ދިގު ކިއުއެއްގައި މަޑުނުކޮށް ވެމްކޯގެ ބިލަށް ފައިސާ ދެއްކިދާނެ ފަސޭހަ ގޮތްތަކެއް އެކުންފުނިން ތައާރަފު ކޮށްފިއެވެ.

މާލެ ސިޓީ، ފުވަންމުލަށް އަދި އައްޑޫ ސިޓީގައި ކުނި މެނޭޖު ކުރުމުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާ ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ ކުންފުނީގެ ކަސްޓަމާާ ސާވިސް ސެންޓަރުތަކުުގެ ކިއުތަކުުގައި މަޑު ނުކޮށް ފަސޭހަކޮށް ބިލަށް ފައިސާ ދެއްކޭނެ ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން އެކުންފުނީގެ ކަސްޓަމާ ސާވިސް ސެންޓަރުތަކުގެ އިތުރުން، މާލޭގެ ހަތަރު ފިހާރައަކުން ބިލަށް ފައިސާ ދެއްކޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފައެވެ. އެ ފިހާރަތަކަކީ އެލް މޯބައިލް 1، ޔޫ ފޯން، މޯބައިލް ލޯޑް، އަދި މެޖެސްޓިކް މޯބައިލްސްއެވެ.

މި ފިހާރަތައް ހުންނަ މަގުތައް ވެމްކޯގެ ވެބްސައިޓުންނާއި ޓްވިޓާ މެދުވެރިކޮށް ފެންނާނެއެެވެ. އަދި އެ ފިހާރަތަކުގެ ބޭރުގައި ވެމްކޯގެ ބިލަށް ފައިސާ ދެއްކޭނެކަން ފާހަގަކޮށްދޭ ވެމްކޯގެ ލޯގޯ ހިމެނޭ ސްޓިކާއެއްް ތަތް ކުރެވިފައިވާނެ ކަމަށް ވެމްކޯގެ ބަޔާނުގައި ވިދާޅުވިއެވެ.

ވެމްކޯއަކީ ކަސްޓަމަރުުންނަށް ހިދުމަތް ފޯރުކޯށްދިނުމުގައި އިތުރު ފަސޭހަ ގޮތްތަކެއް ހޯދުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަސްޓަމަރުންގެ ލޯބި ލިބިފައިވާ ކުންފުންޏެކެވެ.