ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ އިތުބާރާއި ޔަގީންކަން ހޯދާފައިވާ ސޯސަން ފިހާރައަކީ ކާނާގެ ތަފާތު ބާވަތްތަކުގެ ތެރެއިން ދުނިޔޭގައި ނަން ހިނގާ މަޝްހޫރު އެކި ބްރޭންޑުތަކުގެ ތަކެތި ދިވެހިންނާ ހަމައަށް ގެނެސްދެމުންދާ ބައެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުގެ ރަހަތަކާއެކު ކެއުމާއި ކެއްކުމަށް ބޭނުން ކުރާ ތަފާތު އެތައް ބާވަތެއް މިހާތަނަށް އައި އިރު ސޯސަން ފިހާރައިން ވަނީ ގެނެސްދީފައެވެ. މީގެ އިތުރުން އާ ބްރޭންޑުތައް ދިވެހިންނާ ހަމައަށް ގެނެސްދިނުމުގައި ސޯސަން ފިހާރައިން ކުރަމުން އަންނަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ.

އެގޮތުން މީގެ ދުވަސްކޮޅެއް ކުރިން ސޯސަން ފިހާރައިން ރާއްޖެ އެތެރެކޮށް މާކެޓް ކުރަމުންދާ ޕަސްކުއެލް ބްރޭންޑުގެ ފުލްކްރީމް މިލްކް ވަނީ ބާޒާރަށް ނެރެފައެވެ. ޕަސްކުއެލް ބްރޭންޑަކީ ސްޕެއިންގެ ބްރޭންޑަކަށް ވާއިރު މި ބްރޭންޑުގެ ތަކެއްޗަކީ ރާއްޖޭގެ ގިނަ ބަޔަކަށް ކަމުދާ އެއްޗެހިތަކެކެވެ.

މި ބްރޭންޑުގެ ޔޯގަޓް އަކީ ރާއްޖޭގައި އެންމެ ހިނގާ ޔޯގަޓްގެ ބްރޭންޑްކަން ފާހަގަކޮށްލެވެއެވެ.

ސޯސަން ފިހާރައަކީ ރާއްޖެއަށް ވަރަށް ގިނަ ބާވަތްތަކުގެ ތަކެތި އެތެރެކޮށް ވިއްކާ ތަނެކެވެ. އެގޮތުން އެ ފިހާރައން ވިއްކާ ތަކެތީގެ ތެރޭގައި ޕިލްސްބަރީ ކޭކްފުށް އަދި އާޓާ، ޝާން ބިރިޔާނީ އާއި މަސާލާ، ރެމިއާގެ ސަލަޑް ކްރީމް އަދި މީގެ އިތުރުން ވަރަށް ގިނަ ވައްތަރުތައްވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު