އެސްޓީއޯ - ފޮޓޯ: ސަން

ޕްރޮމޯޝަންތައް ހިންގާކަމަށްބުނެ އޮޅުވާލައިގެން ފައިސާ އަތުލަމުންދާ މައްސަލަ ފެންމަތިވެ އެކަމަށް ސަމާލުވުމަށް އެސްޓީއޯ އިން އެދިއްޖެއެވެ.

އެސްޓީއޯ އިން ނެރެނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ނަމުގައި އާންމުންގެ ފޯން ނަންބަރުތަކަށް ގުޅައި، ޕްރޮމޯޝަންގައި ބައިވެރިވުމަށްކަމަށްބުނެ ވަކި ނަންބަރަކަށް ރީލޯޑް، ނުވަތަ ރާސްޓަސް ފޮނުވަން އަންގާކަމަށާއި، އެހެން ނަމަވެސް އެފަދަ ޕްރޮމޯޝަނެއް އެސްޓީއޯ އިން ކުރިއަށް ނުގެންދާ ކަމަށެވެ.

އެހެންކަމުން އާންމު ފަރާތަކަށް އަންނަ މިފަދަ ފޯން ކޯލްތަކަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ ކުރިންވެސް އެކި ކުންފުނިތަކުގެ ނަމުގައި އޮޅުވާލައިގެން ބޮޑެތި އަދަދުތަކަށް ފައިސާ ހޯދަމުން ދާ މައްސަލަތަކެއް ފެންމަތިވެ އާންމުން ސަމާލުވުމަށް ފުލުހުންނާއި، އެ ކުންފުނިތަކުން ވަނީ އަންގާފައެވެ.

ADS BY ASTERS

4 ކޮމެންޓް

  1. ތިކަންތައް ހިންގަނީމާފުށީ ޖަލާ ދޫނިދޫ ޖަލުން. ޖަލަށް ފޯނުރޭންޖް ކަނޑާލަނިކޮށް ތިކަން ހުއްޓިދާނެ.

  2. އުރީދޫ އިންވެސް ގޯ ޖަހާފަ ނުބައި ޝޯރޓް ކޯޑަކަށް އެސްއެމްއެސް އެއް ކުރެވުނަސް 7 ރުފިޔާ ކާލާ އެބަ. މިވަރު ކަޑަ.

  3. މީހަކު ފޯނު ކޮށްލާފައި ނުވަތަ އެނޫން ގޮތަކަށްވެސް ބުނާހާ ކަމެއް ކުރަންވެއްޖެނަމަ ދެން މިޒަމާނުގައި ފޭރާން ލައިގެން މީހުންގެ ތެރޭގައި އުޅުމުގެ ބޭނުމެއްނެތް.

  4. މީހުންގެ ނަމުގަ ކުންފުނިތަކުގެ ނަމުގަ ، އޮޅޅުވާލައިގެން ފައިސާނެގީމަ ގޯސް ! އެކި އެކި ޚިދުމަތުގެ ނަމުގަ ރައްޔިތުން ފެލާލިއަސް ހަމަ ރަގަޅު ! ވަރިހަމަ ޚިދުމަތް ނުދިނަސް ! މީ ފިސާރި ޒަމާނެއް ! އެމީހަކަށް ކެވުނު ގޮތަކަށް ކައި ނަގާ ! ހަރާމެއް ހަލާލެއް ބަލާނެކަމެއް ނެތް !