މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަންގެ ފްލައިޓެއް

މޯލްޑިވިއަންއަށް 303 މީހުންގެ ޖާގައިގެ ބޯޓެއް ގެނައުމަށް ނިންމާފައިވާ ކަމަށް އެމްއާރްޑީސީގެ ޗެއާމަން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ޕީޕީއެމްއިން ކުރިއަށްގެންދާ އިވެންޓެއްގައި ވާހަކަދައްކަމުން ލަތީފް ވިދާޅުވީ މިއަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުގެ ކުރިން 303 މީހުންގެ ޖާގައިގެ މަތިންދާ ބޯޓެއް މޯލްޑިވިއަންއަށް ގެންނާނެ ކަމަށެވެ.

ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު  އައިލޭންޑް އޭވިއޭޝަންގައި އޮތީ ހަތް ބޯޓު ކަމަށާއި އެއީ ރައީސް މައުމޫންގެ ވެރިކަން ނިމުނުއިރު އޮތް ފަސް ބޯޓާއި ރައީސް ވަހީދުގެ ވެރިކަމުގައި ގެނައި ދެ ބޯޓާއެކު ކަމަށް ލަތީފް ވިދާޅުވިއެވެ. އަދި މިހާރު އައިލޭންޑް އޭވިއޭޝަންގައި 21 ބޯޓު އޮތްކަން ލަތީފް ފާހަގަކުރެއްވިއެވެ.

އަދި މިއަހަރު ނިމޭއިރު އިތުރު ހަތަރު ބޯޓު ގެނެސް އެ އަދަދު 25 އަށް އަރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު މޫދަށް ޖައްސާ އެންމެ ބޯޓެއް ވެސް ނެތްއިރު މިހާރު 10 ބޯޓު އޮތްކަން ވެސް ލަތީފް ފާހަގަކުރެއްވިއެވެ.

"ފަނާކުރަނިވި ތިން އަހަރުގައި އެންމެ ބޯޓެއް ވެސް ނުގެނެވޭ. މިހާރުވެސް އަދަދު ބައްލަވާ. މިއީ ނޫންތޯ ތަރައްގީއަކީ" ލަތީފް ވިދާޅުވިއެވެ.

ޕީޕީއެމްއިން މިއަދު އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

 

ADS BY ASTERS

4 ކޮމެންޓް

  1. މަނިކުފާނުވެސް މަނިކުފާނާ އެކަށީގެންވާ ވާހަކަތައް ދެއްކުން ބުއްދިވެރި. އެހެންނޫނީ މަނިކުފާނުވެސް ރައްޔިތުން ނުކުމެ އޮރިޔާން ކޮއްފާނެ.

  2. ލަތިފް އަކީ ހަމަޖެހޭމީހެއްބާއެވެ ދުނިޔޭގަ ވިޔަފާރިހިގަނީ އާމުންގެއިއްސާވެސްއޮވެގެން އަބަދުވެސް ޔާނީން ކޮނާހޭޔާމީން ރައްޔިތަކަންދިންއެއްޗަކީ ޤާސިމްކޮންދީފަހުރިކަންތައްވަރަންގިނައެވެ

  3. ރާއްޖެއަށް ތަރައްގީ ގެންނަނީ ހިލޭ ސާބަހަކަށް ނޫން އައްޔާ. ހާދަ ގަމާރުވެގެން ތިޔަ އުޅެނީ.

  4. ބަލަ ލަތީފޫ ރައްޔިތުން އަތުން އެވަރައް ފައިސައި އަތުލައޭ ބިލް ތައް ބޮޑު ކޮއްލައިގެން 30 ބޯޓު ވެސް ގަނެވޭ ވަރައް ތިވަރު މަދޭ