އެމްޓީސީގެ މިދިޔަ އަހަރުގެ ޙިއްޞާގެ ފައިދާ 19 ޖޫން 2018 ވާ އަންގާރަ ދުވަހުން ފެށިގެން ދޫކުރަމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

2017 ވަނަ އަހަރުގެ ފައިދާ އަށް ދޫކުރުމަށް ހަމަޖެހިފައިވަނީ، ޙިއްޞާ އަކަށް -/2.60 ރުފިޔާ އެވެ. އަދި 1981 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފައިދާ ނުނަންނަގަވާ ތިއްބެވި ޙިއްޞާދާރުން ފައިދާ ނުނަންގަވާ ހުރި އަހަރުތަކުގެ ފައިދާ ނެންގެވުމަށް އެމްޓީސީސީ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެމްޓީސީސީ އިން ކުރި އިއުލާނެއްގައި ވަނީ ޙިއްޞާގެ ފައިދާ ނެންގެވުމަށް ޙިއްޞާދާރަކު ވަޑައިގަންނަވާއިރު ޙިއްޞާގެ ސެޓްފިކެޓް އާއި އައިޑެންޓިޓީ ކާޑު ގެންނަން ވާނެއެވެ. ބަދަލުގައި އެހެންފަރާތެއް ފޮނުއްވާނަމަ، އެފަރާތަކާއި ފައިދާ ނެންގެވުމަށް ޙަވާލު ކުރެއްވި ކަމުގެ ސިޓީ އަކާއެކު ވެރިފަރާތުގެ އައިޑެންޓިޓީ ކާޑު ނުވަތަ ކާޑުގެ ފޮޓޯކޮޕީ އަދި ޙިއްޞާގެ ސެޓްފިކެޓް ފޮނުއްވަންވާނެ އެވެ. މިގޮތުން ފައިދާ ނަންގަވަން ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ.ކާޑު ވެސް ގެންނަވަަންވާނެއެވެ. ޙިއްޞާދާރަކީ ކުޑަ ކުއްޖެއްނަމަ އޭނާގެ ފަރާތުން ސިޓީ ފޮނުއްވާނީ އެ ކުއްޖާގެ ބެލެނިވެރިޔާއެވެ.

ބޭންކް އެކައުންޓަށް ޙިއްޞާ ފައިދާ ޖަމަޢަކުރުމަށްްް އެދިވަޑައިގެންފައިވާ ފަރާތްތަކުގެ ޙިއްޞާގެ ފައިސާ،ފައިދާ ދޫކުރަން ފަށާތާރީޚުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ޖަމާކޮށް ދެވޭނެ ކަމަށް އެމްޓީސީސީ އިއުލާނުގައި ވެއެވެ.

ޙިއްޞާގެ ފައިދާ ބޭންކަށް ޖަމާކުރެއްވުމަށްް ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން މިކުންފުނިން ދޫކުރާ "ބޭންކަށްް ޙިއްޞާގެ ފައިދާ ޖަމާކުރުމަށްްއެދޭ ފޯމް" ފުރުއްވުމަށްްފަހު އައި.ޑީ.ކާޑު. ގެ ކޮޕީ، އަދި ޙިއްޞާގެ ސެޓްފިކެޓްގެ ކޮޕީ އަދި ބޭންކް އެކައުންޓް އެގޭނެ ލިޔުމެއް އެމްޓީސީސީ އަށް ހުށަހެޅުއްވުމުން އެފަރާތްތަކުގެ ޙިއްޞާގެ ފައިދާވެސް ބޭންކަށް ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީ އިން މައުލޫމާތު ދެއްވައެވެ. މި ފޯމް އެމްޓީސީސީގެ ވެބްސައިޓުންނާއި މައި އޮފީހުން ލިބެން ހުންނާނެއެވެ.

ޙިއްޞާގެ ފައިދާ ދޫކުރަމުން ގެންދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 8.30 ން 3.00 އަށް އެމްޓީސީސީ ހެޑް އޮފީސް، 7 ވަނަ ފަންގިފިލާ، އެމްޓީސީސީ ޓަވަރުންނެވެ.