ކުޅިވަރު ސާމާނަށް ހާއްސަކޮށްގެން ހުޅުވާފައިވާ އޮބިއޮން ފިހާރަ އިން ޓިކްޓޮކް އެކައުންޓެއް ހުޅުވައިފިއެވެ.

ދިވެހިންގެ އެތައް ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ އޮބިއޮން އިން އެންމެ ފަހުން އާންމުކޮށްފައި ވަނީ ރާއްޖޭގެ ޓިކްޓޮކް ތަރިންގެ ތެރެއިން ބޮޑު ސަމާލު ކަމެއް ލިބިފައިވާ ނިމްޝާ ޒާހިރް (ނިމް) ގެ ކުރު ވީޑިއޯގައެވެ. އެ ވީޑިއޯގައި ނިމްޝާ ބޭނުންކޮށްފައި ހުރި އެއްޗިއްސަކީ އޮބިއޮން އިން ލިބެން ހުރި އަންނައުނާއި ބޫޓު ފަދަ ތަކެއްޗެވެ.

އޮބިއޮން އިން ލިބެން ހުންނަ ތަކެތީގެ ތެރޭގައި ސްޕޯޓްސް ވެއާގެ އިތުރުން ސްވިމް ވެއާ، ސްޕޯޓްސް މޭޝިނާއި ވަސީލަތްތަކުގެ އިތުރުން އެހެނިހެން މުދާތައް ހިމެނެއެވެ. އަދި ފަހުގެ ބޫޓާއި އެންމެ ގިނަ ފުޓްބޯޅަ މޮޑެލްސްތައް ލިބޭ ފިހާރައަކީ ވެސް އޮބިއޮންއެވެ.

އޮބިއޮން އިން ގަންނަ ހުރިހާ ބޫޓެއް މިހާރު ހިލޭ ފަހައިލެވޭނެއެވެ. އަދި އޮބިއޮން އިން ގަންނަ ބޫޓުތަކުގެ ތެރެއިން ކުރު މުއްދަތެއްގެ ތެރޭގައި މައްސަލައެއް ދިމާވާ ބޫޓުތައް ބަދަލުވެސް ކޮށްދޭނެއެވެ.

މާލެ ސަރަހައްދުގައި އޮބިއޮންގެ ދެ ފިހާރަ މިހާރު ވަނީ ހުޅުވައިފައެވެ. އެއީ މަޖީދީ މަގު، ގަލޮޅު ބޯޅަ ދަނޑު ކައިރީގައި ހުންނަ ފިހާރަ އާއި ހުޅުމާލޭގައި ނިރޮޅުމަގު، ސޮނީ ހާޑްވެއާ ކުރިމައްޗަށްވާ ގޮތަށް ހުންނަ ފިހާރައެވެ.

އޮބިއޮން އިން އޮންލައިންކޮށް ވެސް ވިޔަފާރިކޮށްލެވޭނެއެވެ. އެގޮތުން، އޮބިއޮންގެ ފޭސްބުކް، އިންސްޓަގްރަމް ޕޭޖަށް މެސެޖްކޮށްގެން ވެސް ވިޔަފާރިކޮށްލުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. އަދި އޮބިއޮންގެ ވައިބަ ގްރޫޕެއް ވެސް ވަނީ ހަދައިފައެވެ.

މި ފިހާރަ އަކީ ހުރިހާ ބްރޭންޑްއެއްގެ ކުޅިވަރު އަދި އެހެނިހެން މޮޅު ކޮލިޓީގެ ސާމާނު ލިބެން ހުންނަ ފިހާރައެކެވެ. ހާއްސަ ގޮތެއްގައި ފަހުގެ ޓީޝާޓާއި ސޯޓު ފަދަ ތަކެތި ވެސް އަގުހެޔޮކޮށް ލިބެން ހުރެއެވެ.