ތުރުކީގެ ނަން މަޝްހޫރު މޭކަޕް ބްރޭންޑް "ނޯޓް" ކޮސްމެޓިކްސްގެ ރާއްޖޭގެ ބްރޭންޑް އެމްބަސެޑަރަކަށް މޮޑެލް ކައިޒީން ހަމަޖައްސައިފި އެވެ. މި ބްރޭންޑްގެ ކޮސްމެޓިކްސް ރާއްޖެ އެތެރެކޮށް މާކެޓު ކުރަނީ ނިއު އެޑިޝަނުންނެވެ.

ރޭ ހަބޭސް ބޮޑުބެރު ގްރޫޕުގެ ފަރާތުން ހުޅުމާލޭގައި ބޭއްވި ހާއްސަ ޢީދު ޝޯގެ ތެރެއިން "ނޯޓް" ގެ އެމްބަސެޑަރަކަށް ކައިޒީން ހަމަޖެއްސިކަން ވަނީ އިއުލާންކޮށްފައެވެ. އަދި ކައިޒީންއަށް މި ބްރޭންޑުގެ އެމްބަސެޑަރުކަން ހާވަލުކުރި ކަމުގެ ލިޔުން ރޭ ހަވާލުކޮށްދެއްވީ "ނޯޓް" ކޮސްމެޓިކްސް މޯލްޑިވްސްގެ ބްރޭންޑް މެނޭޖާ، އަހުމަދު ޝިޔާމް އެވެ.

"ނޯޓް" ކަސްޓަމަރުންނަށް މި ބްރޭންޑުގެ ޕްރޮޑަކްޓުތައް ގަތުމަށް އިތުރު ލުއި ފަސޭހަތަކެއް ލިބިދިނުމަށްޓަކައި ރޭ ވަނީ "ނޯޓް" ކޮސްމެޓިކްސް އޮންލައިންވެސް ތައާރަފުކޮށްދީފަ އެވެ.

މި ހިދުމަތް ހިންގާއި މެނޭޖުކުރާނީ މީޑިޔާގޭޓްގެ ވީއެޕްޕީ ބާޒާރުގެ ފަރާތުން ކަމަށްވާއިރު ނިއު އެޑިޝަނުން މިއަހަރު އެންމެފަހުން ތައާރަފުކުރި އާ ޕްރޮޑަކްޓުތައްވެސް ރޭގެ ޝޯގައި އާންމުންނަށް ވަނީ ދައްކާލާފަ އެވެ. އެ ޕްރޮޑަކްޓުތަކުގެ ތެރޭގައި ހިމެނެނީ ސްކިން ޕާފެކްޓިން ޕްރިމިއާ، ސްކިން ޕާފެކްޓިން އިލުމިނޭޓާ، ސްކިން ޕާފެކްޓިން ކްރީމް ޕެލެޓާ، ސްކިން ޕާފެކްޓިން ޕައުޑާ އަދި ޓޯޓަލް ބްރޯވް ކިޓެކެވެ.

މި ބްރޭންޑަށް އެންމެ އިތުބާރު ކުރެވޭ ސަބަބަކީ މި ބްރޭންޑުގެ ހުރިހާ އުފެއްދުންތަކަކީ ވެސް ސަތޭކަ ފަސެންޓު ހަލާލް ސެޓްފިކެޓް ލިބިފައިވާ އުފެއްދުންތަކަކަށް ވުމުގެ އިތުރުން މި ބްރޭންޑުގެ އުފެއްދުންތަކުގައި އެއްވެސް މިންވަރަކަށް އޫރާއި އެސިޑް އަދި ރަލުގެ އެއްވެސް މާއްދާއެއް އެކުލެވިގެނެއް ނުވެ އެވެ.