އީދު ބަންދާއި ދިމާކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރާ މީހުން ގިނަވުމާއި ގުޅިގެން މޯލްޑިވިއަން އިން ރާއްޖެ ތެރެއަށް ކުރަމުންދާ ދަތުރުތައް އިތުުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ގައުމީ އެއާލައިން އޮޕަރޭޓް ކުރާ، އައިލެންޑް އޭވިއޭޝަންސް އިން ބުނެފިއެވެ.

އެ ކުންފުނީގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގައުމީ އެއާލައިން އިން ކުރާ ދަތުރުތައް އީދު ބަންދާއި ދިމާކޮށް އިތުރުކުރަން ނިންމީ، ޑިމާންޑް ބޮޑުވެ ގިނަ ފްލައިޓްތައް މިހާރު ފުލްވެފައިވާތީ ކަމަށެވެ.

އަދި ފްލައިޓްތައް އިތުރު ކުރުމަށް ނިންމާފައި ވަނީ ޑިމާންޑަށް ބެލުމަށްފަހު އެ ޑިމާންޑް އެންމެ ބޮޑު ހިސާބަކަށް ކަމަށް ނަޝާތް ވިދާޅުވިއެވެ.

ނަޝާތު ވިދާޅުވިގޮތުގައި، އަދި އެ ފްލައިޓްތައް އިތުރު ނުކުރެއެވެ. އެ ފްލައިޓްތައް އިތުރު ކުރާނީ މާދަމާގެ ބުކިންގ ޕެޓާންއަށް ބެލުމަށްފަހު ކަމަށް ނަޝާތު ވިދާޅުވިއެވެ.

މި އަހަރުގެ އީދަށް ވާނެ ކަމަށް ބެލެވެނީ ހުކުރު ދުވަހެވެ. މި އަހަރުގެ އީދުބަންދަށް ތިން ދުވަސް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ފުލައިޓް އިތުރު ކުރުމަށްވުރެ މާ ރަގަޅު ޓިކެޓްގެ އަގު ހެޔޮ ކުރިއްޔާ... ކައިރި ގައުމަކަށް ދިއުމަށް ވުރެ އަގު ބޮޑު ވިއްޔާ

  2. 1300ރފ

    ރަނގަޅު ޚިޔާލެއް.