ރަށުޕިކަޕަކަށް އޯޑަރުދީގެން ތިން ހަތަރުމަސްދެން މަޑުކުރަން ޖެހޭ ހެއްޔެެވެ؟ ރަށުޕިކަޕެއް ގަނެގެން ހައެއްކަ މަސްފަހުން ޕިކަޕް މައްސަލަ ޖެހި އޭގެ ސްޕެއަރ ނުލިބިގެން އުޅެންޖެހޭ ހެއްޔެވެ؟ އެހެންކަމަށްވާނަމަ ބުނެލަން އޮތީ އެންމެ ވާހަކައެެކެވެ. ރަށުޕިކަޕަކަށް އޯޑަރު ޖަހާލަން "ބެސްޓް ބަޑީ" މީ ނަންބަރ 1 އެވެ. ބެސްޓް ބަޑީއިން ރަށުޕިކަޕަކަށް އޯޑަރ ދީގެން މަޑުކުރާކަށް ނުޖެހޭނެއެވެ. އެޑްވާންސަށް ފައިސާ ދައްކައިގެން ތިން ހަަތަރު މަސް ވަންދެން ވެހިކަލް އަތަށް އަރާނެ ދުވަހެއްގެ ދިގު އިންތިޒާރުގައި ހުންނާކަށް ނުޖެހޭނެއެވެ. ބެސްޓް ބަޑީގައި ރަށުޕިކަޕް ގެ ސްޓޮކް ހުސްނުކޮށް ހުރެއެވެ. ރަށުޕިކަޕްގެ ތަފާތު ޑިޒައިންތަކުގެ ތަފާތު މޮޑެލްތައް ބެސްޓް ބަޑީގެ ފަރާތުން އަބަދުވެސް އަންނަނީ ކަސްޓަމަރުންނަށް ތަޢާރަފްކުރަމުންނެވެ.

މިގޮތުން ރަށުޕިކަޕްގެ 1200 ކިލޯގުރާމުގެ ސްޓޮކް ބެސްޓް ބަޑީ ޝޯރޫމުން މިހާރު ލިބެންހުރި އިރު، 800 ކިލޯގުރާމާއި 1000 ކިލޯގުރާމު އަދި 1200 ކިލޯގުރާމުގެ އިތުރު މޮޑަލްތަކުގެ ސްޓޮކު މިއަންނަ މަހުގެ ފުރަތަމަ ހަފުތާތެރޭގައި ލިބޭނެއެވެ. އަދި ބެސްޓް ބަޑީ ޝޯރޫމުގައި މިހާރު ވިއްކަން ހުރި 1200 ކިލޯގުރާމުގެ ރަށުޕިކަޕަކީ ކަސްޓަމަރުން ވަރަށް ގަޔާވާ މޮޑަލެއްކަން ވަނީ ފާހަގަކުރެވިފައެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި މުދާ އަރުވައިގެން ދުއްވާލަން ހިތްގައިމު "ރަށުޕިކަޕް" ރާއްޖެއަށް ތަޢާރަފްވެގެން ދިޔުމަކީ ހެޔޮއަގުގައި ކުޑަޕިކަޕެއް ގަންނަން ބޭނުންވެފައި ހުރި އެތައް ބަޔެއްގެ ހުވަފެން ޙަޤީގަތަކަށް ވެގެން ދިޔަ ކަމެއްކަން ފާހަގަކުރެވެއެވެ.

ރަށެއްގެ ބަނދަރުގައި ބަހައްޓާފައި ހުރި ރަށު ޕިކަޕުތަކެއް

އެހެންނަމަވެސް މި ވިޔަފާރި ރާއްޖެއަށް ފުރަތަމަ ތަޢާރަފުވެގެން ދިޔައިރު މި ވެހިކަލް ގަތުމަށް ގިނަ މީހުން ފަސްޖެހިގެން ދިޔައީ ޓެކްނިކަލް މައްސަލަތައް ދިމާވާއިރު އޭގެ ސްޕެއަރ ރާއްޖެއިން ލިބެން ނުހުންނާތީއެވެ. އެހެންނަމަވެސް ކަސްޓަމަރުންގެ އެ ކަންބޮޑުވުމަށް ބެސްޓް ބަޑީއިން މިހާރު ވަނީ ހައްލު ހޯދައިދީފައެވެ. ބެސްޓް ބަޑީއިން ވިއްކާ ރަށުޕިކަޕް ގެ ހުރިހާ މޮޑަލްތަކުގެ ސްޕެއަރ ޕާރޓްސް ބެސްޓް ބަޑީގެ ފިހާރައެއް ކަމުގައިވާ "ބެސްޓް ސްޕެއަރސް" އިން ލިބެން ހުރެއެވެ. އަދި ބެސްޓް ބަޑީއިން ވިއްކާ ރަށުޕިކަޕްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމަށް ބެސްޓް ބަޑީގެ ޓެކްނިކަލް ސްޓަރފުން އަބަދުވެސް ތިބެނީ އޮން ކޯލްގައެވެ.

ބެސްޓް ބަޑީއިން ރަށުޕިކަޕް ގަންނަ ފަރާތްތަކަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވެހިކަލް އަތަށް އަރާއިރު ، ވެހިކަލްގެ 1 އަހަރު ދުވަހުގެ އަހަރީ ފީ އާއި 1 އަހަރުދުވަހުގެ އިންސްރެެންސް އަދި 2 އަހަރުދުވަހުގެ ރޯޑްވާދިނަސް ހުންނަނީ ފުރިހަމަކޮށްފައެވެ.

އަދި ހއ، ހދ، އަދި ށ އަތޮޅުގެ ރަށްރަށަށް ފުރީ ޑެލިވަރީކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭއިރު އެނޫން އަތޮޅުތަކުގެ ރަށްރަށަށް ފޮނުވަން ޖެހޭ ވެހިކަލް މާލެއާއި ހަމައަށް ފުރީކޮށް ޑެލިވަރީކޮށްދިނުމުގެ އިންތިޒާމު ބެސްޓް ބަޑީއިން ހަމަޖައްސައިދެއެވެ.

"ބެސްޓް ބަޑީ" ގެ ޝޯރޫމް ހުންނަނީ ހދ.ކުޅުދުއްފުށީ އަމީނީ މަގު އިސްލާމިކް ބޭންކު ކުރިމަތީގައެވެ. ބެސްޓް ބަޑީއާއި ގުޅޭނެ ހޮޓްލައިން ނަންބަރަކީ 7521915، 9907010 އަދި ޓެކްނިކަލް މައްސަލަތަކުގައި ގުޅާނެ ނަމްބަރަކީ 7874657 އެވެ. ރަށުޕިކަޕަކަށް އޯޑަރު ޖަހާލަން ބެސްޓް ބަޑީ މީ ނަންބަރ ވަން އެވެ.