ސޮނީ ސްޕޯޓްސްއިން ކުޑަކުދިންނަށް ހާއްސަ ފިހާރައެއް ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ : ސޮނީ ސްޕޯޓްސް
ސޮނީ ސްޕޯޓްސްއިން ކުޑަކުދިންނަށް ހާއްސަ ފިހާރައެއް ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ : ސޮނީ ސްޕޯޓްސް

ސޮނީ ސްޕޯޓްސް އިން ކުޑަކުދިންނަށް ހާއްސަކޮށްގެން "ސޮނީ ސްޕޯޓްސް ކިޑްސް" ގެ ނަމުގައި އާ ފިހާރައެއް ހުޅުވައިފި އެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި "ސޮނީ ސްޕޯޓްސް ކިޑްސް" ފިހާރަ ހުޅުވައިދިނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެވެ.

ސޮނީ ސްޕޯޓްސް އިން ބުނީ، ލޮނުޒިޔާރަތް މަގުގައި ޖަމާލުއްދީން ސްކޫލު ކައިރީގައި ހުޅުވި އާ ފިހާރައިން ކުޑަކުދިން ކުޅިވަރު ކުޅުމަށް ބޭނުންވާ ސާމާނާއި ކެޝުއަލް ވެއާވެސް ލިބެން ހުންނާނެ ކަމަށެވެ.

އާ ފިހާރައިން ކުޅިވަރަށް ހާއްސަކޮށް ނައިކީ އަދި އެޑިޑާސް ފަދަ މަޝްހޫރު ބްރޭންޑްތަކުގެ ސާމާނު ލިބެން ހުންނާނެ ކަމަށް ސޮނީ ސްޕޯޓްސް އިން ބުންޏެވެ. އަދި ފެތުމާއި މޫދު ކުޅިވަރުތަކަށް ބޭނުންވާ ރޮކްސީ، ކުއިކްސިލްވާ އަދި ރިޕްކާލް ފަދަ ބްރޭންޑްތަކުގެ ސާމާނު ވެސް ލިބެން ހުންނާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ކެޝުއަލް ވެއާގެ ގޮތުގައި ބިލަބޮންގް، ރޮކްސީ، ކުއިކްސިލްވާ އަދި ރިޕްކާލްގެ ޓީޝާޓާއި ގަމީހުގެ އިތުރުން ސޯޓާއި ފައިވާން ވެސް އެ ފިހާރައިން ވިއްކާނެ ކަމަށް ސޮނީ ސްޕޯޓްސްއިން ބުނުއެވެ.

ސޮނީ ސްޕޯޓްސް އިން ބުނީ މި ފިހާރައަކީ ކުޑަކުދިންގެ ހުނަރުތައް ކުރިއަރުވައި، ދުޅަހެޔޮ ސިއްހަތެއްގައި އެ ކުދިން ބޮޑެތިވުމަށް މަގުފަހި ކޮށްދޭނެ ފިހާރައެކެވެ.

"ސޮނީ ސްޕޯޓްސް ކިޑްސް" އަކީ ރާއްޖޭގެ ގިނަ ޒުވާނުންގެ މެދުގައި ތަފާތު ބްރޭންޑުތަކުގެ ތަކެތި ހޯދުމަށް މަޝްހޫރު ސޮނީ ސްޕޯޓްސްއިން މާލޭގައި ހުޅުވާފައިވާ ހަތަރު ވަނަ ފިހާރައެވެ.

1 ކޮމެންޓް

  1. ޢެއްގޮތަކަށްވެސް ތިމާމީހުން ވިޔަފާރިން ފައިދާގިނަކުރާނެ ގޮތެއްނޫން!