ރާއްޖޭގެ މުވާސަލާތީ ހިދުމަތް ދޭ ކުންފުނިތަކުގެ ތެރެއިން ދިރާގަކީ ހަމަޔަގީނުންވެސް ދިވެހިންގެ ޑިޖިޓަލް ތަޖުރިބާއާ ގުޅި ލާމެހިފައިވާ ދިވެހިންގެ ކުންފުންޏެކެވެ. ރާއްޖޭގެ ފުރަތަމަ މުވާސަލާތީ ހިދުމަތް އެންމެ ފުޅާކޮށް، އެންމެ ފުރަތަމަ މި ހިދުމަތް ފެށި ދިރާގަކީ މި ރާއްޖެ ޑިޖިޓަލް ރާއްޖެއަކަށް ހެދުމަށްޓަކައި، އިސްނަގައިގެން ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ގެންދާ މިހާރު ރާއްޖޭގެ ހުރިހާ ހިދުމަތަކުގެ ބައިވެރިޔާ އެވެ.

ދިރާގުން ދިވެހިންގެ ކޮންމެ ހިދުމަތަކާއި ގުޅުވައިދިނީ އުފަލާ އެކުގައެވެ. ދިވެހިންނަށް އެ ވަގުތަކަށް ބޭނުންވާ، އެންމެ ފެންވަރު ރަނގަޅު ހިދުމަތް ދިނުމަށް އެންމެ ފުރަތަމަ އިސް ނަގަމުން އަންނަ އެއްކުންފުންޏެއްގެ ގޮތުގައި އަބަދުވެސް ދިރާގު ފާހަގަ ކުރަން ޖެހެއެވެ.

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ސޮސައިޓީ ޑޭ މިއަދު ދުނިޔެ އިން ފާހަގަ ކުރަމން ދާއިރު މިފަދަ ދުވަހެއްގައި ދިރާގުން ދިވެހިންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގައި ކޮށްދީފައިވާ ބުރަ މަސައްކަތް ހަނދާން އާކޮށްލުމަކީ ކުރަން ޖެހޭނެ ކަމެއްކަން ޔަގީނެވެ.

މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދިޔަ ދަނޑިވަޅުގައި އެކަކު އަނެކަކާއި ގުޅައިދިނުމުގެ އިތުރުން ލުއިފަސޭހަތަކެއް ފޯރުކޮށްދިން ކުންފުންޏަކީ ދިރާގެވެ. އަދި ސްކޫލްތައް ބަންދުކޮށް، އޮފީސްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވަދޭން ފެށީވެސް ދިރާގުގެ މުހިންމު ބައިވެރިވުމަކާއި އެކުގައެވެ. ރިމޯޓް އެޑިއުކޭޝަންއަށް ހާއްސަކޮށް ދިރާގުން އެޑިއު ޒޯން ތައާރަފު ކުރިއެވެ.

ދިރާގު މުވައްޒަފުންތަކެއް

މިހާ ހިސާބުން ނިމުނީއެއް ނޫނެވެ. މިފަދަ ދުވަސްވަރެއްގައި ޒުވާނުން ބިނާކޮށް ބާރުވެރި ކުރުމުގެ މުހިންމުކަން ދަނެގަނެ ދިރާގުން ވަނީ މެދު ކެނޑުމެއް ނެތި ސީއެސްއާރް ޕްރޮގްރާމްތައް ރިމޯޓްކޮށް ނަމަވެސް ހިންގާފައެވެ.

ޒުވާނުންނަށް ހާއްސަ ސީއެސްއާރް ޕްރޮގްރާމްތައް

ޒުވާނުންނަކީ ގައުމުގެ ކުރިމަގެވެ. ގައުމު ކުރިއެރުމަށް އެންމެ ބޮޑަށް ބޭނުން ވަނީ ޒުވާނުން ކުރިއަރުވާށެވެ. ދިރާގުންވެސް އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާ އެއް ކަމަކީ ޒުވާނުން ބާރުވެރިކުރުވުމެވެ.

ދިރާގުން އެންމެ ފަހުން ބޭއްވި ކޯޑިންގ ޕްރޮގްރާމްގެ ތެެރެއިން

ދިރާގުން ވަނީ މިދިޔަ އަހަރާއި މި އަހަރު ތެރޭގައި ޒުވާނުންނަށް ހާއްސަކޮށް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ގާލްސް ޓު ކޯޑް މިއީ ފާހަގަކޮށްލަން ޖެހޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އެކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގި ކޯހެކެވެ.

މީގެ އިތުރުން ދިރާގުގެ ސީއެސްއާރް ޕްރޮޖެކްޓްތަކުގެ ތެރެއިން ދިރާގާއި ރާއްޖޭގެ ޓެކް ކުންފުންޏެއް ކަމަށްވާ ސްޕާކް ހަބް ގުޅިގެން ދުނިޔޭގެ ފެންވަރުގެ ސްޓާޓްއަޕް ކޮމްޕެޓިޝަން އަދި ވޯކްޝޮޕްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދިރާގުން ބޭއްވި ޕްރޮގްރާމްގެ ތެެރެއިން

ދިރާގުން ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް ކުރި ދަތުރު!

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަންގެ މި އަހަރުގެ ތީމަކީ "އެސެލެރޭޓިންގް ޑިޖިޓަލް ޓްރާންސްފޯމޭޝަން އިން ޗެލެންޖިންގ ޓައިމްސް" އެވެ. މިދިޔަ އަހަރު ކޮވިޑްގެ ނުރައްކާ އެންމެ ބޮޑުވި ދުވަސްވަރު ދިވެހިން ގޭގައި ތިބެގެން ކަންކަންކޮށްދިނުމަށް ބޮޑު އެހީއެއް ވެދިން ކުންފުންޏަކީ ދިރާގެވެ.

މިދިޔަ އަހަރު ކޮވިޑްގެ ޕެންޑެމިކްގެ ސަބަބުން އާއްމުންގެ ދިރިއުޅުމުގައި އަދި ވިޔަފާރީގެ ހުރިހާ ދާއިރާއަކަށް ދިރާގުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ދިޔައެވެ. މިދިޔަ އަހަރު ކުރަން ޖެހުނު ތަޖުރިބާއާއިއެކު ހުރިހާ ދާއިރާއަކަށް ޑިޖިޓަލް ޓްރާންސްފޯމޭޝަންއަކީ މުހިންމު އެއްޗެއްކަން ވަނީ އެނގިގެން ގޮސްފައެވެ. އެހެންކަމުން ދިރާގުން ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަސައްކަތްތަކުގައި ވަމުންދާ އެހީތެރިކަމަކީ ފާހަގަކޮށްލަން ޖެހޭ ކަންކަމެކެވެ.

މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް ދިރާގުން ކުރެވުނު އެފަދަ މަސައްކަތްތަކަށް ބަލާއިރު، އެ ކުންފުނިން ވަނީ ނެޓްވޯކް ކަވަރޭޖް ވަރުގަދަކޮށްފައެވެ. އޭގެ ތެރޭގައި އެ ކުންފުނީގެ އެންމެ މަގުބޫލު ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖޭގެ %80 ގޭބިސީއާއި ހަމައަށް ވަނީ މިހާރު ފޯރާފައެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ހިދުމަތެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

އޭގެ އިތުރުން ދިރާގު ޓީވީ ހިދުމަތް ރާއްޖޭގެ %77 ގޭބިސީއަށް ފޯރުކޮށްދީފައިވާއިރު، ގިނަ އާ ޗެނަލްތައް ވަނީ ތައާރަފްކޮށްފައެވެ.

އަދި މީގެ އިތުރުން، ފާހަގަކޮށްލަން ޖެހޭ ކަމަކީ 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ދިރާގުން 5ޖީ ހިދުމަތް ފޯރުކޮށްދެމުންދާ ކަމެވެ.

ދިރާގުން ވަނީ ފާއިތުވިޔަ ދޮޅު އަހަރެއްހާ ތެރޭގައި ދިރާގުގެ ފިކްސް ބްރޯޑްބޭންޑްގެ ޕެކޭޖްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. އަދި ދިރާގުގެ ޕްރިޕެއިޑް ގެންގުޅޭ ފަރާތްތަކަށް އާ ޕެކޭޖްތަކެއް ތައާރަފްކޮށްފައި ވެއެވެ. އޭގެ ތެރޭގައި ޕްރިޕެއިޑް ކޮމްބޯ ޕްލޭންސް ހިމެނެއެވެ. އަދި ޕޯސްޓްޕެއިޑް އަށް ހާއްސަ ޕްލޭންތަކެއްވެސް ދިރާގުން ވަނީ ތައާރަފްކޮށްފައެވެ. އޭގެ ތެރޭގައި އަމިއްލަ ޕޯސްޓްޕެއިޑް މިއީ ދިރާގުގެ ކަސްޓަމަރުންނަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔަ ޕެކޭޖެކެވެ.

ފާއިތުވި ދޮޅު އަހަރު ތެރޭގައި ދިރާގުން ދިވެހިންނަށް ފޯރުކޮށްދިން މި ހިދުމަތްތަކީ އަގު ނުކުރެވޭނެހާ މުހިންމު އަދި ދިވެހިންނަށް އެތައް ގޮތަކުން ފައިދާވެގެން ދިޔަ ހިދުމަތްތަކެވެ.