ފޭސްބުކްގެ ޖުމްލަ އަގު 500 ބިލިއަން ޑޮލަރަށް އަރައިފިއެވެ.

މަޝްހޫރު ސޯޝަލް ނެޓްވޯކް ފޭސްބުކް ހިއްސާގެ ބާޒާރުގައި މިހާރު އެޕަލް، ގޫގުލް، އަދި މައިކްރޮސޮފްޓާ އެންމެ ކައިރިން ވާދަކުރާ އެއް ކުންފުންޏެވެ

އަބަދުވެސް އާ ކަންކަން ތައާރަފްކުރާ ފޭސްބުކުން މިދިޔަ އަހަރު އެކަނި ވެސް މުޅިން އަލަށް 10 ފީޗާ ތައާރަފްކުރި އެވެ. ފޭސްބުކް ލައިވް މީގެ ތެެރޭ ހިމެނެ އެވެ. މިހާރު އެ ފީޗާ ބޭނުންކުރާ މީހުން ދުވަހުން ދުވަހަކަށް އަންނަނީ ގިނަވަމުންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި ދުނިޔޭގެ އާބާދީގެ 2 ބިލިއަން މީހުން ފޭސްބުކް ބޭނުންކުރެ އެވެ. އޭގެތެރެއިން، 750 މިލިއަން މީހުން ދުވާލަކު އެއްފަހަރު ފޭސްބުކް ބޭނުންކުރާއިރު، ފޭސްބުކަށް "ދެވިހިފާފައިވާ" 270 މިލިއަން މީހުން 24 ގަޑިއިރު ތެރޭ މަދުވެގެން ފަސް ފަހަރު ފޭސްބުކަށް ޒިޔާރަތްކުރެ އެވެ. ދުވާލާ ރޭގަނޑުގެ ވަގުތުތައް ފޭސްބުކާއެކު އަބަދު ހޭދަކުރާ މީހުންގެ ޢަދަދުވެސް އަންނަނީ މިލިއަނުން ގުނެމުންނެވެ.

ދުވަހެއްގެ މައްޗަށް އެވްރެޖްކޮށް 800 މިލިއަނަށްވުރެ ގިނަ މީހުން ފޭސްބުކްގެ ކޮންމެވެސް ޕޯސްޓަކަށް ލައިކްކުރެއެވެ.

މިދިޔަ 13 އަހަރުގެ ރެކޯޑްތަކަށް ބަލާއިރު، ފޭސްބުކްގައި މިހާރު ތަފާތު 740 ބިލިއަން ފޮޓޯ އެބަހުއްޓެވެ. ކޮންމެ ދުވަހަކު އިތުރު 350 މިލިއަން ފޮޓޯ ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ އަޕްލޯޑްކުރަމުންނެވެ. ފޭސްބުކްގައި އެކި މީސްމީހުންގެ ނަންނަމުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ އިތުރުން ތަފާތު ކަންކަން އިޝްތިހާރުކުރުމަށް 54 މިލިއަން ޕޭޖް މިހާރުވެސް ދަނީ ބޭނުންކުރެވެމުންނެވެ.

ފޭސްބުކްގެ (ފްރެންޑް ޝިޕްގެ) ޢަދަދު 150 ބިލިއަނަށް އަރައެވެ. ފޭސްބުކާމެދު ހެދިފައިވާ ދިރާސާތައް ކަށަވަރުކޮށްދޭ ގޮތުގައި، ފޭސްބުކް ބޭނުންކުރާ އާބާދީގެ 53 އިންސައްތައަކީ އަންހެނުންނެވެ. ފިރިހެނުންގެ އިންސައްތައަކީ 47 އެވެ.

 

ADS BY ASTERS

Comments are closed.