މިސްރުގެ ކުންފުންޏަކާއި އިޒްރޭލްގެ ކުންފުންޏަކާ ދެމެދު ގޭސް ސަޕްލައި ކުރުމުގެ 15 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިސްރުގެ ޑޮލްފިނަސް އާއި އިޒްރޭލްގެ ޑެލެކް ޑްރިލިން އާދެމެދުއެވެ.

އެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 10 އަހަރު ތެރޭ މިސްރުގެ ޑޮލްފިނަސް އިން ޑެލެކް ޑްރިލިން އާއި އެ ކުންފުނީގެ އެމެރިކާގެ ޕާޓްނަރު ނޯބްލް އަތުން 64 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް ގަންނާނެ އެވެ. ޑެލެކް ޑްރިލިންގެ ސީއީއޯ ޔޮއްސި އަބޫ ވިދާޅުވީ ޑޮލްފިނަސްއާ އެކު ގާއިމްކުރި އެއްބަސްވުމުގެ ދަށުން މިސްރަކީ ހަކަތައިގެ ސަރަހައްދީ މަރުކަޒަކަށް ވާނެ ކަމަށެވެ. އަދި އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫވަނީ މިނިންމުމަށް ތާއީދުކޮށް މިއީ އިސްރާއީލަށް ގިނަ ގޮތްގޮތުން ފައިދާ ލިބޭނެ އެއްބަސް ވުމެއް ކަމުގައި ބުނެފައެވެ.

އިޒްރޭލުން ދަނީ ފަލަސްތީނުގައި އެމީހުން ހިންގާ ލާއިންސާނީ ޢަމަލުތައް ފޮރުވުމަށް ގިނަ އިސްލާމީ ޤައުމު ތަކާއެކު ބޮޑަތި އެއްބަސްވުން ތަކުގައި ސޮއި ކުރަމުންނެވެ.