ޖުންޖުލާ ޕުރޮމޯ 2017ގެ ނަމުގައި އެމްޓީސީސީ ކަށަވަރުން ކުރިއަށް ގެންދިޔަ ޕޮރޮމޯޝަންގެ ނަސީބުވެރިފަރާތް ހޮވައިފިއެވެ. ނަސީބުވެރި ފަރާތް ހޮވީ މިއަދު ހެނދުނު  އެމްޓީސީސީ ކަށަވަރުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ.

ކުރެއްވި ކޮންމެ 5000 ރުފިޔާގެ ވިޔަފާރިޔަކަށް ކޫޕަނެއް ދޫކުރެވުނު މި ޕްރޮމޯޝަންގެ ބޮޑު އިނާމަކަށް 25 ހޯސްޕަވަރުގެ އަގުހުރި ސުޒުކީ އައުޓްބޯޑް އިންޖީނެއް  ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އަގުހުރި އިނާމުގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ހ.ދ ކުޅުދުއްފުށީ، ވިނަރެސް، އިބްރާހިމް ހަމްދޫންއެވެ.

ޖުންޖުލާ ޕްރޮމޯ 2017 އަކީ ސުޒުކީ އިންޖީނު، ޔަންމާ އޮއިލް އަދި ސްޕެއަރ ޕާޓްސްތަކަށް ހާއްސަކޮށްގެން ކުރިޔަށް ގެންދެވުނު ޕްރޮމޯޝަނެކެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށާއި އެގޮތުގެ މަތީން މިއަހަރުގެ ތެރޭގައިވެސް އެމްޓީސީސީ ކަށަވަރުން ވިއްކަމުންދާ ސްކޮޓް ބާޑާރ ބްރޭންޑްގެ ފައިބަރުކުރަން ބޭނުންކުރާ ސާމާނަށް ޙާއްސަކޮށްގެން ސްކޮޓް ބާޑާ ގަދަ ރެސިންގެ ނަމުގައި ވެސް ވަރަށް ޙާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނާއި ބައްދަލުކޮށް ކަސްޓަމަރުންނަށް ޓްރެއިނިންގ އަދި މައުލޫމާތު ދިނުމުގެ ހަރަކާތްތައް އަބަދުވެސް ރާވާ ހިންގަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

 

 

 

 

Comments are closed.