ދިވެހިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ކައިލާން ފޮތި ފިހާރަ މުޅިން އާކޮށްލައިފިއެވެ.

ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން ކައިލާން ފޮތި ފިހާރަ އާކޮށްލި އިރު، އެ ފިހާރަ އަށް ގެނައި ތަކެތީގެ ތެރޭގައި ފަހުގެ ގަމީސް، ޓޮޕް، އަދި ފަޓުލޫން ފޮތި ހިމެނެއެވެ. މިފަހަރު ގެނައި އާ ޝިޕްމަންޓްގައި ވަރަށް ރީތި ޑިޒައިންތަކުގެ ފޮތިތައް ވެސް ހިމެނެއެވެ.

ކައިލީންގެ އޮފިޝަލަކު މިއަދު "ވަގުތަށް" ވިދާޅުވީ ގިނަ އަދަދަކަށް ފޮތި ނަގަން ބޭނުންވާ މީހުން ފޮތި ގަންނާކަށް ކޮންމެހެން މާލެ ނުވަތަ ފިހާރައަށް އަންނަން ނުޖެހޭނެ ކަމަށެވެ. ކައިލާން ހޯލްސޭލް ނަންބަރަށް ގުޅާލުމުން ހުރި ޑިޒައިންތަކުގެ ފޮޓޯއެއް ފޮނުވާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމީހަކު ގަންނަ އެއްޗެއް އެމީހަކު އެދޭ ތަނަކަށް ނުވަތަ ބޯޓަށް މުޅިން ހިލޭ ޑެލިވަރީކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކައިލާންގެ ފޮތީގެ ޝިޕްމަންޓް އާކޮށްލާ ކޮންމެ ފަހަރަކީ ކައިލާންއިން ފޮތި ބައްލަވައިގަންނަވާ ފަރާތްތަކުން ވަރަށް ބޮޑަށް އިންތިޒާރު ކުރައްވާ ވަގުތެއް،" ބޮޑުރަސްގެފާނު މަގު ގަލޮޅު ސަހަރާ ކުރިމަތީގައި ހުންނަ ފިހާރައިގެ އޮފިޝަލް ވިދާޅުވިއެވެ.

ކައިލާން ގްރޫޕްގެ ފަރާތުން ކައިލާންގެ ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިދުވަސްކޮޅު ކުރިއަށް ގެންދާ ކަން ފާހަގަކޮށްލެވެއެވެ. ޓްރެންޑްސް ރަމަޟާން ޕްރޮމޯޝަންގެ ނަމުގައި ކުރިއަށްދާ މި ޕްރޮމޯޝަންގައި ކައިލާން ޓްރެންޑްސްއިން ވިއްކާ ޓްރެންޑްސް ބްރޭންޑްގެ ބޮޑީ ސްޕްރޭ، ބޮޑީ މިސްޓް އަދި ޝަވަ ޖެލް ހޯލްސޭލް ކަސްޓަމަރުންނަށް ޚާއްސަ ޑިސްކައުންޓްތަކެއް ލިބޭނެއެވެ.

އެގޮތުން ދިހަ ހާސް ރުފިޔާއިން މަތީ ވިޔަފާރި ކުރާ ފަރާތްތަކަށް %35 އާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އަދި ދިހަ ހާސް ރުފިޔާ އިން ދަށުން ވިޔަފާރި ކުރާ ފަރާތްތަކަށް %30 އާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

ކައިލާން ޓްރެންޑްސްއިން ވިއްކާ ޓްރެންޑްސް ބްރޭންޑްގެ ބޮޑީ ސްޕްރޭއާއި ބޮޑީ މިސްޓް އަދި ޝަވަޖެލްއަކީ މިވަގުތު ރާއްޖޭގެ މާކެޓްގައި އެންމެ ހިނގާ ބޮޑީ ސްޕްރޭ، ބޮޑީ މިސްޓް އަދި ޝަވަޖެލްއެވެ.

ދުނިޔޭގެ ބާޒާރުގައި ނަން ހިނގާ އެންމެ މަޝްހޫރު ވަސްތައް ކަމުގައިވާ ގުޑް ގާލް، އޮލިމްޕިއާ، ވިކްޓޯރިއާ ސީކްރެޓް، މިޑްނައިޓް ރޯސް، އިންވިކްޓަސް، ސަވޭޖް، ޓޫވަންޓޫ، ބުލޫ ޑެ ޗެނަލް، ފެރަންހައިޓް ފަދަ މަޝްހޫރު ވަސްތަކާއެކު ބާޒާރަށް ނެރެފައިވާ ޓްރެންޑްސް ބްރޭންޑްގެ ބޮޑީ ސްޕްރޭ، ބޮޑީ މިސްޓް އަދި ޝަވަޖެލްއަކީ ވަރަށް ގިނަ ވަގުތު ވަސް ހުންނަ އަދި ހޯލްސޭލް ކަސްޓަމަރުންނަށް މިވަގުތު ރާއްޖޭގެ މާކެޓުން އެންމެ ފައިދާ ބޮޑުކޮށް ވިއްކޭނެ މި ރޭންޖްގެ ޕްރޮޑަކްޓެވެ.

ކައިލާން ހޯލްސޭލް ސެންޓަރު ހުންނާނީ ގަލޮޅު ބޮޑުރަސްގެފާނު މަގު ސްޓެލްކޯ ކުރިމަތިން އޮންނަ މަގު ކޮޅުގައެވެ. ކައިލާން ހޯލްސޭލް ސެންޓަރުގެ ފޯން ނަންބަރަކީ 7986474 އެވެ.