ބޮޑެތި ޑިސްކައުންޓްތައް ލިބޭ ގޮތަށް، ރާއްޖޭގެ ހަމައެކަނި ހޮންޑާގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރ ޝީޝާ އިން ކުރިއަށްގެންދިޔަ "ރޯދަ ރޯޅީ"ގެ ފައިނަލް ރޯޅި އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލައިފިއެވެ.

އެ ޕްރޮމޯޝަންގެ މުއްދަތު ހަމަވާ ތާރީހަކީ 31 މެއިއެވެ. ރޯދަ ރޯޅި ޕްރޮމޯޝަން އިތުރަށް ދިގުދަންމާލަން ނިންމީ ކަސްޓަމަރުންނަށް ސައިކަލުތައް އަގުހެޔޮކޮށް ގަތުމުގެ ފުރުސަތު ފަހި ކުރުމުގެ ގޮތުންނެވެ.

މި ފުރުސަތުގެ ދަށުން އަގުހެޔޮކޮށް އެއާބްލޭޑް125، 150، ވޭވް 125އައި ޑިސްކައުންޓް އަގުގައި ގަތުމުގެ މަގު މި އޮތީ އަނެއްކާވެސް ފަހިގެން ގޮސްފައެވެ. މި ޕްރޮމޯޝަންގެ ދަށުން އެއާބޭލްޑް 125،150ގެ ސްޓޭންޑާޑް އެޑިޝަން އަދި ސްޕެޝަލް އެޑިޝަންގެ އިތުރުން ވޭވް 125 އައިއިން ހާއްސަ ޑިސްކައުންޓްތަކެއް ލިބިގެން ދާނެއެވެ.

އެންމެ ފަހުގެ އެއާބްލޭޑް 125ސީސީ ބްލެކް އެޑިޝަން 2021 ޑިސްކައުންޓް އަގު: 58،800ރ.

އެންމެ ފަހުގެ އެއާބްލޭޑް 125ސީސީ ސްޓޭންޑާޑް އެޑިޝަން 2021 ޑިސްކައުންޓް އަގު: 57،500ރ.

ވޭވް125އައި ޑިސްކައުންޓް އަގު: 55،000ރ.

އެންމެ ފަހުގެ އެއާބްލޭޑް 150ސީސީ ސްޓޭންޑާޑް އެޑިޝަން 2021 ޑިސްކައުންޓް އަގު: 65،600ރ.

އެންމެ ފަހުގެ އެއާބްލޭޑް 150ސީސީ ސްޕެޝަލް އެޑިޝަން 2021 ޑިސްކައުންޓް އަގު: 66،900ރ..

ހާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާ މި ޕްރޮމޯޝަންގެ ދަށުން އަނެއްކާވެސް ޝީޝާގެ ފަރާތުން މި ހަމަޖައްސާދިނީ ހެޔޮ އަދި ލުއި ގޮތްތަކެއް ކަމެވެ.

ޝީޝާގެ މި ޕްރޮމޯޝަންގެ ދަށުން އިންސްޓޯލްމެންޓަށް ސައިކަލު ނަގާ ކަސްޓަމަރުންނަށްވެސް ވަރަށް ޙާއްސަ އޮފާއެއް ކުރިއަށްގެންދެއެވެ. އެގޮތުން މި ޙާއްސަ އޮފާ މެދުވެރިކޮށް 48 މަހުގެ މުއްދަތަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ސައިކަލު ނެގުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ޝީޝާ އިން ބުނީ، އެ ކުންފުނީގެ އައުޓްލެޓްތަކުގައި އެންމެ ފަހުގެ އެއާބްލޭޑްގެ ސްޓޮކް އެބަ ހުރި ކަމަށެވެ. އެހެންކަމުން އެންމެ ފަހުގެ އެއާބްލޭޑް އަވަހަށް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ޝީޝާއިން ބުނެފައި ވެއެވެ.

ހޮންޑާ ބްރޭންޑްގެ އެންމެ ފަހުގެ ސައިކަލުތައް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ވިއްކަމުންދާ ޝީޝާގެ އައުޓްލެޓްތައް މާލެ، ހުޅުމާލެ، އައްޑޫ ސިޓީ ހިތަދޫ، ކުޅުދުއްފުށި ސިޓީ، ލ.ގަން، ފުވައްމުލަށް ސިޓީ، ގދ.ތިނަދޫ އަދި ގއ.ވިލިނގިލީގައި ހުރެއެވެ.

މި ހުރިހާ އައުޓްލެޓްތަކުންވެސް އެއްކޮށް ފައިސާ ދައްކައިގެންނާއި، އިންސްޓޯލްމެންޓަށް ފައިސާ ދައްކައިގެން ސައިކަލު ނެގުމުގެ ފުރުސަތު އޮންނާނެ އެވެ.