އަތުކުރީ ގަޑީގެ ދިވެހި ފުރަތަމަ ބްރޭންޑް ކަމަށްވާ މޯލްޑިވްސް ވޭވްގެ ޕާޓްނަރަކަށް މީސް މީޑިއާގައި މަޝްހޫރު ދުބާއީގައި ދިރިއުޅޭ އަޖުމަލް ހާން ހަމަޖައްސާ، އެކުންފުނީގެ އުފެއްދުންތައް އޭނާ ދައްކާލައިފިއެވެ.

އިންޑިއާގެ ކެރެލާއަށް އުފަން، ނަމަވެސް ދުބާއީގައި ދިރިއުޅޭ އަޖުމަލް އަށް މީސް މީޑިއާގައި ފޮލޯކުރާ މީހުންގެ އަދަދު ދެމިލިއަނަށް އަރައެވެ. މޮޑެލްއެއް، ފެޝަން އެންތޫޒިއަސްޓް އަދި ފެޝަން ބްލޮގާއެއް ކަމަށްވާ އަޖުމަލް ވަނީ ރާއްޖެ އައިސް ދޮންވެލި ފިނޮޅަކާއި، އަދި ހުޅުމާލޭގައި ވެސް މޯލްޑިވް ވޭވްގެ ޝޫޓިންއެއް ކުރިއަށް ގެންގޮސްފައެވެ.

މޯލްޑިވްސް ވޭވް އިން ވިއްކާ ގަޑިތައް އެކުންފުނީގެ ޝޯރޫމަށް ޒިޔާރަތް ކޮށްގެންނާއި އޮންލައިންކޮށް ވެސް ގަނެވޭނެއެވެ. މޯލްޑިވްސް ވޭވްގެ ޝޯރޫމް ހުންނާނީ ޗާންދަނީ މަގުގެ ޓޫރިސްޓް ފިހާރަތައް ހުންނަ ސަރަހައްދުގައެވެ. އޮންލައިިންކޮށް މޯލްޑިވްސް ވޭވްގެ ގަޑިތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ކުންފުނީގެ ފޭސްބުކް ޕޭޖް ނުވަތަ އިންސްޓަގްރާމް އަށް މެސެޖް ކޮށްގެން ގަޑިތައް ގަތުމުގެ އިންތިޒާމް ހަމަޖެއްސޭނެއެވެ.

މޯލްޑިވްސް ވޭވް އަކީ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ. މި ބްރޭންޑުގެ ގަޑިތަކަކީ ދިވެހިންގެ އާދަކާދަ އާއި ގުޅޭގޮތައް ޑިޒައިންކޮށް ތައްޔާރު ކޮށްފައިވާ ގަޑިތަކެވެ. މީގެތެރޭގައި "ލިޔެލާ ކަލެކްޝަން" އާއި "ރިހިބޮލި ސީރީޒް" އަދި "ރަންބޮލި ސީރީޒް"ގެ ގަޑިތައް ހިމެނެ އެވެ. މިގަޑިތަކަށް ތިން އަހަރާއި ފަސް އަހަރު ދުވަހުގެ އިންޓަނޭޝަނަލް ވޮރެންޓީ ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޓިކްޓޮކް

    ޓިކްޓޮކް ސެލެބްރިޓީ އަކަށް މޮޑެލްކޮށްލަން ދިން ނަމަ ދޯ

    6
    11
  2. އާދަމް ނަވާޒު

    ދިވެސް އަކައް ތިފުރުސަތު ދިންނަމަ މާރަގަޅުވާނެ

    21
    7
  3. އާނާ

    ދިވެއްސަކަށް ތިފުރުސަތު ދިންނަމަ އަދި ވަކިން ދިވެހިވަންތަ ވީސް.

    17
    6
  4. އަހްމަދު

    ޑުބާއީ ސޮރަކާ ވައްތަރު ނުވެގެން އަޖައިބު ވެފަ މިހުރީ، ޚަބަރު ކިޔާލިއިރު އަސްލު އިންޑިޔާ ސޮރެއް.

    18
    2
  5. ހައްވަ

    މަ ބޭނުމީ ތި ސޮރު

    2
    1