ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރުކުރާ "ލިބޭ އޮންލައިން' އިން، ދުނިޔޭގައި މަޝްހޫރު "ސެންޓިއޯ ޕިންކް ކޮލާޖަން" ބްރޭންޑުގެ ސްކިން ކެއާ ޕްރޮޑަކްޓުތައް ވިއްކަން ފަށައިފިއެވެ.

ގިނަ ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވަ "ލިބޭ" އަކީ ދިވެހިންނަށް ކަމުދާ އިތުބާރު ހުރި ގިނަ އުފެއްދުންތައް ރާއްޖެއަށް ތަޢާރަފްކުރަމުންދާ ކުންފުންޏެކެވެ. މިގޮތުން މިހާރު އެ ކުންފުނިން އަންނަނީ "ސެންޓިއޯ ޕިންކް ކޮލާޖަން" ގެ ހަތަރު ޕްރޮޑަކްޓެއް ވިއްކަމުންނެވެ.

"ލިބޭ" އިން ވިއްކަމުންދާ "ސެންޓިއޯ ޕިންކް ކޮލާޖަން" ގެ ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. ސެންޓިއޯ ރެޑިއެންޓް އެންޑް ފާމް އޮއިލް ކޮންޓްރޯލް ފޭޝަލް ސްކްރަބް

މި ސްކްރަބަކީ މޫނުގެ ހަންގަނޑަށް ޚާއްސަ ސްކްރަބެކެވެ. މިގޮތުން މޫނުގެ ހަންގަނޑު މާބޮޑަށް ތެޔޮވެފައި ހުންނަ މައްސަލައަށް މި ސްކްރަބުން ހައްލު ހޯދައިދެއެވެ. ނާޒުކު ހަންގަނޑަށް ފައިދާކުރާނެ ގުދުރަތީ ގިނަ ބާވަތްތައް އެކުލެވޭހެން އުފައްދާފައިވާ މި ފޭޝަލް ސްކްރަބަކީ ހަންގަނޑު ހިކިފައި ހުންނަ ހުރުމަށްވެސް އޮތް ޙައްލެކެވެ. އަދި ހަމައެއާއެކު ހަންގަނޑު ދުޅަހެޔޮކޮށްދީ އުމާނަކްނ އިތުރުކޮށްދިނުމުގައި ވެސް މުޙިންމު ދައުރެއް އަދާކުރެއެވެ.

އާދަކޮށް ކޮންމެ ދުވަހެއްގައިވެސް ބޭނުންކޮށްލެވޭ މި ސްކްރަބަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ނަތީޖާ ދައްކައިދޭ، ހުރިހާ ވައްތަރެއްގެ ހަންގަނޑަކާއިވެސް ގުޅޭގޮތަށް އުފައްދާފައިވާ ޕްރޮޑަކްޓެކެވެ.

މި ފޭޝަލް ސްކްރަބްގެ 120 ގްރާމް ފުޅިއެއް ލިބޭއިން ރީޓެއިލްކޮށް ވިއްކަމުން ދަނީ 120 ރުފިޔާއަށެވެ.

2. ސެންޓިއޯ ޕިންކް ކޮލާޖަން ރެޑިއެންޓް އެންޑް ފާމް ބޮޑީ އެސެންސް

ހަންގަނޑުގެ ތެރެއަށް ފަސޭހަކަމާއެކު ވަންނާނެހެން އުފައްދާފައިވާ މި ބޮޑީ އެސެންސަކީ، ހަންގަނޑު މަޑުކޮށްދީ ތާޒާކަން އިތުރުކޮށްދޭ އުފެއްދުމެކެވެ. ހަމަ އެހެންމެ ހަންގަނޑުގެ އޮމާންކަން އިތުރުކޮށްދީ ހަންގަނޑު ދޮންކޮށްލުމަށްވެސް މި އެސެންސް ބޭނުންކުރެވޭނެ އެވެ. ހަންގަނޑަށް ގެއްލުންވާ އެއްވެސް މާއްދާއެއް އެކުނުލެވޭހެން ތައްޔާރުކޮށްފައިވާ މި އެސެންސަކީ 100 އިންސައްތަ ގުދުރަތީ އުފެއްދުމެކެވެ.

ހަންގަނޑަށް ފައިދާކުރަނިވި ފަތްޕިލާވެއްޔާއި މޭވާގެ ބާވަތްތައް ބޭނުންކޮށްފައި ވެއެވެ. އެހެންކަމުން މިއީ ހުރިހާ ވައްތަރެއްގެ ހަންގަނޑަކާއިވެސް އެކަށީގެންވާ އުފެއްދުމެކެވެ.

މި ޕްރޮޑަކްޓުގެ 350 އެމްއެމްގެ ފުޅިއެއް "ލިބޭ" އިން ރީޓެއިލްކޮށް ވިއްކަނީ 180 ރުފިޔާއަށެވެ.

3. ސެންޓިއޯ ޕިންކް ކޮލާޖަން ރެޑިއެންޓް އެންޑް ފާމް ޝަވަރ ކްރީމް

މިއީ ހަންގަނޑު ދޮންކޮށް ދުޅަހެޔޮ ކުރަން އެދޭ ފަރާތްތަކަށް އޮތް އެންމެ އިތުބާރު އެއް ޙައްލެވެ. ހަންގަނޑަށް ފައިދާކުރަނިވި ގިނަ ބާވަތްތައް އެކުލެވޭނެހެން ތައްޔާރުކޮށްފައިވާ މި އުފެއްދުމަކީ، ސެންޓިއޯ ޕިންކް ކޮލާޖަންގެ ސްކިން ކެއާ އެހެން ޕްރޮޑަކްޓުތަކެކޭވެސް އެއްފަދައިން، ގެއްލުން ހުރި މާއްދާތައް އެއްވެސް ވަރަކަށް އެކުލެވިގެން ނުވާ، ގުދުރަތީ އުފެއްދުމެކެވެ.

މި ޝަވަރ ސެރަމް އާދަކޮށް ބޭނުންކުރަތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ފައިދާކުރަނިވި ނަތީޖާ ފެނިގެންދާއިރު، އޭގައި އެކުލެވޭ ބައިތަކުން ހަންގަނޑަށް އުޖާލާކަން ގެނެސްދީ އެގޮތުގައި ދަމަހައްޓައެވެ. މި ޝަވާ ކްރީމާއެކު ސެންޓިއޯ ޕިންކް ކޮލާޖަންގެ ބޮޑީ އެސެންސް ބޭނުންކުރުން އެދެވިގެން ވެއެވެ.

"ލިބޭ" އިން މި ޕްރޮޑަކްޓުގެ 350 އެމްއެލްގެ ފުޅިއެއް ރީޓެއިލްކޮށް ވިއްކަމުން ދަނީ 160 ރުފިޔާއަށެވެ.

ސެންޓިއޯ ޕިންކް ކޮލާޖަން ބްރޭންޑުގެ އިތުރުންވެސް ދުނިޔޭގައި މަޝްހޫރު ގިނަ ބްރޭންޑުތަކުގެ މޮޅު އުފެއްދުންތައް "ލިބޭ" އިން އަންނަނީ ވިއްކަމުންނެވެ. ދިވެހިންގެ ތެރޭގައި މަޤުބޫލު މި ޕްރޮޑަކްޓުތައް ގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ. އަދި "ލިބޭ" ގެ ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން ވެސް އޯޑަރު ކުރެވޭނެ އެވެ.

މި ޕްރޮޑަކްޓުތައް މާލެއިން ގަންނަ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.