ދަތްތަކުގެ ރީތިކަމަކީ ޒީނަތްތެރިކަމާއި ވެސް ގުޅިފައި އޮންނަ ކަމެކެވެ. ހަމަ އެހެންމެ ދަތްތައް ހުދުވެފައި ސާފުވުމަކީ އެކަމެއްގެ ސަބަބުން ތިމާގެ ސާފުތާހިރުކަން ވެސް ހާމަވެގެންދާނެ ކަމެކެވެ. ނަމަވެސް ދިމާވާ ބައެއް ކަންކަމުގެ ސަބަބުން ވަރަށް ގިނަ ފަހަރަށް، އެ ރީތިކަން ގެއްލިދާން މެދުވެރިވެއެވެ. މިގޮތަށް ދިމާވުމުން، ދަތްތައް އަލުން ރީތި ކުރުމަކީ ފަސޭހަ ކަމަކަށްވެސް ނުވެއެވެ.

ބައެއް ކަހަލަ ފަރުވާ ހޯދުމުންނާއި، ދަތްތަކަށް ގެއްލުން ލިބޭ ތަކެތީގެ ސަބަބުން، އެންމެ ބޭރުގައި ހުންނަ އޮމާން ފަށަލައަށް ގެއްލުން ލިބުމަކީ ދަތްތައް އަވަހަށް ހަޑިވާން ދިމާވާ އެއް ސަބަބެވެ. މިގޮތަށް ދިމާވުމުން އެއްޗެއް ކާލާއިރަށް ނުވަތަ ޖޫހެއް ބޯލުމުން ވެސް ދަތްތަކުގެ ކުލަ ބަދަލުވެ ރަތްވާން ދިމާވެއެވެ. އެހެންކަމުން އެކަން ފާޅުވިޔަ ނުދީ، އިތުރަށް ދަތްތައް ހަޑިވިޔަ ނުދިނުމަށް ކުރެވޭނެ މާބޮޑު ކަމެއް ނޯވެއެވެ.

ދަތްތަކުގެ ބޭރު ފަށަލައަށް ގެއްލުން ލިބިފައިވުމާއެކު ދަތްތަކުގެ ހުދުކަން ގެއްލިދިއުމަށް އޮތް ހައްލަކީ، ލިބިފައިވާ ގެއްލުންތަކަށް ފަރުވާ ލިބޭ ގުދުރަތީ ފަރުވާއެއް ހޯދުމެވެ. އަދި އާދަކޮށް ކޮންމެ މަހަކު އެއްފަހަރު ނުވަތަ އެއަށްވުރެވެސް ގިނައިން ކްލިނިކްތަކުން ދަތް ސާފު ކުރުމަކީވެސް ގެއްލުން ލިބިދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ދަތްތަކަށް ފަރުވާ ކުރުމަށް، ތަފާތު އެކި އާލާތްތައް ބޭނުންކުރުމާއި، ކެމިކަލާއި އެނޫންވެސް ގެއްލުންހުރި މާއްދާތައް އެކުލެވޭ އުފެއްދުންތައް ބޭނުން ކުރުމަކީ އެކަމުގެ ސަބަބުން ދަތްތަކުގެ ރީތިކަން ދާއިމަށް ގެއްލިދާނެ ކަމެކެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން، ދަތްތައް ހަޑިވާން މެދުވެރިކުރާ ކަންކަން ހައްލު ކުރުމަކީ ކުރެވޭނެ ކަމަކަށް ނުވެ، އުންމީދު ގެއްލެން ދިމާވެއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ، މަޤުބޫލު އެތައް އުފެއްދުމެއް ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުންދާ "ލިބޭ އޮންލައިން" އިން މިވަނީ ދިވެހިންނަށް މިކަމުގެ ޙައްލު ހޯދައިދީފައެވެ. މިގޮތުން އެފަރާތުން ވިއްކާ މަޝްހޫރު "ސްޕާކަލް" ބްރޭންޑުގެ "ސްޕާކަލް - ފްރެޝް ވައިޓް ޓޫތްޕޭސްޓް" ދަތްއުނގުޅާ ބޭހަކީ ދަތްތައް ހަޑިވާން މެދުވެރިވާ ކަންކަމަށް ފަރުވާކޮށް، ދަތްތައް ހުދުކޮށްލުމަށް އޮތް އިތުބާރު ޙައްލެކެވެ.

ދަތްތަކާއި ހިރުގަނޑަށް ފައިދާކުރަނިވި ގުދުރަތީ ބާވަތްތައް އެކުލެވޭހެން އުފައްދާފައިވާ މި ބޭހަކީ، ޕެޕާމިންޓާއި ވިޓަމިން ސީ އަދި ކަރަންފުލުން އަމުނާލެވޭ ތެލުގެ އިތުރުން އެނޫންވެސް ފައިދާކުރަނިވި ތަކެތި ބޭނުންކޮށްގެން އުފައްދާފައިވާ މޮޅު ބޭހެކެވެ. މި ބޭސް ބޭނުން ކުރުމުން ދަތްތައް ހުދުކޮށްދީ، ބޭރުފަށަލައަށް ލިބިފައިވާ ގެއްލުމަށް ފަރުވާކޮށްދިނުމާއެކު އަނގައިން ނުބައިވަސް ދުވާ މައްސަލަވެސް ޙައްލުކޮށްދެއެވެ.

މި ބްރޭންޑުގެ އެންމެ ޚާއްސަ އެއްކަމަކީ އޭގައި ހިމެނޭ ވައިޓް ސޯޑިއަމް ޓްރިޕޮސްފޭޓް ނަމަކަށް ކިޔާ މާއްދާއެވެ. އެ މާއްދާއަކީ ދަތްތަކުގައި ހަރުލައި އަށަގެންފައި ޖަރާސީމުތައް ނައްތާލަން މަސައްކަތް ކުރާ މާއްދާއެކެވެ. އެހެންކަމުން ދަތްތަކުގެ ރީތިކަން ގެއްލުވާލާ ޖަރާސީމުތަކުގެ ސަބަބުން ދަތްތަކަށް ލިބިދާނެ ދާއިމީ ގެއްލުމަކުން ދުރުކޮށްދިނުމަށް "ސްޕާކަލް" އެހީއަކަށް ވެއެވެ. މީގެ އިތުރުން "ސްޕާކަލް - ފްރެޝް ވައިޓް ޓޫތްޕޭސްޓް" އަކީ ދަތްތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ވެސް މަގުފަހިކޮށްދޭ މޮޅު ބޭހެކެވެ.

ދަތްތައް ހަޑިވެ ދަތުގެ ހުދުކަން ގެއްލިފައިވާ ފަރާތްތަކުން މި ބޭސް ބޭނުން ކުރަން ފަށާތާ ކުރު މުއްދަތެއްގެ ތެރޭގައި އާދަޔާ ޚިލާފު ބަދަލެއް ފެނިގެން ދެއެވެ. އަދި ޤަވާއިދުން މި ބޭސް ބޭނުން ކުރަން ފެށުމުން ހިތްހަމަޖެހޭ ފަދަ ހިތްގައިމު ބަދަލުތަކެއް ފެނިގެންދެއެވެ. ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހީނުކުރާ ފަދަ ބަދަލުތަކެއް ދަތްތަކަށް މި ބޭސް ބޭނުން ކުރުމުން އާދެއެވެ. އަދި ދަތުގެ ހުދުކަން އިތުރުކޮށްދީ، ދަތްތައް ޗާލުކޮށްދެއެވެ.

"ސްޕާކަލް - ފްރެޝް ޓްރިޕްލް ވައިޓް" ބޭނުން ކުރުމުން ނަތީޖާ އަވަހަށް ފެނުމަކީ އެ ބޭސް ބޭނުން ކުރާ ފަރާތްތަކަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އެ ބްރޭންޑް ބޭނުން ކުރަން ފަށާތާ، އެއް ދުވަހާއި ހަތް ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި، ބޭނުންވާ މިންވަރަށް ދަތްތައް ހުދުކޮށްލުމުގެ ޤާބިލްކަން ލިބިފައިވެއެވެ.

ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު މި ބޭސް ބޭނުންކޮށްގެން ދަތް އުނގުޅުމަށް ތަޖުރިބާކާރުން ލަފާދެއެވެ. ބޭނުން ނަމަ އެހެން ވަގުތުތަކުގައިވެސް ދަތް އުނގުޅާއިރު މި ބޭސް ބޭނުންކުރުން އެދެވިގެން ވެއެވެ. މީގެ އިތުރުން ހެނދުނު ހޭލުމަށްފަހު އާއި ރޭގަނޑު ނިދުމުގެ ކުރީން އާދަކޮށް މި ބޭހުން ދަތް އުނގުޅުމަކީ ވެސް ރަނގަޅު ގޮތެކެވެ.

"ސްޕާކަލް" ގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ "ލިބޭ އޮންލައިން" އިން މި ބްރޭންޑުގެ "ސްޕާކަލް - ފްރެޝް ވައިޓް ޓޫތްޕޭސްޓް" ގެ ދެ ސައިޒެއް ވިއްކަމުން ދެއެވެ. މިގޮތުން މި ބޭހުގެ 100 ގްރާމް ފުޅިއެއް 100 ރުފިޔާއަށް ލިބެން ހުރިއިރު، 160 ގްރާމްގެ ފުޅިއެއް ވިއްކަމުން ދަނީ 125 ރުފިޔާއަށެވެ. "ލިބޭ" އިން އަންނަނީ މި އުފެއްދުން ހޯލްސޭލްކޮށްވެސް ވިއްކަމުންނެވެ.

މި ޕްރޮޑަކްޓް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް "ލިބޭ އޮންލައިން" އިން އެދެއެވެ. އަދި "ލިބޭ" ގެ ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން ވެސް އޯޑަރު ކުރެވޭނެ އެވެ. މި ޕްރޮޑަކްޓުތައް މާލެއިން ގަންނަ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.