ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު 19ރ. އަށް އަރައިފިއެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ ރޭޓަކީ 15:42ރ އެވެ. އަދި މާލޭގައި ހުންނަ ޑޮލަރު އެކްސްޗޭންޖުތަކުން 15.72ރ. ޑޮލަރު ގަނެއެވެ. އެކަމަކު، ކަޅު ބާޒާރުގައި މިހާރު ޑޮލަރެއްގެ އަގު ވަނީ 18.60ރ. އާއި 19ރ. އާ ދެމެދުގެ އަގުތަކެއްގައެވެ.

މިދިޔަ ޖުލައި މަހުގެ ކުރީކޮޅު، ކަޅު ބާޒާރުގައި މިހާރު ޑޮލަރެއްގެ އަގު ވަނީ 18ރ. އާއި 20ރ. އާ ދެމެދުގެ އަގުތަކަކަށް މައްޗަށް އަރައިފައެވެ. މިދިޔަ ފެބްރުއަރީ މަހު ޑޮލަރުގެ އަގު 16.50ރ. ވެއްޓިފައިވެއެވެ. މީގެ ހަފްތާއެއްގެ ކުރިން ޑޮލަރުގެ އަގު ހުރީ 17ރ ގައެވެ.

ރާއްޖޭގެ ވިޔަފާރިވެރިއަކު ބުނީ އަގު އަނެއްކާ ވެސް އުފުލެން ފެށީ މާކެޓުގައި ޑޮލަރަށް އޮތް ޑިމާންޑު ބޮޑުވެ، ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ވެސް މަދުވާން ފެށުމުން ކަމަށެވެ. މިހާރު އެވްރެޖުކޮށް ކޮންމެ ދުވަހަކު އަންނަނީ 2،000 އަށް ވުރެ ގިނަ ފަތުރުވެރިންނެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތިވުމާ އެކު، މުދަލުގެ އަގު ކުރިއަށް އޮތް ތަނުގައި މަތިވުން ގާތް ކަމަށް ވިޔަފާރިވެރިން ގަބޫލު ކުރެއެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތިވުމާ އެކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ކުރިން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އާއްމު ވިޔަފާރިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޑޮލަރު ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ވުރެ އިތުރަށް ބޭންކުތަކަށް ޑޮލަރު ދޫކުރަމުންދާ ކަމަށެވެ. އަލީ ހާޝިމް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖޭގެ ބޭންކިން ނިޒާމަށް ލިބެމުން ދިޔަ ޑޮލަރުގެ ސަޕްލައި ހުއްޓިފައިވީ ނަމަވެސް އެކި ސްޓްރެޓަޖީތައް ބޭނުންކޮށްގެން ޑޮލަރަށް އޮތް ޑިމާންޑާ އެއްވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަމުންދާކަމަށެވެ.

ރާއްޖޭގެ ޑޮލަރުގެ ސަޕްލައި ރަނގަޅުކުރަން މަރުކަޒީ ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ބޭންކް އޮފް އިންޑިއާއާ ދެމެދު ވެފައިވާ ކަރަންސީ ސްވަޕް އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރު 150 މިލިއަން ޑޮލަރު ހޯދިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ތަސްނީ

    މި ސަރުކާރު ފެއިލް...

    33
    6
    • ޢަހޮމަދު

      ކޮންސަރު ކާރެއްތޯ ފޭލްނުވަނީ. ބޭފުޅާ ތި އުޅުއްވަނީ ޗައިނާގާތޯ.

      2
      14
  2. މުދިންބެ

    މުއްސަދިން ޖެޓްތަކުގަޔާ އަދި ބިޒިނަސް ކުލާހުގަ އަންނައިރު ނަގުދުފައިސާ އެތެރެކޮއް ކަޅުބާޒާރުގަ މާރުކުރަނީ. ޑޮލަރު އެތެރެވަނީ ދައުލަތައް އެގިގެން ވީ.އައި.ޕީ ތެރެއިންލާފަ އަންނަމީހުން މިކަންކުރަނީ. ކަސްޓަމްއަށް ޑެކްލަރ ނުކޮއް. މީ ވަރަށް ސީރިއަސް މައްސަލައެއް. މިވެރިން އަންނަނީ ސަފާރީ އާއި ޔޮޓްތަކަށް.

  3. ރައްޔިތު މީހާ

    ސާބަސް ދިވެހި ޤައުމީ ބްލޫ އިޤްތިޞާދަށް! މަރްޚަބާ! މަރްޚަބާ!

    24
    2
  4. އިލްޔާސް ވަހީދު

    މިސަރުކާރުމީ ލާރިޗާޕުކުރާސަރުކާރެއް ޑޮލަރު ޗާޕުނުކުރެވޭނެ ނޫންތޯ އެހެންވީމަ ބޮޑުވާނެ ދެނޮމާގިނަދުވެހެނެއި މިކަންނިމެކައް ކެއްކޮލާނީ

    16
    1
  5. ޅަވިޔަނި

    އިޤްތިޞާދު ފަތު އަޑުކިޔާފާ މިހިރަ އަރާގެންދަނީ ހިންނަވަރާ ދިމާލަށާއިި ކެނެރީގެއާއި ދިމާލަށް. މި ޤައުމު ސުންނާފަތި ކުރަންވެރިކަމަށް އައިބަޔެއް ކުފޫ ހަމަ ނުވާބައެއްކަން ރައްޔިތުންނަށް ވރަށް ސާފު . އިސްތިއުފާ ދެއްވާ މިހާރުން މިހާރަށް ޞޯލިހު . އެމްޑީޕޫ އަކަށް މިކަމެއް ނުވާނެ! ލާދީނިއްޔަތު ނެގެހެއްޓޭނީ

    11
  6. މީ މަ

    12.85 އަށް ހުއްޓާ އަންނި އައިސް ބޮޑު ކުރީ.. އެކަމުން އަދިވެސް ސަލާމަތް ނުވެގެން މި އުޅެނީ. އަދިވެސް ވެރިކަމަށް ނާދެވިގެން އެއުޅެނީ.

    12
  7. މހމމ

    ކޮބާހޭ ގައުމައް ވަންނަހާ ޑޮލަރުތަ، އިބުރާހީމޫ ޫ ޫ ޫ..

    10
  8. އަބްދޫ

    މިހާލަތުގަ ރައްޔިތުންގެ ވިޔަފަރިތަކަށް ދުކުރަން ހުރި ޑޮލަރުގެ ރިޒާވް ކުރީގަ ކައި ހުސްކޮށްފި .ގައުމުގެ މަިހާރުގެ ހާލަތަށް ބަލާއިރު މިހާރު އަގު ހުންނަންޖެހެނީ 30 ގައި

    4
    1
  9. ...

    ޗަންޕާ އާއި ގާސިމަށް ދޯ ރަނގަޅުވާނީ...ރާއްޖޭގެ ޑޮލަރުގެ ކަޅުބާޒާރު ކޮންޓްރޯލް ކުރަނީ ގާސިމާއި ޗަންޕާ...ސަރުކާރުގެ އިހްމާލާއި ބޭއިންސާފު ވަރަށް ބޮޑު...

  10. އިބިލީސް

    ތޯ ބޮޑު އަގައެއް. މިދޭތެރެއިންވެސް ޑޮލަރި އަގު ތިރިވީ އެމްއެމްއޭ އިން ފިޔަވަޅު ތަކެއް އަޅައިގެނެއް ނޫން. މުޅި ޤައުމުގައި މޮޅެތި ޑިގްރީނަގައިގެން އައސްތިބި ހުސް ބޮލުރޮދިން. މެނޭޖްކުރުނުގެ އެއްވެސް ޤާބިލް ކަމެއްނެތް. އިނގެނީ ވައްކަންކުރަން އެކަނި

    11
  11. ޒާ

    ދިވެހިންގެ ބަޔަކު ބޯންއުޅުނު ބޮނޑިމިބޮވެނީ ރަނަގަޅަށް. ޢެމްޑީޕީއަށް ވެރިކަން ދޭ ކޮންމެ ފަހަރަކު މުޅި ސިސްޓަމް ފުނޑާލާ. މޮޅުފަށެއް ވެއްޖެދޯ

  12. ޖަޒީރާ 07

    ކަޅު ބާޒާރުގައި ޑޮލަރު ވިއްކުން ކޮންޓްރޯލް ކުރަން ބޭނުންނަމަ ޓޫރިޒަމް ސެކްޓަރ އިން ދައުލަތައް ދައްކާ ޓެކްސް ދިވެހި ރުފިޔާއިން ދައްކަން އޮތް އިތުން ނިމިމަކަށް ގެންނަންޖެހޭ.

  13. ކަޅުބިލެތް

    ސަރުކާރުގެ ހިކުމަތްތެތިކަމުން ޑޮލަރުގެ އަގު އުފުލިއްޖެ.