ހއ. ދިއްދޫގައި ދާދި ފަހުން ހުޅުވި ”ލިބޭ-03“ ގެ ފިހާރަ އިން ވިޔަފާރި ކޮށްގެން ހިލޭ ފޭސް މާސްކު ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ފިހާރަ އިން ކުރާ ކޮންމެ 25 ރުފިޔާ އިން މަތީގެ ވިޔަފާރިއަކަަށް ހިލޭ ފޮތި މާސްކެއް ލިބިގެން ދާނެއެވެ. އަދި 100 ރުފިޔާގެ ވިޔަފާރިއަކަށް 4 މާސްކު ލިބޭނެއެވެ.

”ލިބޭ-03 ކުން ކުރާ ކޮންމެ 25 ރުފިޔާގެ ވިޔަފާރިއަކަށް ފޭސް މާސްކެއް ލިބޭނެ. 100 ރުފިޔާގެ ވިޔަފާރިއަކަށް 4 މާސްކު. ކޮންމެ ބޭފުޅަކަށް ވެސް އެއްފަހަރާ އެންމެ ގިނަވެގެން ދެވޭނީ 4 މާސްކު. އެއީ ވީހައިވެސް ގިނަ ބަޔަކަށް މާސްކު ލިބުމުގެ ފުރުސަތު މަގުފަހިކޮށްދޭން“ ލިބޭގެ އޮޕަރޭޝަންސް މެނޭޖާ މުހައްމަދު އަޒްހީމް ވިދާޅުވިއެވެ.

ލިބޭ-3 ފިހާރަ

އަލަށް މިފެށި މާސްކު ޕްރޮމޯޝަނާއި އެކު ޖުމްލަ 3 ޕްރޮމޯޝަނެއް އެ ފިހާރާގައި މިވަގުތު ކުރިއަށް އެބަދެއެވެ. އެއީ ކޮންމެ 100 ރުފިޔާ އިން މަތީގެ ވިޔަފާރިއަކަށް ހިލޭ 500އެމްއެލްގެ ސެނިޓައިޒާ ފުޅިއެއް ލިބޭ ޕްރޮމޯޝަނާއި 250 ރުފިޔާ އިން މަތީގެ ވިޔަފާރިއަކަށް އުމްރާ ދަތުރެއް ހޯދުމަށް ކޫޕަނެއް ލިބޭ ޕްރޮމޯޝަނުގެ އިތުރުން މިއަދު ފެށި މާސްކު ޕްރޮމޯޝަނެވެ.

އެއް ތަނަކުން ތަފާތު ވައްތަރުގެ މުދާ ”ލިބޭ-03“ ކުން ލިބެން ހުންނައިރު މިހާރު އެ ފިހާރަ އިން ޓޭކްއަވޭ އަށް ލަވާޒާ ބްރޭންޑުގެ ކޮފީ ވެސް ލިބެން ހުންނާނެއެވެ.

ލިބޭ އިން ހިލޭ ޑެލިވެރީގެ ހިދުމަތް ވެސް ފޯރު ކޮށްދޭއިރު އެ ފިހާރަ އިން ތަކެތި އޯޑަރު ކުރެއްވުމަށް 7803003 އަށް ގުޅާލާށެވެ. އަދި ފިހާރައިގެ އަޕްޑޭޓުތައް ބަލައިލުމަށް އެ ފިހާރައިގެ ވައިބާ ކޮމިއުނިޓީ އަށް ޖޮއިން ކޮށްލާށެވެ.

މިހާރު ޓޭކްއަވޭ އަށް ލަވާޒާ ކޮފީ ވެސް ލިބޭ

”ލިބޭ“ އަކީ ރާއްޖޭގައި މީގެ ކުރިން ފުޅާ ދާއިރާ އެއްގައި އޮންލައިން ވިޔަފާރިކޮށް، އަދިވެސް އެތައް ވައްތަރެއްގެ މުދާ ރާއްޖެ އެތެރެކޮށް ހޯލްސޭލް ކުރާ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.