ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް ފީޗަރ (ވީއޯޑީ) އަށް މުޅިން އާ މުނިފޫހިފުލުވުމާއި ދީނީ ކޮންޓެންޓް ތައާރަފުކޮށްފިއެވެ.

އާ ކޮންޓެންޓް ތަކުގެ ތެރޭގައި ބެލުންތެރިންގެ މަގުބޫލު ކަން ހޯދާފައިވާ މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަގެ ޓޯކްޝޯވ "އަޒޯނާ" ވެސް ހިމެނެޭ ކަަމަށާއި، މި ޝޯވ އަކީ މަޝްހޫރު ފިލްމީ ތަރިންނާއި، ލަވަކިޔުންތެރިން ގެނެސްގެން އެ މީހުންނާއި ގުޅޭގޮތުން މީގެ ކުރިން އަޑު ނީވޭ އެތައް ވާހަކައެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ޝޯވ އެއް ކަމަށް ދިރާގުން ވަނީ ހަމަކޮށްފައެވެ.

މީގެ އިތުރުން، "އިސްލާމީ ނޫރު" މި ނަމުގައި ދީނީ މައުލޫމާތު ފޯރުކޮށްދޭ ވަރަށް ހާއްސަ ޝޯވ އެއް ވެސް ހިމެނެއެވެ. މި ޝޯވ ގެނެސްދެއްވަނީ ރާއްޖޭގެ ދީނީ އިލްމުވެރިއެއް ކަމުގައިވާ ޝެއިޚް މުޙައްމަދު އައްލަމް ނަޢީމެވެ.

އަދި ހަމައެއާއެކު، މޭކަޕް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ރާއްޖޭގެ ހުނަރުވެރި މޭކަޕް އާޓިސްޓް، ރުތްބާގެ "މޭކަޕް ބައި ރުތްބާ" ޝޯވ އެއް ގެނެސްދޭނެެ ކަމަށާއި، މި ޝޯވ އަކީ މޭކަޕް ކުރުމުގައި ގެންގުޅޭނެ އުކުޅުތަކާއި ބޭނުން ކުރަން ޖެހޭ ތަފާތު އާލާތްތަކާ ބެހޭ މަޢުލޫމާތު ގެނެސްދޭ ޝޯވއެއް ކަމަށް ދިރާގުން ވަނީ ހާމަކޮށްފައެވެ.

ވީއޯޑީ އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލައިލުމުގެ ފުރުސަތު ލިބޭ ޒަމާނީ ފީޗާއެކެވެ. ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމް ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ ހޯމް ސްކްރީންގައިވާ "އޮން ޑިމާންޑް" ޖަހާފައިވާ ފިތުން އޮން ޑިމާންޑް ކޮންޓެންޓްތައް އިތުރު ހަރަދަކާ ނުލާ ބަލައިލެވޭނެ އެވެ. މީގެ އިތުރުން ދިރާގު ޕްލޭ އެޕުންވެސް ދިރާގު ޓީވީގެ ވީއޯޑީ ގެ ހުރިހާ ކޮންޓެންޓެއް އިތުރު ހަރަދަކާ ނުލާ ބަލާލެވޭނެއެވެ.

"ކުރިއަށް އޮތް ތާންގައި ވެސް ދިރާގު ޓީވީން ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީއޯޑީ އޮން ޑިމާންޑް މެދުވެރިކޮށް ހާއްސަ ފުރުސަތުތަކަށް މަގު ފަހިކޮށްދިނުމަށް ވަނީ ނިންމާފައިއެވެ." ދިރާގުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، މި ދުވަސްވަރަކީ ދިރާގު ޓީވީ އަށް ގުޅާލުމަށް ރަނުގެ ފުރުސަތެއް ހުޅުވާލާފައިވާ ދަނޑިވަޅެއްވެސް ކަމަށާއި މިހާރު ކުރިއަށް ދަމުންދާ ޚާއްސަ ޕޮރޮމޯޝަނެއްގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ހާމަކޮށްފައެވެ. މި ޕްރޮމޯޝަން މިމަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ލަކީ ޑްރޯއަކުން ހޮވޭ ނަސީބުވެރި 20 ފަރާތަކަށް 6 މަހުގެ މަހުފީ ހިލޭ ލިބޭނެއެވެ.

ދިރާގު ޓީވީގެ ޒަރިއްޔާއިން ބެލުންތެރިންނަށް އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެއެވެ. އެގޮތުން 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ޚިދުމަތެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯރޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައިފުޑް ނެޓްވޯރކް، ސްޓަރ ގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.

ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ %77 ގޭބިސީއަށް މިހާރު ދިރާގުޓީވީ ޚިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ. ދިރާގުން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށެވެ.