މުޅި ރާއްޖެއަށް ވިޔަފާރި ފުޅާކުރަމުން އަންނަ "ލިބޭ" އިން ރާއްޖެ އެތެރެކޮށް ވިއްކާ ލޭންސްލޭ ސްލިމިންގ ކޮފީ އަގުހެޔޮކޮށް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ލިބޭ" އިން "ވަގުތު" އަށް މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވީ، އީދާއި ދިމާކޮށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން އެއް ފޮއްޓަށްވުރެ ގިނައިން ލޭންސްލޭ ކޮފީ ބައްލަވައި ގަންނަ ކަސްޓަމަރުންނަށް 75 ރުފިޔާއަށް ފޮއްޓެއް ލިބިގެންދާނެ ކަމަށެވެ.

"މިއީ އީދާއި ދިމާކޮށް، އަގުހެޔޮކޮށް ކަސްޓަމަރުންނަށް ގަތުމުގެ ފުރުސަތު ދިނުމަށްޓަކައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް، މި ޕްރޮމޯޝަން ކުރިއަށްދާނެ އީދު ނިމެން ދެން".

"ލިބޭ" އިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ކޮފީ ބައްލަވައި ގަންނަވާ ފަރާތްތަކަށް ކޮފީ ލިބޭނީ ރާއްޖެ އިން މި ކޮފީ ލިބޭނެ އެންމެ ހެޔޮ އަގުވައެވެ.

ކޮފީ ބައްލަވައި ގަންނަން ބޭނުންފުޅުވާ ފަރާތްތަކުން "ލިބޭ“ގެ ފޭސްބުކް ޕޭޖަށް މެސެޖު ކުރައްވައިގެން ނުވަތަ 9759452 ނަމްބަރު ފޯނަށް ގުޅުއްވައިގެން ކޮފީ އަށް އޯޑަރު ކުރެވޭނެއެވެ.

މި ޕްރޮޑަކްޓު މާލެ ސަރަހައްދުން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލައި ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދޭނެއެެވެ. އަދި ރަށްރަށުން އޯޑަރު ކުރާނަމަ ބޯޓާއި ހަމައަށް ގެންގޮސްދޭނެއެވެ.