މުހިންމު މައުލޫމާތާއި ދިރިއުޅުމުގެ އެކި ކަންތައްތަކާ ގުޅޭ ތަފާތު ކޮންޓެންޓް ހިމެނޭ ދިރާގުގެ ލައިފްސްޓައިލް މޮބައިލް އެޕްލިކޭޝަން "ނައުއެމްވީ" ގައި މި ފަހަރު ރޯދަ މަހާ ދިމާކޮށްވެސް އައު ފީޗަރ ތަކެއް އިތުރު ކޮށްފިއެވެ.

ދިރާގު ނައު އެމްވީގެ އެންމެ ޚާއްސަ ކަމަކީ އެކި މޮބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް ކުރަން ޖެހޭ ކަންތައްތައް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ކޮށްލެވުމެވެ.

މި ފަހަރުގެ ރަމަޟާން މަހާއި ދިމާކޮށްވެސް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ ގޮތުން ވަނީ ދީނީ ކަންތައްތައް ފުރިހަމަ ކުރުމަށް ޚާއްސަ ފީޗަރސް ތަކެއް ނައު އެޕަށް އިތުރު ކޮށްފައެވެ. އެގޮތުން މިހާރު ނައު އެޕް މެދުވެރިކޮށް ކީރިތި ޤުރުއާނާއި އޭގެ ދިވެހި ތަރުޖަމާ ކިޔާލެވޭނެއެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރސް އިން ކޮންމެ ދުވަހެއްގެ އަސްރު ނަމާދަށް ފަހު ބާއްވާ ދަރުސް ޕްރޮގްރާމާ ބޭހޭ މަޢުލޫމާތުތައް ކޮންމެ ދުވަހެއްގެ ހެނދުނު އެޕްގައި ޝާއިއު ކުރެއެވެ. އެގޮތުން އެ ދުވަހެއްގެ މައުލޫއާއި، ދަރުސް ބާއްވާ މިސްކިތާއި، ދަރުސްދެއްވާ ބޭފުޅުންގެ ނަން ހިމެނެއެވެ.

އަދި ހަމައެއާއެކު، ނައު އެޕްގެ "ވީޑިއޯ" ބައިގައި އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް މުހިންމު އެކި އެކި ދީނީ މަޢުލޫމާތު ފޯރުކޮށްދޭ ވީޑިއޯ ކްލިޕްތައްވެސް ވަނީ ހިމަނާފައިއެވެ. މީގެ އިތުރުން، މި ފަހަރުވެސް ނައުއެޕް މެދުވެރިކޮށް ފިތުރު ޒަކާތް ފަސޭހަކަމާއެކު ދައްކާލެވޭނެއެވެ.

ރަމަޟާން މަހަކީ އެކަކު އަނެކަކަށް އެހީތެރިވުމުގެ މައްސަރަކަށް ވީ ހިނދު ނައުއެޕް މެދުވެރުކޮށް ޒަކާތާއި އެކީ ޞަދަޤާތް ދައްކާ، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށްވެސް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއް ވަނީ ނައު އެޕްގައި އެކުލަވާލާފައިއެވެ.

ނައު އެޕްގެ "ޑޮނޭޝަންސް" ބައިން ނައު އެޕާ ގުޅިފައިވާ ޖަމިއްޔާތައް ބަލާލެވޭނެއެވެ. މި އެޕްގައި ރޯދަ މަހަށް ޚާއްސަ އެހެނިހެން ފީޗަރ ތަކުގެ ތެރޭގައި، ނަމާދު ގަޑިތައް ބަލައި، ނޮޓިފިކޭޝަން ސެޓްކޮށް އަދި ރޯދަ ޓްރެކް ކުރުން ފަދަ ޕީޗަރތައް ހިމެނެއެވެ.

އަދި ހަމައެއާކު ރޯދަ ވީއްލަން ތައްޔާރުކުރާނެ މީރު ކާއެއްޗެހީގެ ރެސިޕީ ތަކާއި އެކި އެކި ރެސްޓޯރެންޓާއި ކެފޭތަކުގެ ރޯދަ ވީއްލުން މެނޫތައްވެސް ނައުއެޕްގައި ހިމެނެއެވެ. ދިރާގުން މަސައްކަތް ކުރަމުން ދަނީ ކުރިއަށް އޮތްތަނުގައިވެސް ކަސްޓަމަރުންނަށް މުހިންމު ފީޗަރ ތައް ނައު އެޕްގައި ހިމަނާ، އެޕް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމެވެ.