ހިރުގަނޑު ހަލާކުވެ ފާރުވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މިއީ ވަރަށް ވޭންބޮޑު ކަމެކެވެ. ގިނަ ފަހަރަށް މިގޮތަށް ދިމާވަނީ އަނގައިގެ ސާފުތާހިރުކަން ކުޑަވެ ލިބޭ ގެއްލުންތަކުގެ ސަބަބުންނެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ދަތްއުނގުޅަން ބޭނުންކުރާ ބޭހާއި ބުރުހުގެ ސަބަބުންވެސް ހިރުގަނޑު ފާރުވާން ދިމާވެއެވެ. ހަމައެހެންމެ ހިރުގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ބޭނުންވާ ބައިތައް ލިބުން މަދުވުމަކީވެސް މިކަމުގެ ސަބަބަކަށް ވެދާނެއެވެ.

ހިރުގަނޑު މާބޮޑަށް ފާރުވާފަހުން އެކަމަށް ފަރުވާކޮށް މައްސަލަ ޙައްލުކުރުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. އަދި އާންމުކޮށް ހިރުގަނޑުގައި އުފެދޭ ފާރު ރަނގަޅުވާންވެސް ގިނަ ދުވަސް ނަގައެވެ. އެހެންކަމުން މި ހާލަތު މެދުވެރިވެ މާބޮޑުވަރު ނުވަނީސް މިކަމަށް ފަރުވާއެއް ހޯދުމަކީ މުޙިންމު ކަމެކެވެ.

ހިރުގަނޑަށް ގެއްލުންދޭ ތަކެތި، ނޭނގުމެއްގައިވެސް ވަރަށް ގިނަ ފަހަރަށް ބޭނުންކުރެވެއެވެ. ނޭނގުމެއްގެ ތެރޭގައިވެސް މިފަދަ ތަކެތި ބޭނުންކޮށްގެން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެފަރާތްތަކަށް ހުރަހަކަށް ވަނީ، އެކަމަށް އެންމެ އެކަށީގެންވާ އުފެއްދުންތައް ލިބޭނެ ގޮތް ނުވުމުންނެވެ. ނުވަތަ ގެއްލުންދެނިވި ބާރުގަދަ އަދި ނުރައްކާތެރި ބައިތައް އެކުލެވޭހެން ތައްޔާރުކޮށްފައި ހުންނަ ދަތްއުނގުޅާ ބޭހާއި ދަތް ސާފުކުރުމަށް ބޭނުންކުރާ އެފަދަ އެނޫންވެސް ތަކެތި ބޭނުން ކުރެވުމުންނެވެ.

ހިރުގަނޑު ފާރުވުމުގެ މައްސަލައަށް ޚާއްސަކޮށްގެން، އެކަމަށް ފަރުވާއެއްގެ ގޮތުން އުފައްދާ ދަތް އުނގުޅާ ބޭހަކީ އާންމުކޮށް ލިބެން ހުންނަ އެއްޗެއް ނޫނެވެ. އެހެންކަމުން އެފަދަ ބޭހެއް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ އޮންލައިން" އިން މިހާރު ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުންދާ މަޝްހޫރު "ސްޕާކަލް" ބްރޭންޑުގެ "ފްރެޝް އެންޑް ގަމް ކެއާ ޓޫތްޕޭސްޓް" އަކީ ހިރުގަނޑު ފާރުވާ މީހުންނަށް އޮތް އިތުބާރު ޙައްލެކެވެ.

އެތައް ބައެއްގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ މި ދަތްއުނގުޅާ ބޭހަކީ ހިރުގަނޑު ފާރުވުމަށް މެދުވެރިކުރާ ކަންކަމުން ރައްކާތެރިކޮށްދީ، އަނގައިގައި ހުންނަ ޖަރާސީމު މަދުކޮށްދިނުމާއެކު އަނގައިން ނުބައިވަސްދުވުމުގެ މައްސަލަ ޙައްލުކޮށްދޭ ބޭހެކެވެ. ހަމައެހެންމެ ދަތްތައް ހުދުކޮށްދީ ހިނިތުންވުން ފުރިހަމަކޮށްދިނުމުގައިވެސް މިއީ ޚާއްސަ އުފެއްދުމެކެވެ.

ހަމައެކަނި ގުދުރަތީ ބައިތައް އެކުލެވޭހެން އުފައްދާފައިވާ މި ބޭހަކީ، ހިރުގަނޑަށް ލިބިފައިހުންނަ ގެއްލުންތަކަށް މަދު ދުވަސްކޮޅެއްގައި ފަރުވާކޮށްދޭ ބޭހެކެވެ. އާދަކޮށް ކޮންމެ ދުވަހަކު ދެ ފަހަރު މި ބޭހުން ދަތް އުނގުޅުމަކީ، އިސްވެ ފާހަގަ ކުރެވުނު ކަންކަން ދާދި އަވަހަށް ހާސިލް ކުރުމަށް އޮތް ގޮތްކަމަށް މި ބޭސް ބޭނުންކުރާ ފަރާތްތަކުން ތަޖުރިބާގެ އަލީގައި ބުނެއެވެ.

ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ މި ބޭހުގެ 100 ގްރާމް ފުޅި ލިބޭއިން މިހާރު ވިއްކަމުން އަންނައިރު، އެފަރާތުން މި ޕްރޮޑަކްޓު ރީޓެއިލްކުރަނީ 125 ރުފިޔާއަށެވެ. "ސްޕާކަލް" ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިއސްޓްރިބިއުޓާ އިން އަންނަނީ މި ބްރޭންޑުގެ މިނޫންވެސް ޕްރޮޑަކްޓުތައް ރީޓެއިލް އަދި ހޯލްސޭލްކޮށްވެސް ވިއްކަމުންނެވެ.

މި ޕްރޮޑަކްޓް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް "ލިބޭ އޮންލައިން" އިން އެދެއެވެ. އަދި "ލިބޭ" ގެ ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން ވެސް އޯޑަރު ކުރެވޭނެ އެވެ. މި ޕްރޮޑަކްޓުތައް މާލެއިން ގަންނަ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.