ހުޅުމާލެ
ހުޅުމާލެ

ގުޅީފަޅުން ފްލެޓް ގަނެފައިވާ ފަރާތްތަކަށް ހުޅުމާލެ އިން ފްލެޓް ޙަވާކުރުމުގައި، އިސްކަން ދޭނެ ތަރުތީބު ކަނޑައެޅުމަށް ބޭނުންވާ މަޢުލޫމާތު ފޯމް ހުށަހެޅުމަށް އިތުރު މުއްދަތެއް ދީފިއެވެ.

ހައުސިން މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ވަނީ ގުޅީފަޅުން ފްލެޓް ގަނެފައިވާ ފަރާތްތަކަށް ހުޅުމާލެ އިން ފްލެޓް ޙަވާކުރުމުގައި، އިސްކަން ދޭނެ ތަރުތީބު ކަނޑައެޅުމަށް ބޭނުންވާ މަޢުލޫމާތު ފޯމް ހުށަހެޅުއްވުމަށް އިތުރު ފުރުޞަތު ޖުލައި 13 ފެށިގެން 01 އޯގަސްޓް އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މިމުއްދަތުގެ ތެރޭގައި ފޯމް ހުށަނާޅާ ފަރާތްތަކަށް މިފަހަރު ހުޅުމާލެ އިން ޙަވާލުކުރާ ފްލެޓް ޙަވާލުކުރުމުގައި އިސްކަން ދިނުމުގެ ފުރުޞަތު ނުލިބޭނެކަމަށާއި ނަމަވެސް އެފަރާތްތަކަށް ވެސް ކުރިއަށް އޮތްތަނުގައި ހުޅުމާލެއިން ނިމެމުންދާ ފްލެޓްތަކުގެ ތެރެއިން އެއިރަކަށް ކަނޑައެޅޭ ޢަދަދެއްގެ ތެރެއިން ފްލެޓް ލިބުމުގެ ފުރުޞަތު އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ވިދާޅުވެއެވެ.

ވީމާ، މި މުއްދަތުގެ ތެރޭގައި ހައުސިން މިނިސްޓްރީ އަށް ފޯމް ހުށަނާޅުއްވާ ފަރާތްތަކަށް މިފަހަރު ހުޅުމާލެއިން ފްލެޓް ޙަވާލުކުރުމަށް އިސްކަންދޭ ތަރުތީބު ލިސްޓުގައި ހިމެނުމަށް ހަމަޖެހިފައި ނުވާކަން އިއުލާން ކުރާ ކަމަށް ވެސް މިނިސްޓްރީގެ އިއުލާންގައި ވެއެވެ.

1 ކޮމެންޓް

  1. ތި މުއިއްޒުއަކީ ކަމެއް އެނގިގެން، ތަނެއް ފެނިގެން، މާޒީ ތަޖުރިބާވެގެން ކަމެއްކުރާ މީހެއްނޫނޭ!. އަންނަ ކޮމާންޑަކަށް ސިހޭމީހެއް. އޭނާބޭނުންވަނީ މަޤާމުގެ ޝަރަފު ލިބެނިކޮށް އޭނައްށް ހެޔޮ...!