ވޯލްޑް އެޗްއާރްޑީ ކޮންގްރެސްގެ ތިން އެވޯޑެއް އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެއެވެ.

ވޯލްޑް އެޗްއާރްޑީ ކޮންގްރެސް އަކީ ހިއުމަން ރިސޯސް ދާއިރާ ގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ރަސްމިއްޔާތެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ 15 ފެބްރުއަރީ އިން ފެށިގެން 17 ފެބްރުއަރީގެ ނިޔަލަށް، އިންޑިޔާގެ މުމްބާއީގައެވެ. މި ރަސްމިއްޔާތުގައި 2000 އަށްވުރެ ގިނަ އޮފިޝަލުން ބައިވެރިވެފައިވެއެވެ.

މި ކޮންގްރެސްގައި އުރީދުއަށް ލިބިފައިވާ އެވޯޑް ތަކުގެ ތެރޭގައި ގްލޯބަލް ބެސްޓް އެމްޕްލޮޔާ ބްރޭންޑް ފޯ އެކްސެލެންސް އިން އެޗްއާރް ތްރޫ އިނޮވޭޝަން، ގްލޯބަލް އެޗް އާރް އެކްސެލެންސް އެވޯޑް ފޯ ބެސްޓް ސްޓްރެޓެޖީ އިން ލައިން ވިތް ބިސްނަސް އަދި ގްލޯބަލް ބެސްޓް އެމްޕްލޯޔާ ބްރޭންޑް ފޯ ޓެލެންޓް މެނޭޖްމަންޓް ހިމެނެއެވެ. މި އެވޯޑްތަކާ ހަވާލުވީ އެ ކުންފުނީގެ ޑިރެކްޓާ އޮފް ހިމަން ރިސޯސް، މުހައްމަދު ޝާހިދު އާއި ސީނިއާ މެނޭޖާ އޯގަނައިޒޭޝަން ޑިވެލޮޕްމްންޓް، ފަޒްނާ މަންސޫރެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އުރީދުއަކީ މުއައްޒަފުންގެ ކުރިއެރުމަށް ނުހަނު އަހައްމިއްޔަތުކަމެއް ދޭ ކުންފުންޏަކަށް ވެފައި، ހިއުމަން ރިސޯސްގެ ދާއިރާއިން މިފަދަ އެވޯޑެއް ލިބުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ.

2017 ވަނަ އަހަރުވެސް އުރީދޫއިން ވަނީ ބައިނަލްއަގްވާމީ ގިނަ ކާމިޔާބީތަކެއް ހާސިލް ކޮށްފައެވެ. އެގޮތުން، އަހަރުގެ އެންމެ އީޖާދީ ކުންފުނި އަދި އަހަރުގެ އެންމެ މޮޅު އާހިދުމަތް (ޕޭމަންޓް ސޮލިއުޝަން ސޮފްޓްވެއަ) ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑް ހިމެނެއެވެ.