އައިފޯން 12 ގެންގުޅޭ އުރީދޫގެެ ކަސްޓަމަރުންނަށް 5ޖީގެ ހިދުމަތް ދޭން ފަށައިފިއެވެެ.

އުރީދޫ މޯލްޑިވްސް އިން ހާމަކޮށްފައިވާ ގޮތުގައި އައިފޯން 12 ގެންގުޅެެމުން އަންނަ އުރީދޫ ކަސްޓަމަރުންނަށް މިހާރު މާލޭގެ ގިނަ ސަރަހައްދުތަކަކުން 5ޖީ ސްޕީޑް އިންޓަނެޓް ލިބޭނެ އެވެ. މި ހިދުމަތް ލިބިގެންދާނީ އައިފޯން 12 ގެންގުޅެމުން އަންނަ ފަރާތްތަކުގެ ތެރެއިން އައިއޯއެސް 14.5 ނުވަތަ އެެއަށްވުރެ ފަަހުގެ ސޮފްޓުވެއަރ އަޕްޑޭޓެެއް ކޮށްފައިވާ ކަސްޓަމަރުންނަށް އެކަނި ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އުރީދޫ މޯލްޑިވްސްގެ 5ޖީ ނެޓްވޯރކް އާއި އެކު 5ޖީ ހޯމް ބްރޯޑްބޭންޑްގެ ހިދުމަތްވެސް ދާދި ފަހުން މާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފްކޮށްފައިވާ ކަމަށް އުރީދޫން ބުނެއެވެ. އޭގެތެރޭގައި ގިނަ ވިޔަފާރިތައް ހިންގާ ސަރަހައްދުތައް، ހޮސްޕިޓަލް އަދި އާންމުން ދިރިއުޅޭ ސަރަހައްދުތައް ވަނީ ހިމަނާފައިވެއެވެ.

އުރީދޫން ބުނީ، 5ޖީ ޓެކްނޮލޮޖީ އާއި އެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަނެޓާއި ކަނެކްޓް ކުރުމުގައި ދިމާވާ ލަސްތައްވެސް އެތައްގުނައަކަށް ކުޑަވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން އާންމުން ގެންގުޅޭ ފޯނުތަކަށް 5ޖީގެ ހަލުވި ސްޕީޑްގެ އިންޓަނެޓް ލިބުމާއިއެކު، މެދުކެނޑުމެއްނެތި އިންޓަނެޓްގެ ހިދުމަތް ތަޖުރިބާކުރެވޭނެ ކަމަށާއި އޮންލައިންކޮށް ގޭމް ކުޅުމުގައި ދިމާވާ ލަސްތަކަށް ހައްލެއް ލިބި، ފިލްމް އަދި ސީރީޒް ޑައުންލޯކޮށްލަން ވިޔަސް ނުވަތަ ސްޓްރީމް ކޮށްލަންވިޔަސް މާ ގިނަވަގުތު ނުނަގާ، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޮށްލެވޭނެ ކަމަށް އުރީދޫ އިން ވަނީ ހާމަކޮށްފައެވެެ.