ކޮންމެ އީދަކާ ދިމާކޮށްވެސް ހަދިޔާ ބެހުމަކީ ދިވެހިންގެ ސަގާފަތާއި އާދަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ދުނިޔެ މިހާރު ދެކެމުން އަންނަ ހާލަތުގައި އީދު ހަދިޔާއަކަށް އެންމެ ރަނގަޅުވާނީ އެކަކު އަނެކަކާ ގުޅާލަދޭނެ ވަސީލަތެކެވެ. އެހެންކަމުން ސޮއްޓިބިޒް އިން ވިއްކާ ޒިއޯމީ ބްރޭންޑުގެ ރެޑްމީ ނޯޓް 10 އަކީ މިއަހަރުގެ އީދުގައި ކޮންމެ މީހަކަށް ވެސް ކަމުދާނެ ހަދިޔާއެއްކަން ޔަގީނެވެ.

ރެޑްމީ ނޯޓް 10އަކީ އަގުހެޔޮވެފައި އެހާމެ ރީތި އަދި ކޮލިޓީ ރަނގަޅު ފޯނެކެވެ. އެގޮތުން، އެ ފޯނު ތައްޔާރު ކުރާ ޒިއޯމީ ބްރޭންޑަކީ މިހާރު ދުނިޔޭގެ ފޯނު އުފައްދާ ކުންފުނިތަކުގެ ތެރޭގައި ފާހަގަ ކޮށްލެވޭ އެއް ކުންފުންޏެވެ. މި ފޯނަކީ އަތަށް ފަސޭހަ ވެފައި އެހާމެ ރީތި ޑިޒައިނަކަށް ތައްޔާރު ކޮށްފައިވާ ފޯނެކެވެ.

ސޮއްޓިބިޒް އިން ވަނީ އީދާ ދިމާކޮށް މި ފޯނުތައް ކުރިއަށްވުރެ އަގުހެޔޮ ކޮށްފައެވެ. މިހާރު އެ ފިހާރައިން ރެޑްމީ ނޯޓް 10ގެ 64 ޖީބީ އެންމެ 3،700 ރުފިޔާއަށް އަދި 128 ޖީބީއެންމެ 4،300 ރުފިޔާއަށް ލިބޭނެއެވެ. މިއީ މިވަގުތު ބާޒާރުގައި މި ފޯނުތައް ލިބެން ހުރި އެންމެ ހެޔޮ އަގެވެ.

ރެޑްމީ ނޯޓް 10ގެ ބައެއް ފީޗާތައް

ޑިސްޕްލޭ: 6.43 އިންޗި/ ކޯނިން ގޮރިއްލާ ގްލާސް 3

އޯއެސް: އެންޑްރޮއިޑް 11، އެމްއައިޔޫއައި 12

މެއިން ކެމެރާ: 48 މެގަޕިކްސެލް (ވައިޑް)، 8 މެގަޕިކްސެލް (އަލްޓްރާ ވައިޑް)، 2މެގަޕިކްސެލް (މެކްރޯ)، 2 މެގަޕިކްސެލް (ޑެޕްތު)

ސެލްފީ ކެމެރާ: 13 މެގަޕިކްސެލް

ބެޓަރީ: 5000 މިލިއެމްޕަވާ

އަގުތައް: 128 ޖީބީ/4،300ރ. ، 64 ޖީބީ/ 3،700ރ.

ސޮއްޓިބިޒް އިން ގަންނަ ފޯނުތަކަކީ 100 އިންސައްތަ އޮރިޖިނަލް ފޯނުތަކެކެވެ. އެހެންކަމުން ފޯނާއެކު ވޮރެންޓީ ވެސް ލިބޭނެއެވެ.

އެކި ރަށްރަށުގައި ތިބެގެންވެސް ސއްޓިބިޒް އިން ވިޔަފާރިކޮށްލެވޭނެއެވެ. އެ ފިހާރައިގެ ނަންބަރު 7449955އަށް ނުވަތަ 7750004އަށް ގުޅައިގެން ތަކެއްޗަށް އޯޑަރު ކުރެވޭއިރު ބުނާ ބޯޓަކަށް ޑެލިވަރީގެ ހިދުމަތް ވެސް ދޭނެއެވެ.

ސޮއްޓިބިޒް ހުންނާނީ ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތް ކުރިމަތީގައެވެ. އެ ފިހާރައިން އެކި ބްރޭންޑުތަކުގެ ފޯނުގެ އިތުރުން ފޯނު މަރާމާތު ކުރުމުގެ ހިދުމަތްވެސް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އީދު ހަދިޔާ ދޭންބޭނުން އެކަމަކު އެއްމެފުރަތަމަ ކުރަންޖެހޭކަމަކީ ފިތުރުޒަކާތްދެއްކުން އެވަރުވެސް ނުވެގެން މިއުޅެނީ ....