ބެންހޭމް އިންޓަނޭޝަނަލް އިން ވިއްކާ ފޮނި ކާތަކެތީގެ ތެރެއިން "ދިގު ޖެލީ" ގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ބެންހޭމް އިން ބޯގަޓް ބްރޭންޑްގެ ފޮނި ކާތަކެތި ރާއްޖެ ގެންނަން ފަށާފައިވާ އިރު، މިއީ ކުރު މުއްދަތެއްގެ ތެރޭގައި އާންމުންގެ ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ ބްރޭންޑެކެވެ. ދިވެހިންގެ ވަރަށް ގިނަ ބަޔަކަށް ވަނީ ބޯގަޓްގެ ބްރޭންޑް ކަމުގޮސްފައެވެ. އެހެންވެ، ބެންހޭމް އިން ގެންދަނީ ރައްޔިތުންނަށް އަގުހެޔޮކަމާއެކު، އެ ބްރޭންޑްގެ ތަކެތި ލިބޭނެ ގޮތް މަގުފަހި ކުރަމުންނެވެ.

ބެންހޭމް އިން މިފަަހަރު ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަނީ ދިގު ޖެލީ ގަންނަ މީހުންނަށް އަމާޒުކޮށެވެ. ދިގު ޖެލީ ކޭހެއް ބެންހަމް އިން ވިއްކަނީ 195ރ. އަށެވެ. ބެންހޭމް އިން ވިއްކާ ޖެލީ ކޭހުގެ 10 ކޭސް ނުވަތަ އެއަށް ވުރެ އިތުރަށް ގަންނަ ނަމަ، 10 އިންސައްތަ ޑިސްކައުންޓް ލިބޭނެއެވެ.

އެ ކުންފުނިން ވިއްކަމުން އަންނަ އެކައްޗަކީ ބޯގަޓް ލޮލީޕޮޕް ފޮއްޓެވެ. ކޮންމެ ފޮއްޓެއްގައި 100 ލޮލީޕޮޕް ހިމެނޭއިރު، މީގެތެރޭގައި ސްކެއަރީ ޗެރީ، ފްރޫޓީ ޕާޓީ، ފަޒީ ކޯލާ، އަދި ކްރޭޒީ ބްލޫބެރީ ހިމެނެއެވެ.

ބެންހޭމް އިން ވަނީ ލޮލީޕޮޕްގެ އާ ވައްތަރުތަކެއް ތައާރަފްކޮށްފައެވެ. އަލަށް ތައާރަފް ކުރި ލޮލީޕޮޕްގެ ތެރޭގައި "މޫ ސްޓޯބެރީ އެންޑް ޗޮކްލެޓް"، "ސޯ ވޯޓާމެލަން،" އަދި "ސޯ ޗެރީ" އެވެ. މޫ ސްޓޯބެރީ އެންޑް ޗޮކްލެޓަކީ ކިރު އެކުލެވޭ ވަރަށް މީރު ލޮލީޕޮޕެކެވެ.

އޭގެ އިތުރުން، "ފްރުޓީ ޕާޓީ"، "ކްރޭޒީ ބްލޫ ބެރީ،" "ފަޒީ ކޯލާ"، "ސްކޭރީ ޗެރީ" "ސްކޭރީ ޗެރީ" ގެ ފްލޭވަ ހިމެނޭ ލޮލީޕޮޕް ވެސް ބެންހަމް އިން ދަނީ ވިއްކަމުންނެވެ.

ބެންހޭމް އިން ބޯގަޓް ލޮލީސް ވިއްކަމުން އަންނަނީ ކޭސްއެއް 480ރ. އަށެވެ. ބޯގާޓްސް ލޮލީ ފްލޭވާގެ "ހާޓްސް"، "ރެޑް ސްޓޯބެރީ"، ފަދަ ލޮލީސްއަކީ އާންމުންގެ މެދުގައި އެންމެ މަގުބޫލު ލޮލީއެވެ.

 

ރަމަޟާން މަހާ ދިމާކޮށް ބެންހޭމް އިން ވަނީ ހާއްސަ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފައެވެ. މި މަހުގެ 12 ގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަންގައި އަށް ލޮލީޕޮޕް ފޮއްޓަށް ވުރެ އިތުރަށް ގަންނަ ނަމަ، 7.5 އިންސައްތަ ޑިސްކައުންޓެއް ލިބޭނެއެވެ.

ބޯގަޓް ބްރޭންޑްގެ ތަކެތި އޯޑަރު ކުރަން ބޭނުން ނަމަ، 9806721 ނުވަތަ 7779493 އަށް ގުޅޭނެއެވެ.

މި ބްރޭންޑްގެ ފޮނި ކާތަކެއްޗަކީ މެދުއިރުމައްޗަށް އަދި މުޅި ދުނިޔެއަށް ވެސް ނަން ހިނގާ މަޝްހޫރު ތަކެއްޗެވެ.

ލޮލީ ޕޮޕްތަކުގެ އެންމެ ހާއްސަ ސިފަތަކުގެ ތެރޭގައި މީގެ އަގުގެ އިތުރުން މިއީ 3ޑީ ލޮލީ ޕޮޕަކަށްވުން ހިމެނެއެވެ. އެހެންކަމުން މިއިން ކޮންމެ ލޮލީ ޕޮޕެއްގެ ސިފަ ވެސް ވަރަށް ރީތި ވާނެއެވެ. ލޮލީޕޮޕްތައް ތައްޔާރު ކުރެވިފައި ވަނީ ކުޑަކުދިން ވަރަށް ގަޔާވާ ގޮތަށެވެ. މިލޮލީ ޕޮޕްތަކަކީ ކުޑަކުދިންގެ ޕާޓީތަކުގައި ވެސް ވަރަށް ބޮޑަށް ހިނގާ އެއްޗަކަށް ވަނީ ވެފައެވެ.

ބެންހޭމްގެ އަމާޒަކީ މިހާރު ރާއްޖޭގެ ކޮންމެ އަތޮޅަކުން އަދި ކޮންމެ ރަށަކުން އެކުންފުނީގެ އެޖެންޓުންގެ ގޮތުގައި ބޯގަޓް ބްރޭންޑްގެ އުފެއްދުންތައް ވިއްކާނެ ވިޔަފާރިވެރިން ހޯދުމެވެ. އެކަމަށް ފުރަތަމަ ކުރިމަތިލާ ވިޔަފާރިވެރިންނަށް އިސްކަންދޭނެ ކަމަށް ބެންހަމް އިން ބުނެއެވެ. ބެންހަމްގެ އެޖެންޓުންނަށްވުމަށް ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ 7779493 ނުވަތަ 9806721 އަށެވެ.

ބޯގަޓް ބްރޭންޑްގެ އިތުރު މައުލޫމާތު ފޭސްބުކް ޕޭޖްް މެދުވެރިކޮށް ލިބޭނެއެވެ. އަދި ވައިބަ ކޮމިއުނިޓީ ގްރޫޕަށް ވަންނަން ބޭނުން ނަމަ މި ލިންކަށް ފިއްތާލައިގެން ޖޮއިން ކުރެވޭނެއެވެ.