ކުރިއަށް އޮތް ހަފްތާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މަސައްކަތުގެ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

ބީއެމްއެލް އިން މިއަދު ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރި އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ދިނުމަށްޓަކައި ބޭންކްގެ ބްރާންޗުތައް ހުޅުވުމަށް ހަމަޖެހިފައި ވަނީ ހޯމަ، އަންގާރަ، އަދި ބުރާސްފަތި ދުވަހު ހެނދުނު 8:30 އިން މެންދުރު 12:30 އަށް ކަމަށެވެ. މި ހަފްތާގައި ބޭންކްގެ އަސާސީ ހިދުމަތްތައް ލިބޭނެ ކަމަށް އެ ބޭންކުން ވިދާޅުވިއެވެ.

ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމާއި ޕެރޯލް ތަފްސީލް ހިދުމަތް ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުން އެ ދުވަހު ޕްރޮސެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުން ބީއެމްއެލްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ މެންދުރު 12:00 ގެ ކުރިން ލިބޭ ހުށަހެޅުންތައް އެދުވަހު ޕްރޮސެސް ވާނެއެވެ.

އެހެން ބޭންކެއްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ އެދުވަހު ޕްރޮސެސްކުރެވޭނީ ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކެވެ. ޕޭ ރޯލް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން) ޚިދުމަތް ހެނދުނު 9:30 ގެ ކުރިން އޭޓީއެމް މެދުވެރިކޮށް ޖަމާ ކުރާ ކްލިއަރިންގ ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެއެވެ.

މެންދުރު 12:00 ގެ ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެއެވެ. އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުން ހެނދުނު 11:00 ގެ ކުރިން ލިބޭ އޭ.ސީ.އެޗް/ އެމް.އާރު.ޓީ.ޖީ.އެސް) ޓްރާންސްފަރތައް އެދުވަހު ޕްރޮސެސް ވާނެއެވެ. ލޯކަލް ބޭންކް ޓްރާންސްފަރ މަތީގައި ދެންނެވިފައިވާ ވަގުތުތަކުގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސް ވާނީ ދެން ބޭންކު ހުޅުވޭ ދުވަހުގައެވެ.

ބީއެމްއެލް އިން ވިދާޅުވި ގޮތުގައި މާލެ ސިޓީގައި ބޭންކިން ހިދުމަތް ހޯދުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނަގަން ޖެހޭނެއެވެ.ބޭންކް ހުޅުވާފައި ހުންނަ ދުވަސްތަކުގެ ހެނދުނު 8:30 އިންފެށިގެން މެންދުރު 12:00 އަށް އޮންލައިން ޓޯކަން ހިދުމަތް ދެމުންދާނެއެވެ.

އެޕޮައިންޓްމަންޓަށް ދެމުންދާނެ ހިދުމަތްތައް އެކައުންޓް އޯޕެނިންގ ސެންޓަރ، ލޯން ސެންޓަރ އަދި ބިޒްނަސް ސެންޓަރތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓަށެވެ. ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު