އީދު ހަދިޔާ ދިނުމަކީ ދިވެހިންގެ ސަގާފީއާދަކާދައިގެ ތެރެއިން ފެންނަ ރީތި އާދައެކެވެ. އާއިލާގެ މެންބަރުން، ރައްޓެހި ރަޙްމަތްތެރިންނަށްވެސް އީދު ހަދިޔާއެއްގެ ގޮތުގައި ކޮންމެވެސް އެއްޗެއް ދިނުމަކީ މިހާރުވެސް ގެންގުޅެމުން އަންނަ ޒަމާނީ ސަޅި ޓްރެންޑެކެވެ. މިގޮތުން މިފަހަރު ޢީދަށް ޙާއްސަކޮށް މިވަނީ ނިއު އެޑިޝަނުން ހެޔޮއަގުގައި ގިނަ ތަފާތު ޢީދު ހަދިޔާ ޕެކްތަކެއް ތަޢާރަފްކޮށްފައެވެ.

ނިއު އެޑީޝަން ގިފްޓް ޕެކްތައް ތައްޔާރުކޮށްފައިވަނީ އާންމުކޮށް ގަންނަން ލިބެން ހުނަނާނެ އަގުން %50 އާއި ހަމައަށް ޑިސްކައުންޓް ލިބޭނެހެން އަގު ހެޔޮކޮށެވެ. މިހެންވުމާއެކު އީދު ޕެކްތައް ވާނީ މިދަނޑިވަޅުގައި ރައްޔިތުންނަށް ގަނެލަން ފަސޭހަވާނެ ހެޔޮ އަގުތަކެއްގައި ކަން ޚާއްޞަ ގޮތެއްގައި ނިއު އެޑިޝަނުން ފާހަގަކުރިއެވެ. ބްރޭންޑެޑް ކޮސްމެޓިކްސް އަދި ޕާފިއުމް ވިޔަފާރީގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ނިއު އެޑިޝަނުން ކޮންމެ ޢީދަކާ ދިމާކޮށް އީދު ހަދިޔާ ޕެކް ގޮތުގައި ތަފާތު ޕްރޮޑަކްޓްތައް ހިމެނޭ އަގުހެޔޮ ޕެކްތަކެއް ތައާރަފް ކުރެއެވެ.

Posted by New Edition on Tuesday, May 4, 2021

ނިއު އެޑިޝަނުން ޢީދަށް ހާއްސަކޮށްގެން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވަނީ ފޯމަސް ޕާފިއުމް ފްރާންސާއި ގުޅިގެން ޢީހު ހަދިޔާ ޕެކެއް ތަޢާރަފްކޮށްފައެވެ. މި ގިފްޓް ބޮކްސްގައި ފޯމަސް ސެންޓު ފުޅިއަކާއި ފްރާންސްގެ ޕްރިމިއަމް ޗޮކުލެޓްއް ކަމުގައިވާ ލިންޑްޓް އެކްސަލެންސް ޗޮކުލެޓެއްވެސް އިންނާނެއެވެ. އަދި މިފޮށްޓަކީ މެގްނެޓިކް ލައްޕާ ސީލްއެއް އިންނަ، ފަހުންވެސް އެހްން ކަންކަމަށް ބޭނުންކުރެވޭނޭހެން ތައްޔާރުކޮށްފައިވާ ގިފްޓް ބޮކްސްއެކެވެ.

ދެޖިންސަށް ޚާއްޞަކޮށް ނިއު އެޑިޝަނުން ތައާރަފްކޮށްފައިވާ ޕެކްތަކުގައި މަޤްބޫލު ސެންޓްތަކުގެ މީރުވަސް ވަނީ ހިމަނާފައެވެ. ނިއު އެޑިޝަނުން މައުލޫމާތު ދޭ ގޮތުގައި މިޕެކްތައް ތައްޔާރުކޮށްފައިވަނީ ކަސްޓަމަރުންގެ މެދުގައި އެންމެ މަޤްބޫލު ހޮވުން ތައް ހިމަނައިގެން، ކަސްޓަމަރުންނަށް ޖީބަށް ލުއި، ތަފާތު އިހުސާސެއް މިއީދުގެ ތެރޭގައި ގެނެސް ދިނުމުގެ ގޮތުންނެވެ. މިޕެކްތަކުގައި މަޤްބޫލު ސެންޓުތަކާއި، ބޮޑީސްޕްރޭ، މިސްޓު އަދި ދިވެހިންތެރޭ މަޤުބޫލު ވަސްތައްވެސް ވަނީ ހިމަނާފައެވެ.

ނިއު އެޑިޝަންއަކީ ރާއްޖެއަށް އިންޓަނޭޝަނަލް ކޮލެޓީ އެތައް ޕްރޮޑަކްޓްތަކެއް ގެނެސްދެމުން އަންނަ ބައެކެވެ. އެގޮތުން ނޯޓް ކޮސްމެޓިކްސް، ލޭޔާ ޝޮޓް، ކަންޓޫ،ބާތް އެންޑް ބޮޑީ އަދި ލިލީޑޯ ޕެރިސް ފަދަ މަޝްހޫރު ޕްރޮޑަކްޓްސްތައް ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެއް ބަޔަކީ ނިއު އެޑިޝަންއެވެ.

ނިއު އެޑިޝަނުން މައުލޫމާތުދޭ ގޮތުގައި ޢީދު ގިފްޓް ޕެކްއަށް އޯޑަރުދެއްވުމަށް 9972727 އަދި 7483120 ގުޅާލުމުން ނުވަތަ ވައިބާރ މެދުވެރިކޮށް އޯޑަރު ކޮށްލުމުން ގެއަށް ޑެލިވަރީ ކޮށްދޭނެއެވެ. އަދި އޮންލައިން ޓްރާންސްފާއިން ފައިސާ ދައްކާލެވޭނެއެވެ. އަދި ނިއުއެޑިޝަން އަށް ޒިޔާރަތްކޮށްލައިގެން ބޭނުންވާ ވަހެއް ބައަލަވާލުމަށްފަހުވެސް ބައަލަވައިގަނެވޭނެއެވެ. ނިއު އެޑިޝަން ހުންނާނީ އޮލިމްޕަސް ކުރިމަތީ މަގުން ގޮސް ނިމޭއިރު، ގަލޮޅު ސަހަރާ ކަންމައްޗަށްވާގޮތަށެވެ.