މިއަދު ރާއްޖެއަށް ޖެއްސި އެއާ އޭޝިއާގެ ފުރަތަމަ ފްލައިޓު - ފޮޓޯ: އެމްއޭސީއެލް

ތައި އެއާ އޭޝިއާއިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

ތައި އެއާ އޭޝިއާގެ ފުރަތަމަ ފްލައިޓް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފައިވާއިރު ތައިލެންޑާއި ރާއްޖެއާއި ދެމެދު ކޮންމެ ދުވަހަކު ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު ހެނދުނު 11:15 ގައި މި ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސީ 170 ފަސިންޖަރުންނާއި އެކީގައެވެ. އެ އެއާލައިނަށް އެއާޕޯޓުން ވަނީ މަރުހަބާ ކިޔައިފަ އެވެ. މި ފްލައިޓަކީ އެއާބަސް  އޭ320 މަރުކާގެ ބޯޓެކެވެ. ތައި އެއާ އޭޝިއާއިން ރާއްޖެއާ ތައިލެންޑާ ދެމެދު، ދުވާލަކު އެއް ފްލައިޓު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއާލައިނުން ސީދާ ދަތުރުތަށް ފެށުމާއެކު ރާއްޖެއާ ތައިލެންޑާ ދެމެދު ދަތުރުކުރާ އެއާލައިންތަކުގެ އަދަދު މިވަނީ ތިނަކަށް އަރާފައެވެ. އެއީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނާއި، ބެންގްކޮކް އެއާވޭޒް ހިމަނައިގެންނެވެ. ތައި އެއާ އޭޝިއާއިން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ބެންގްކޮކްގެ ކުރީގެ މައި އެއާޕޯޓު، ޑޮން މުއާންގް އެއާޕޯޓަށެވެ.

ADS BY THE PIZZA MANIA

ތައިލެންޑަކީ ޗުއްޓީއަށާއި ބޭސްފަރުވާއަށް އަދި ބާޒާރުކުރުމަށް ދިވެހީންގެ މެދުގައި މަގުބޫލު މަންޒިލެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ތައިލެންޑުގެ ބެންކޮކަކީ ގިނަ އަދަދަކަށް ދިވެހިން ދަތުރު ކުރާ އެއް މަންޒިލެކެވެ.

1 ކޮމެންޓް

  1. ޓިކެޓް އަގު ހިމަނާލިނަމަ ވަކިން ފުރިހަމަވީސް