އެސްޓީއޯއިން ފިޔާ ބަސްތާއެއް ވިއްކާ އަގު 100ރ. އަށް ކުޑަކޮށްފިއެވެ.

އެސްޓީއޯ އިން މިއަދު ވިދާޅުވީ ފިޔާ ބަސްތާއެއް ހޯލް ސޭލްކޮށް ވިއްކާ އަގު 100ރ. ހެޔޮ ކޮށްފައިވާ ކަމަށެވެ. ރޯދަ މަސް ފެށުނު އިރު އެސްޓީއޯ އިން 25 ކިލޯގެ ފިޔާ ބަސްތާއެއް ވިއްކަމުން އައީ 200ރ. އަށެވެ.

ފިޔާ ބަސްތާއެއްގެ އަގު ހެޔޮ ކުރި ނަމަވެސް ވަކިން ފިޔާ ވިއްކާނީ ކުރިން ވެސް ވިއްކަމުން އައި އަގުގައެވެ. އެއީ ކިލޯއެއް 9.50ރ. އަށެވެ.

އެސްޓީއޯ އިން ކުރިން ހާމަކޮށްފައިވާ ގޮތުގައި މި ރޯދަ މަސް ނިމެންދެން ފިޔާ، ބިސް އަދި އަލުވި ހުސްނުވެ ލިބޭނެއެވެ. އަދި ބާޒާރުގައި އަގު ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު