ހއ.ދިއްދޫގައި މިއަދު ހުޅުވި "ލިބޭ-3" ފިހާރަ އިން ކުރާ ކޮންމެ 100 ރުފިޔާ އިން މަތީގެ ވިޔަފާރިއަކަށް ހިލޭ ސެނިޓައިޒާ ފުޅިއެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ރާއްޖޭގައި ފުޅާ ދާއިރާ އެއްގައި ވިޔަފާރި ކުރަމުން އަންނަ "ލިބޭ" އިން އެ ކުންފުނީގެ ފުރަތަމަ ފިހާރަ ދިއްދޫގައި ހުޅުވީ މިއަދު ހެނދުނެވެ.

”ލިބޭ“ގެ ފަރާތުން މައުލޫމާތު ދެމުން އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރ އަދި ހިއްސާދާރު ސައިފުﷲ އަހްމަދު ވިދާޅުވެފައި ވަނީ މިއަދު ފިހާރަ ހުޅުވީ ދެ ޕްރޮމޯޝަނަކާއި ވެސް އެކު ކަމަށެވެ.

”މިއަދާއި މާދަމާ މި ފިހާރަ އިން ކުރާ ކޮންމެ 100 ރުފިޔާ އިން މަތީގެ ވިޔަފާރިއަކަށް 500އެމްއެލްގެ ސެނިޓައިޒާ ފުޅިއެއް ހިލޭ ލިބިގެން ދާނެ. މީގެ އިތުރުން އޯގަސްޓް މަހުގެ 31ގެ ނިޔަލަަށް އޮންނާނެ ބޮޑު ޕްރޮމޯޝަނެއް. މީގަ 250 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރި އަކާއި އެކު ކޫޕަނެއް ލިބޭނެ އަދި ”ލިބޭ“ އިން ރާއްޖެ އެތެރެކުރާ ޕްރޮޑަކްޓެއް ގަތުމުން ވެސް ކޫޕަނެއް ލިބޭނެ. މި ޕްރޮމޯޝަނުން ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް އުމްރާ ދަތުރެއް ލިބިގެން ދާނެ“ ދިއްދޫ އަށް ނިސްބަތްވާ ސައިފުﷲ މައުލޫމާތު ދެއްވިއެވެ.

މި ބޮޑު ޕްރޮމޯޝަނުގެ ދަށުން 500ށް ރުފިޔާ އިން މަތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ހިލޭ އެއްކޮޅު ޓެކްސީ ދަތުރު ވެސް ލިބިގެންދާކަން ފާހަގަކޮށްލެވެއެވެ. ނިމިދިޔަ ފިތުރު އީދުގައި "ލިބޭ-3"ކުން ކުރިއަށް ގެންދިގަ ކުކުޅު ޕްރޮމޯޝަނަށް އާއްމުންގެ ފަރާތުން ބޮޑު ތަަރުހީބެއް ވަނީ ލިބިފައެވެ.

ލިބޭ އިން ރާއްޖެ އެތެރެކުރާ ޕްރޮޑަކްޓުތަކުގެ އިތުރުން އެއްތަނަކުން އެތައް މުދަލެއް ލިބޭހެން ހުޅުވި މި ފިހާރަ އިން ހިލޭ ޑެލިވަރީގެ ޙިދުމަތް ވެސް ދެމުން ގެންދާނެއެވެ. މި ފިހާރަ އިން ތަކެތި އޯޑަރު ކުރެއްވުމަަށް 7803003 ނަމްބަރު ފޯނަށް ގުޅާލެވޭނެއެވެ. އަދި ފިހާރައިގެ ހުރި ޕްރޮޑަކްޓައް ބަލައިލުމަށް ފިހާރައިގެ ވައިބާ ކޮމިއުނިޓީ އަށް ޖޮއިން ކޮއްލާށެވެ.

”އަޅުގަނޑުމެން ފިހާރައިގެ ހިދުމަތް ދޭން މި ފެށީ 700 އަށް ވުރެން ގިނަ ޕްރޮޑަކްޓާއި އެކު. ކުރިއަށް އޮތް ދުވަސްތަކުގައި މި އަދަދު ދާނީ ހަމަ އިތުރުވަމުން. ގިނަ ޕްރޮޑަކްޓުތަކެއް ވީހައިވެސް ހެޔޮ އަގެއްގައި ފޯރުކޮށްދިނުން އެއީ އަޅުގަނޑުމެންގެ އަމާޒަކީ“ ލިބޭގެ އޮޕަރޭޝަންސް މެނޭޖަރ މުހައްމަދު އަޒްހީމް އަޒީޒް ވިދާޅުވިއެވެ.

"ލިބޭ-3" ފިހާރަ ހުންނާނީ ރަށުގެ އުތުރު ކޮޅުން ފްލެޓުތަކަށް ދާން އޮންނަ ވަން-ވޭ މަގު(ރަބީއު ހިނގުން) ކޮޅުގައެވެ.

ދިއްދޫގައި ލިބޭގެ ފިހާރަ ހުޅުވާފައި ވާއިރު މާލެ އާއި އައްޑޫ ސިޓީގައި ވެސް މި ކުންފުނީގެ ފިހާރަތައް ގާއިމު ކުރުމުގެ މަސަައްކަތް ކުރިއަށް ދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަހޫ

    ބަރާބަރު🖒

  2. ދިއްދޫ ޢަލީ

    ދިއްދޫގެ ފިހާރަ ތަކަށް ވުރެ އަގު ހެޔޮކޮށް ތަކެތި ގަންނަން ލިބޭނަމަ ވަރަށް ހިތް ހަމަ ޖެހޭނެ.