އެސްޓާސް އިން ވަރަށްވެސް ތަފާތު ހާއްސަ ހަރަކާތެއް މިއަދު ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

ތިން ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތް ފަށަނީ މިއަދު ހަވީރުއެވެ.

"މޭކް ދި ބެޑް ޗެލެޗް" ނުވަތަ އެނދު ރީތި ކުރުމުގެ މުބާރާތުގެ ނަމުގައި ކުރިއަށް ދާ މި މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޗެލެންޖް ކުރިއަށްދާނީ މި ތިން ދުވަހުގެ ހަވީރު 16:00 އިން 18:00 އަށެވެ.

މި ޗެލެން ކުރިއަށްދާގޮތަށް ބަލާއިރު، މި ޗެލެންޖްގައި ބައިވެރިވާން ބޭނުންވާ މީހުން އެސްޓާސް ފިހާރައަށް ޒިޔާރަތްކޮށްގެން އެތަނުގައި އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ އެނދުގައި އޮތް ގޮދަޑީގައި ރީއްޗަށް ބެޑް ޝީޓް އެޅުމަށްފަހު، އެކަމަށް ހާއްސަކޮށްފައިވާ ދެބާލީސް އާއި ކުއިލްޓަށް އުރަ ލައްވާ، އެނދު ތައްޔާރުކުރާނީއެވެ. މި ޗެލެންޖްގައި ބައިވެރިވާ ކޮންމެ މީހަކުވެސް އެކަން ކުރުމަށް ނަގާ ވަގުތު ރެކޯޑް ކުރެވޭނެއެވެ.

އަދި އެ މީހުންގެ ތެރެއިން އެ ޗެލެންޖް ކުރިއަށްދާ ކޮންމެ ދުވަހަކުވެސް އެންމެ އަވަހަށް އަދި އެންމެ ފުރިހަމަކޮށް މި ޓާސްކް ފުރިހަމަ ކުރާ މީހަކަށް އަދި ދެވަނަ އަށް ދާފަރާތަކަށް ހަދިޔާއެއް ލިބޭނެއެވެ.

މި ޓާސްކް ފުރިހަމަ ކުރާ މީހުންގެ ގޮތުގައި ބަލާނީ، ގޮދަޑީގައި ބެޑް ޝީޓް އަޅާފައި ހުންނައިރު، އެއްވެސް ރުލެއް ފެންނަން ނެތުމާއި، ބާލީސްގައި އުރަ ލެއްވުމަށްފަހު، އެނދުމަތީގައި ރީތިކޮށް ބޭއްވުން ފަދަ ކަންކަން ހިމެނެއެވެ.

މި ޓާސްކް ފުރިހަމަކުރާ މީހުންގެ ތެރެއިން މޮޅުވާ ފަރާތެއް ހޮވާނީ އެ ހަރަކާތް ކުރިއަށްދާ ދުވަހު ނޫން އަނެއް ދުވަހުއެވެ.

ADS BY ASTERS

Comments are closed.