މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން އަންނާނެ ފިނޭންސް މިނިސްޓްރީން ލަފާކޮށްފިއެވެ.
އެޗްއީއޯސީން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، މިއަހަރު ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރު ބަޖެޓުން އަންދާޒާ ކޮށްފައިވަނީ 6 ލައްކާ ފަތުރުވެރިން ކަމަށެވެ.
އެހެން ނަމަވެސް އޭގެ ފަހުން އަނެއްކާ ވެސް ބަޖެޓު ނަންބަރުތައް އަލުން ބަލައި އެޕްރޫވް ކޮށްފައިވާ ބަޖެޓުގައި ރާއްޖެއަށް އެއްމިލިއަން ފަތުރުވެރިން އަންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ޒިޔާރަތް ކުރި ފަތުރުވެރިންނަށް ބަލާއިރު، އެއް މިލިއަން ފަތުރުވެރިންނަށްވުރެ ގިނައިން ޒިޔާރަތް ކުރާނެ ކަމަށް މިހާރު އަންދާޒާ ކުރެވޭ ކަމަށެވެ.
"2021 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރެވޭނެ ކަމަށް ބެލެވެނީ މިހާރު ގާތްގަނޑަކަށް އެއް މިލިއަނާއި 1.5 މިލިއަނާއި ދެމެދުގެ އަދަދަކަށް" އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން އަމީރު ވިދާޅުވީ، 2019 ވަނަ އަހަރުގެ މިންވަރަށް ފަތުރުވެރިކަން އަނބުރާ ރުޖޫއަ ވާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ކުރީކޮޅުގައި ކަމަށެވެ.
މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވާއިރު، ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 445,458 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.
ތިޔާ ތި ނިމުނީ ތިއަކަން، ބުނެފި ގޮތަކަށެއް ދުވަހަކު ކަމެއް ނުވާތާކު. ބުންޏެއްނު ހިލޭއެހީގަ ވާހަކަވެސް.
ހަމަޔަގީނުންވެ އަމީރުއަކީ ގަމާރެއް
ޓުވަރިސްޓް ވިސާގަ ކަރަންޓީން މުއްދަތު ހަމަކޮއްލަން އައި ކިތައްހާސް އިންޑިޔާމީހުން ތި އަދަދު ތެރޭ ހިމެނޭނެ