ރެޑްވޭވް އިން ޑެލިވަރީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޑެލިވަރީތައް ފަށައިފިއެވެ.

ފުރަބަންދުގައި މާލެ އަދި ހުޅުމާލޭގެ ކަސްޓަމަރުންނަށް ވިޔަފާރިކުރުމުގައި، ހާއްސަކޮށް ކާބޯތަކެތި ގަތުމުގައި ދިމާވެފައިވާ ދަތިތައް ލުއިކޮށްދިނުމުގެ ގޮތުން ރެޑްވޭވް އިން ކުރާ ކޮންމެ ވިޔަފާރިއެއްވެސް މާލެ އަދި ހުޅުމާލޭގެ ކޮންމެ ގޭބިސީއަކަށްވެސް ޑެލިވަރީ ކުރެވޭނެ ފަސޭހަގޮތްތަކެއް ވަނީ ފަހިކޮށްދީފައެވެ.

އެގޮތުން، މާލޭގެ އޯޑަރުތައް ރެޑްވޭވްގެ އޯޑަރުލިންކް އަށް ލިސްޓު ފޮނުވައިގެން ކުރިއަށްގެންދެވޭނެއެވެ. ނުވަތަ ވައިބަރ މެދުވެރިކޮށް ރެޑްވޭވް ޕްލާޒާގެ (މައްޗަންގޯޅި) ނަމްބަރު 9116613، ރެޑްވޭވް ޒޯންގެ (މާފަންނު) ނަމްބަރު 9193302، ނުވަތަ ރެޑްވޭވް މާރޓްގެ (ހެންވޭރު) ނަމްބަރު 9694499 އަށް ލިސްޓުފޮނުވައިގެން އޯޑަރުކުރެވޭނެއެވެ. އަދި ހުޅުމާލޭގެ އޯޑަރުތައް ވައިބަރ މެދުވެރިކޮށް، ރެޑްވޭވް މެގަމޯލްގެ ނަމްބަރު 9193399 ނުވަތަ ރެޑްވޭވް ސިޓީސްކެއަރގެ ނަމްބަރު 9636019 އިން ނެގުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުންވެސް ރެޑްވޭވްގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށްވެސް އޯޑަރ ކުރެވޭނެއެވެ. އަދި މި ހުރިހާ އޯޑަރުތައް ދޯނިފަހަރާއި ހަމައަށްވެސް ޑެލިވަރ ކޮށްދޭނެއެވެ.

ރެޑްވޭވްއިން ބުނި ގޮތުގައި އެކުންފުނީގެ އަމާޒަކީ ރެޑްވޭވްގެ ކޮންމެ ފިހާރައަކުންވެސް 24 ގަޑިއިރުގެ ތެރޭ 100 އޯޑަރ ޑެލިވަރ ކޮށްދީ، 16:00ގެ ކުރިން އަންނަ ކޮންމެ އޯޑަރެއް ދުވަހުން ދުވަހަށް ޑެލިވަރ ކޮށްދިނުމެވެ. މިގޮތުން ހެނދުނު 08:00 އިން ރޭގަނޑު 23:00އަށް ޑެލިވަރީގެ ހިދުމަތް ކުރިއަށް ދާނެއެވެ.

ރެޑްވޭވްގެ އިލްތިމާސަކީ ކޮވިޑްގެ މިހާލަތުގައި ރެޑްވޭވްގެ ހުރިހާ ކަސްޓަމަރުން ފަރުދީ ޒިންމާ އަދާކޮށް، ގޭގައި ތިބެ ރެޑްވޭވްގެ ޑެލިވަރީގެ ހިދުމަތް ބޭނުން ކުރުމެވެ.