ހއ. ދިއްދޫން ދެ ކުކުޅު ގަނެގެން 500 މިލިލީޓަރުގެ ސެނެޓައިޒާ ފުޅިއެއް ލިބޭ ޕްރޮމޯޝަނެއް، "ލިބޭ" އިން ދިއްދޫގައި ފަށައިފިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ "ލިބޭ" އިން ކުރިޔަށްގެންދާ މި ޕްރޮމޯޝަނަކީ، ކުރިޔަށް އޮތް ބަރަކާތްތެރި ފިޠުރު ޢީދާއި ދިމާކޮށް ކުރިޔަށްގެންދާ ޕްރޮމޯޝަނެކެވެ.

"ލިބޭ" އިން ބުނެފައިވާ ގޮތުން މި ޕްރޮމޯޝަން ކުރިޔަށް ގެންދިއުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ މިވަގުތު ދިއްދޫން ކޮވިޑް-19 ފެނި، ނުރައްކާ ބޮޑުވެފައިވާތީ މިރަށު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ހިންގާ ޕްރޮމޯޝަނެއް ކަމަށެވެ. ހަމައެއާއެކު ކުރިޔަށް އޮތް ފިޠުރު ޢީދާއި ދިމާކޮށް ގިނަ ބަޔަކު ކުކުޅުގެ ބާވަތްތައް ބޭނުންކުރާނެތީ، ހެޔޮއަގުގައި ދިއްދޫން ކުކުޅު ލިބޭނެ މަގު ފަހިކޮށްދިނުމަކީވެސް މި ޕްރޮމޯޝަންގެ މަޤްސަދެއް ކަމަށް "ލިބޭ" އިން ބުނެފައި ވެއެވެ.

'ކޮވިޑް-19 ގައި ދިއްދޫ މިވަގުތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި. ބަލީގެ ގިނަ ކޭސްތައް ފެނި ރައްޔިތުންގެ ހިތްތަކުގައި ވަނީ ނުތަނަވަސްކަން އުފެދިފައި. އެހެންވެ އަޅުގަނޑުމެން މި ޢީދާއި ދިމާކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި، ދެ ކުކުޅު ގަންނަ ކޮންމެ ކަސްޓަމަރަކަށް 500 އެމްއެލް ސެނިޓައިޒާ ފުޅިއެއް މި ދެނީ. މި ޕްރޮމޯޝަންގެ ދަށުން، އޯޑަރުކުރާ ފަރާތްތައް އެދޭނަމަ ގޭގެއަށާއި ފިހާރަތައް އަދި ރެސްޓޯރެންޓުތަކަށް ވެސް ހިލޭ ޑެލިވެރީ ކޮށްދޭނަން،" ލިބޭ އިން ބުންޏެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކުކުޅު ގަންނަން ބޭނުންވާ ފަރާތްތަކުން "ލިބޭ - 03" ގެ ފޯން ނަމްބަރު 7803003 އަށް ގުޅައިގެން އޯޑަރު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިވަގުތު ދިއްދޫން އެންމެ ހެޔޮ އަގުގައި ކުކުޅުގެ ބާވަތްތައް ލިބެން ހުރީވެސް "ލިބޭ" އިންނެވެ. އެފަރާތުން އަންނަނީ ކުކުޅުގެ އިތުރުން، ބޯންލެސް ޗިކަން ބްރެސްޓް، ޗިކަން ޑްރަމްސްޓިކް އަދި ގިޒާޑް (ކުރަނޑި) އާއި ސޮސެޖްވެސް ހެޔޮ އަގުގައި ވިއްކަމުންނެވެ.

"ލިބޭ" އިން އަންނަނީ ދިއްދޫން ހެޔޮއަގުގައި ކާބޯތަކެއްޗާއި ޢާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ ސާމަނު ހެޔޮ އަގުގައި އެއްތަނަކުން ލިބޭ ފިހާރައެއްވެސް ހުޅުވުމަށް ތައްޔާރުވަމުންނެވެ.

"ލިބޭ" ދުނިޔޭގައި ނަންހިނގާ ތަފާތު އެކި ވައްތަރުގެ ކޮލެޓީ ކޮމްސެޓިކް ޕްރޮޑަކްޓުތައް ރާއްޖެ އެތެރެކޮށް ހޯލްސޭލް ކުރަމުންދާ ކުންފުންޏެއްވެސް މެއެވެ.