މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

އޮގަސްޓް މަހު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ ދަށަސް ހިނގައްޖެއެވެ.

މީރާއިން އާންމުކޮށްފައިވާ އޮގަސްޓް މަހުގެ ތަފާސްހިސާބުގައިވާ ގޮތުން މިއަހަރުގެ އޮގަސްޓް މަހު މީރާއަށް ލިބުނީ އެއް ބިލިއަން ރުފިޔާއެވެ.

އެ މިންވަރަކީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު 0.4 އިންސައްތަ ދަށްވުމެކެވެ. މިއީ އޮގަސްޓް މަހު ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށްވުރެ 2.5 އިންސައްތަ ދަށްވުމެކެވެ.

އަދި މިއަހަރު އޮގަސްޓް މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުގެ ގޮތުގައި ބަލައިގަތް 39.7 މިލިއަން ޑޮލަރު ހިމެނެއެވެ.

އޮގަސްޓްމަހު މީރާއަށް ލިބުނު އާމްދަނީގެ 46.9 އިންސައްތައަކީ ޖީއެސްޓީގެ ގޮތުގައި މީރާއަށް ލިބުނު އާމްދަނިއެވެ. އެއީ 469.43 މިލިއަން ރުފިޔާއެވެ.

އޮގަސްޓް މަހު މީރާއަށް ލިބުނު ޖުމްލަ އާމްދަނީގެ 16.2 އިންސައްތަ ހިއްސާކުރަނީ ލޭންޑް އިކުއިޒިޝަން އަދި ކޮންވަޒޭޝަން ފީއެވެ. އެއީ 10.5 މިލިއަން ޑޮލަރު (161.7 މިލިއަން ރުފިޔާ) އެވެ.އަދި ބީޕީޓީގެ ގޮތުގައި އޮގަސްޓްމަހު މީރާއަށް 126.9 މިލިއަން ރުފިޔާ ލިބުނެވެ.

ADS BY ASTERS

1 ކޮމެންޓް

  1. އަސްތާ! އެއްގޮތަކަށްވެސް ކަމަކުނުދޭ! ތި ވަރަށް އާމްދަނީ މީރާ އަށް ލިބިގެން ކިހިނެއް ޤައުމު ހިންގާނީ. ހަދަންވީ ގޮތަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ވިޔަފާރި ވެރިން ކޮންމެވެސް އެއްޗެކޭ ކިޔާފާ އެވެރިން ބޮޑެތި އަދަދު ތަކުން ޖޫރި މަނާ ކުރަންވީ. އޭރުން ޤައުމު ހިންގާ ވަރަށް މީރާ އަށް ފައިސާ ހުންނާނީ ލިބިފާ. ވ ސަލާން.