ދެކުނުގެ އަތޮޅުތަކުގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައި ވަނިކޮށް ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން މަސް ގަންނަ މިންވަރު ކޮންޓްރޯލް ކޮށްފިއެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފައުޒީ ސޮއި ކުރައްވާ މިފްކޯގެ ދަށުން ހިންގާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އަށް ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައި ވަނީ މިދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާއި ޚިލާފަށް ރަގަޅުވެ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ދޯނިފަހަރު އެއްފަހަރާ ދެކުނުގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސްކިރުވުމަށް އަންނަމުންދާތީ، މިފްކޯގެ ފްރީޒިންގ ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބެމުން ދިއުމާއެކު މަސްކިރުވުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.

މިހާރު ކިޔުގައި ހުރި ދޯނިފަހަރުގެ މަސްކިރާއި، ފްރީޒްކުރުމަށް ވަގުތު ބޭނުންވާތީ 25 އެޕްރީލް އިން 28 އެޕްރީލް ދުވަހުގެ ނިޔަލަށް ދޯންޏަކުން ހަތަރު ޓަނުގެ މަސް ކިރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ފައުޒީގެ ލިޔުމުގައި އަންގާފައިވެއެވެ.

މިގޮތަށް ހަމަޖެއްސި ކަމުގައި ވީނަމަވެސް ކޫއްޑޫ އާއި އައްޑޫ ގައި މިހާރު ކިޔާ ނަމްބަރު ދެވިފައިހުރި ދޯނިފަހަރު މަސްކިރައި ނިމެންދެން ކޮންޓްރޯލް ނެތި ކުރިޔަށް ގެންދެވުން އެދޭކަމަށް ވެސް ލިޔުމުގައި ވެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން މަސްވެރިކަން ދަށްވެފައި އޮތުމަށްފަހު މަސްވެރިކަން ރަނގަޅުވުމާއިއެކު މަސް ގަންނަ މިންވަރު މިފްކޯ އިން ކޮންޓްރޯލް ކުރުމުން ވަރަށް ގިނަ މަސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މަސްވެރިކަން ރަނގަޅުވާއިރަށް މިފްކޯ އިން މަސް ގަންނަ މިންވަރު ކޮންޓްރޯލް ކުރުމަކީ އަބަދުވެސް މަސްވެރިންގެ ވަރަށް ބޮޑު ޝަކުވާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހުސޭނުބޭ

  ތިވާނީ މަސްވެރިންގެ ޖީބުތައް ޑޮލަރުން ފުރި ބަންޑުންވީކަމަށް!

  19
 2. ގެރިމަސް

  ވޯޓުލާ ދުވަހު ވޯޓުތައް ކޮންޓްރޯލްކުރާނެ ރައްޔިތުން

 3. ސުވައިދާ

  ކޮބާ މަސްވެރިން ރާކަނިމަސް ކެވިއްޖެނުން.އަދިވެސް އަންނި މެން ދައްކާ ހުވަފެން ބަލާފައި ވޯޓް ދޭތި.ރަނގަޅު ތިހަދާގޮތް.ހަތަރު ޓަން ވެސް ގިނަ.އެއް ޓަން ކިރަންވީ.ގަބޫލު ކުރިޔަސް ނުކުރިޔަސް ޔާމިން ވަރުގެ ވެރިޔެއް ނުލިބޭނެ.ނުހައްގުން ޖަލުގަ ބާއްވާފަ ހުރިހާ ބަރެއް ލިބުނީމަވެސް ހެޔޮވެރިކަމެއް ނުކުރެވުނުތާ.އަތު ޖެހުނު ތަނަކުން ކަނީ.

  14
 4. ޅަވިޔަނި

  ޑޮލަރު ތައް ކެކރި އަރަނީ މިއޮއް. ކޮބާ ބުއްލަޅޭ އާއި ސޯލިހުބޭ! ބޮޑު އަނގަ ނަގާ ފައި ޑޮލަރުން ޖަހާލަން ބުނެފަ ކޮންތާކު މިޖެހުނީ؟

  11
 5. ކާފަބޭ2020

  ބޭނުންވީ މަސްވެރިންގެބޯކާލައިގެން ގިނަގޮނޑިތަކެއްހޯދުން އެކަންވެއްޖެ އަނެއްކާވެސް ވޯޓަކާކައިރިވީމަ އެތެރެގޭތެރެއިން ޑޮލަރުލިބޭވަރަށް ގޭދޮށުޖަގަހަހަދާފަހޮޅިގުޅާނެ ދެންއަތްޖަހާފަވޯޓުދޭނެ! މިހާލަތުގެނައީ އަމިއްލައަށް ވިސްނާލާ ވީމާ މިހާލަތުބަދަލުކުރަން ފަރުދީޒިންމާއަދާކުރަށްވާ!