ރަސްފަންނު" ގައި ތަރައްޤީކޮށްފައިވާ ފަވީލާ (ޕެވިލިއަން) ޔޫއޭއީގެ މަޝްހޫރު ފާސްޓްފުޑް ފްރެންޗައިޒް، "ޗިކިން" ގެ ރެސްޓޯރަންޓެއް ހުޅުވައިފިއެވެ.

ޗިކިން ރެސްޓޯރެންޓް ހުޅުވައިދެއްވީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް އެވެ. ރރެސްޓޯރެންޓް ހުޅުއްވައިދެއްވުމަށް ފަހު ފަސްޓް ލޭޑީ ވަނީ އެ ތަނުގެ ކެއުން ތަޖުރިބާ ކުރައްވައިފަ އެވެ.

ޗިކިންގެ ރެސްޓޯރެންޓް ހުޅުވިއިރު ވެސް ގިނަ އަދަދެއްގެ މީހުން އެތަނުން ޚިދުމަތް ހޯދަން ކިއު ހަދައިގެން ތިއްބެވެ.

ޗިކިންގެ ރެސްޓޯރެންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ވިދާޅުވީ، މީގެ އަހަރުތަކެއް ކުރިން ރަސްފަންނު ސަރަހައްދު އޮތީ މީހުންނާ ވަރަށް ވަކިން، ބޭނުން ނުކުރާ ސަރަހައްދެއްގެ ގޮތުގައި ކަމަށާއި ނަމަވެސް އެކަން މިހާރު ބަދަލުކޮށްލެވިއްޖެ ކަމަށެވެ.

ރަސްފަންނު ފަވީލާ ތަރައްޤީ ކޮށްފައި ވަނީ އެމްޑަބްލިއުއެސްސީ އިންނެވެ. އެމްޑަބްލިއުއެސްސީގެ މެނެޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މިރޭ ވިދާޅުވީ، ޕެލިވިއަންގެ ފުރަތަމަ ވަނަ ބުރީގައި އިތުރު ފްރެންޗައިޒް ރެސްޓޯރެންޓެއް ވަރަށް އަވަހަށް ހުޅުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ދެން އެތަނުގައި ހުޅުވަން ނިންމާފައި ވަނީ އިންޑިއާގެ މަޝްހޫރު ފްރެންޗައިޒް މޮންތީ މަހަލްގެ ރެސްޓޯރެންޓެއް ކަމަށެވެ.

ޗިކިން އިން 15 ގައުމެއްގައި 143 އަށް ވުރެ ގިނަ ރެސްޓޯރަންޓް ހިންގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާރިޔާ

    ސާބަހޭ ރައީސްޔާމިން މިގައުމައްތިކޮއްދެއްވާ އަގުނުކުރެވޭގިނަގުނަހިދުމައްތަކައް އެހެންވީމާދިވެހިންމިއެދެނީ 2018ތިބާއައްދޭން