރު ހިލޭ ފަހައިލެވޭނެއެވެ. އަދި އޮބިއޮން އިން ގަންނަ ބޫޓުތަކުގެ ތެރެއިން ކުރު މުއްދަތެއްގެ ތެރޭގައި މައްސަލައެއް ދިމާވާ ބޫޓުތައް ބަދަލުވެސް ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮބިއޮންގެ ފިހާރަ

ދިވެހިންގެ އެތައް ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ އޮބިއޮން އިން "ގިވްއަވޭ" ގެ ގޮތުގައި ބޫޓެއް ކޮންމެ މަަހަކު ވެސް ދޭނެއެވެ. އޮބިއޮން އިން އޮންލައިންކޮށް ވެސް ވިޔަފާރިކޮށްލެވޭނެއެވެ. އެގޮތުން، އޮބިއޮންގެ ފޭސްބުކް، އިންސްޓަގްރަމް ޕޭޖަށް މެސެޖްކޮށްގެން ވެސް ވިޔަފާރިކޮށްލުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. އަދި އޮބިއޮންގެ ވައިބަ ގްރޫޕެއް ވެސް ވަނީ ހަދައިފައެވެ.

އެ ފިހާރައިގައި ހުންނަ ތަކެތީގެ ތެރޭގައި ރޭޝްގާޑް، ބޮޑީ ފިޓް، ޑްރައި ފިޓް، ޓެންކްސް، ސޯޓު، ޓައިޓު، ޖޮގަ ސްވީޓް ޕޭންޓް ހިމެނެއެވެ. މި ޕްރޮމޯޝަން ރޯދަ މަސް ނިމެން ދެން ކުރިއަށް ދާނެ ކަމަށް އޮބިއޮންގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަހައްދުގައި އޮބިއޮންގެ ދެ ފިހާރަ މިހާރު ވަނީ ހުޅުވައިފައެވެ. އެއީ މަޖީދީ މަގު، ގަލޮޅު ބޯޅަ ދަނޑު ކައިރީގައި ހުންނަ ފިހާރަ އާއި ހުޅުމާލޭގައި ނިރޮޅުމަގު، ސޮނީ ހާޑްވެއާ ކުރިމައްޗަށްވާ ގޮތަށް ހުންނަ ފިހާރައެވެ.

ދެ ފިހާރަ އިން ރޯދައާ ދިމާކޮށް ހުރިހާ ވައްތަރެއްގެ ސްޕޯޓްސް ވެއާ ގަންނަ ނަމަ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށައިފައެވެ. އެގޮތުން ރޯދަ މަސް ނިމެންދެން މި ތަކެތިން 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އޮބިއޮން ފިހާރަ އިން ލިބެން ހުންނަ ތަކެތީގެ ތެރޭގައި ސްޕޯޓްސް ވެއާގެ އިތުރުން ސްވިމް ވެއާ، ސްޕޯޓްސް މޭޝިނާއި ވަސީލަތްތަކުގެ އިތުރުން އެހެނިހެން މުދާތައް ހިމެނެއެވެ.

މި ފިހާރަ އަކީ ހުރިހާ ބްރޭންޑްއެއްގެ ކުޅިވަރު އަދި އެހެނިހެން މޮޅު ކޮލިޓީގެ ސާމާނު ލިބެން ހުންނަ ފިހާރައެކެވެ. ހާއްސަ ގޮތެއްގައި މި ފިހާރައިން ފުޓުބޯޅަ ކުޅޭ ބޫޓާއި ފަހުގެ ޓީޝާޓާއި ސޯޓު ފަދަ ތަކެތި ވެސް އަގުހެޔޮކޮށް ލިބެން ހުރެއެވެ.